މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ދެއްވައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލަރޝިޕްތައް ލިބުނު ދަރިވަރުންނާއި، އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ ކުދިންނާއި ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މިއަހަރުގެ ސްކޮލަރޝިޕް ޙާސިލްކޮށްފައިވަނީ މިދިޔަ އަހަރު ސެންޓަރ ފޮރ ހަޔަރ އެޑިއުކެޝަން ސެންޓަރ (ސީއެޗްއެސްސީ)އިން މަތީ ޘާނަވީ ހާސިލް ކުރި 5 ދަރިވަރަކާއި އަލްމަދަރުޞަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި 2 ދަރިވަރެކެވެ.

ރައީސްގެ ހާއްސަ ސްކޮލަރޝިޕް ހާސިލް ކުރި ކުދިން:

  • އައިޝަތު ރިޒްލާ އުމަރު. ވިނަމާގެ/ހދ. ކުޅުދުއްފުށި
  • މަރިޔަމް ރޫޔާ އިސްމާއިލް. ގ. ހައްދުންމަތީގެއާގެ
  • މަރިޔަމް ސައިފާ ރަޝީދު. ދެވެލި/ ސ.ހުޅުދޫ
  • މަރިޔަމް ޒައިނާ މުހައްމަދު ސޯލިހް. މއ. ސިސިލްފަރު
  • ރާއިޝަ އަހުމަދު ފާއިޒު. ހ. ދެވެލިކިނާރާ
  • ޔޫސުފް އިނާޝް އިނާޒް. ދަފްތަރު ނަންބަރު: ދރ. 1651
  • އަލްހާފިޒާ އާލާ އަޒްމަތު ޖަމީލް. މއ. ނާރެސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއަހަރަކީ ޝަހާދަ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށްވުރެ ގިނަ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭ ފުރަތަމަ ފަހަރު ކަމަށާއި މިލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ޤައުމު ބިނަކުރުމުގައި ޢަމަލީ ގޮތުން އެކުދިން ހަރަކާތްރިވާން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ގައުމެއްގައި ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާ ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުރިހާ ކުދިންނަށް!

    ތިހުރިހާ ކުދިންނަށް ވަރަށް ހޫނު މަރުޙަބާ އެއް ކިޔަމެވެ! ތިވަރުގެ މޮޅު ނަތީޖާއެއް ﷲ މިންވަރު ކުރެއްވެވުމުގައި ސަބަބުތަކެއް ވާނެކަން ޔަޤީނެވެ. ތިކުދިންގެ ބުރަ މަސައްކަތާއި، ބެލެނިވެރިންގެ އެއްބާރުލުމާއި، އެހީތެރިކަމެވެ. ތިލިބުނު ފުރުޞަތުގައި ވެސް ވަރަށް މޮޅު ނަތީޖާއެއް ހޯދާނެކަމަށް އުންމީދު ކުރަމެވެ.

  2. ކައްބެ

    ތިޔަ ސުކޮލަޝިޕު ދަރިވަރުންނަށް ލިބުނީތީ އުފާކުރަން އެކަމަކު ތިޔަ ސުކޮލަޝިޕަށް ސަރުކާރުން ހަރަދެއްނުކުރާނެ ކަމީ ޔަގީންކަމެއް ނޯމަނީ.