ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، މިހާރު ހިނގަމުން ގެންދާ ހުރިހާ ކަމަކީ ވެސް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށާއި ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް ޓްއަރިޒަމް މިނިސްޓަރު ކަމުން ދުރުކުރި އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން މިރޭ ފުލުހުންގެ ތަޙްޤީޤަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އަލީ ވަހީދު ވިދާޅުވީ "ރޭވިގެން ހިންގާ ޖަރީމާއެއް" ކަމަށާއި ހުރިހާ ތުހުމަތަކަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ.

އަލީ ވަހީދު ފްރޭމް ކުރަނީ ކޮންބައެއްތޯ ސުވާލު ކުރުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވާ އޭނާ ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި މިރޭ ފުލުހުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައި ވާނެ ކަމަށެވެ.

"ރައީސްގެ ނިންމުންމަށް އަޅުގަނޑު އިހްތިރާމް ކުރަން. މިމައްސަލައިގައި އިންސާފުވެރި ތަޙްޤީޤެއް ހިނގާނެ ކަމަށް އުއްމީދު ކުރަން. ދިވެހި ރައްޔިތުންނަށް ވެސް އަދި ރައީސް އަށް ވެސް މިތުހުމަތުތައް ސާފުވާން އަޅުގަނޑު ބޭނުން." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިސަރުކާރަކީ އޭނާ ވެސް ވަރަށް ބުރަ މަސައްކަތް ކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި ކަންތައްތައް ދިމާވި ގޮތުން ވަރަށް ދެރަވެފައި ހުރި ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އޭނާ ވަޒީރު ކަމުގައި ހުރި އިރު ވެސް އަދި އެހެން ސިޔާސީ މަސައްކަތްތައް ކުރިއިރު ވެސް އެކަންކަން ކުރީ ވަރަށް އިހްލާސްތެރިކަމާއި އެކުއެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން މިހާތަނަށް އިސްތިއުފާ ނުދެއްވާ ހުރީ ވެސް އަދި ވަޒީރު ކަމުން އިސްތިއުފާ ނުދެއްވީ ވެސް ކުރެވިފައިވާ ތުހުމަތުތަކަކީ ހަޤީޤަތެއް ނެތް ތުހުމަތުތަކަކަށް ވާތީއެވެ.

"އަޅުގަނޑަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން. މިކަމުގައި ހުރިހާ މުއައްސަސާތަކަށް އަޅުގަނޑު އެއްބާރުލުން ދޭނަން. ތޫފާންގެ ވައި އަބަދު މިހެން ނޯންނާނެ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ 15 މީހެއްގެ ބަޔާން ނަގާފައެވެ. އަދި އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސުބުޙާނަﷲ

    15 މީހުންގެ ހެކިބަހުންވެސް ތި ބުނަނީ ރޭވިގެން ހިންގާ ޖަރީމާއެކޭ. ތިމަންނަ އަމިއްލައަށް ރާވައިގެން ހިންގި ޖަރީމާއެކޭ ބުނަން މާ ތާހިރުވާނެ.

    69
    6
    • ފައިރޫޒު

      ހެކިބަހާއި ކިތާބީ ހެކިތަކަކީ މި ދުވަސްވަރު ފުރޭމުކޮށްގެން ކުޅޭ ޑްރާމާއެއް ފަދަ ކަންކަން.
      ތި އޮތީ ބަކަރި ކަތިލާ ހިސާބަށް ގޮސްފަ. ސަރުކާރުގެ ބޮޑު ސިއްރެއް ފޮރުވަން މިފަހަރު ބަކަރި ކަތިލުމުގެ ބަދަލުގައި ބޮޑު ކަރާ ފަޅާލަން އެ އުޅެނީ.

      15
      1
  2. ސޮއްބެ

    ކަލޯ ތިއީ ރޭވުމެއް ނޫން... ކަރާ ވަހީދުއަށް ހީވީ އޭނާ ޔޫކޭ ގައި ފިލާއޮވެގެން ވެބްޗެޓް ކޮއްގެން އަނގަގަނޑު ތަޅައިގެން އެމްޑީޕީއަށް ވެރިކަން ހޯދަދެވުނީމާ ކަލޭ ބޭނުންހާ ގޮތަކަށް މިސަރުކާރުގައި ތެޅެވޭނެހެން... އޮފު ފިލާފަ މިހާރު އޮންނާނީ..

    62
    3
  3. އެއްލޯޖޯބެ

    ހައްހައްހާ... މިހާރު އޮންނާނެ ކިއްލި ތެޅިފަ.. ކަރާގަނޑު ފަޅައިގެން ދިޔައީ... ތިމަންނާ ވަރެއް ނެތިގެން ތެޅެންޔާ ވާނީ ތިހެން.. ބޮޑާ ކަމުން ހައްދުފަހަނަ އެޅިމަ ވާނީ ތިހެން.. ދެން އޮވޭ ގޭގަ ހޭރެން...

    63
    3
  4. ހަޔަސިންތް

    ވަހީދު އަވަހަށް ކަރުތެރެއަށް އަތްބާނާ ހުރިއެއްޗެއްވީޔާ އޮށްސާލާ

    23
    1
  5. ސަރީފް

    ޢަލީ ވަހީދަކީ މިހާރު މީހުން ބަލައިގަންނަ މީހެއްނޫން...
    ދެން ރަނގަޅުވާނީ އުމުރުގެ ބާކީއޮތްތާނގަ ސިޔާސީވާހަކަ ހުއްޓާފަ، ކުރެވުނު ކުށައް މާފައް އެދިފަ، ރަށައްގޮސް ކަރާ ދަނޑަކާ ހަވާލުވެގެން، އިއްޒަތްތެރި އިއްފަތްތެރި ގޮތުގަ އުޅުނިއްޔާ އެކަމުން ލިބޭ ހަލާލް ފައިސާއިން ކައިބޮއެ އުޅުނިއްޔާ...

    34
    1
    • ލައިލާ

      ދާންއޮތީ ކޮންރަށެއް މާލެއިން ގޯއްޗެއް ހުޅު މާލެއިން ގޯއްޗެއް އޮވޭ ޑީއާރޕީގަ ހުރެފަ އެ މްޑީޕީއަށް ސޮއިކުރާ މަތިން އަންނިގެ ވެރިކަ މުގަ ުމލީއާގޭ ވަލުދޮޜޯށިން ވައްދާފަ ދިން ހަދިޔާ އަށް ގަތް

      15
      1
  6. ޝޮކްތެރަޕީ

    އަލީވަހީދު ކަލޭ ހޭވިހަޑިތައް އަދިވެސް މިޤައުމުން ނުފިލާ ހަޅޭނުލަވާ މަޑުން ހުރޭ.

    29
    1
  7. ޢާސީ

    ބޮޑު ވަގު ކަލޭގެ

    22
    3
  8. ޖީމް

    ދީނާއި ޤައު މަށް ޚިޔާނާތްތެރިވީ މީހުންތެރެއިން އެކެއް ތި ވެސް ތި އެން މެނާއި އިލާހީ ޤާނޫން އަރާ ހަ މަކުރާނެ - އިންޝާﷲ !

    32
  9. ދަންބެރު

    އަލީވަހީދަކީ ފޮނިކެނޑުމާއި ކަރާފެޅުމުގާ ދެމިހުރި ނާގާބިލު ކަންދެއްކުމަށް މޮޅުމީހެއް .

    25
    2
  10. ޢައިފާން

    ޢޮފީސް ތަކުގެ އަންހެން މުއައްޒަފުން މެދުވެރިކޮށްގެން އޮފީސް ތަކުގައި ފަސާދަ އުފައްދަނީ އޮފީސްތައްހުއްޓު މަކަށްގެނަސް ސަރުކާރުތެރެއިން ބަޣާވާތެއް ގެންނަން. އެ މް އެ މްޕީއާރްސީގެ މައްސަލާގައި ހީކަރުވާފައިތިބި އެތަށްބަޔަކު އެބަތިބިކަން ގިނަފަރާތްތަކަށް އެނގޭ. ބޭނުންވަނީ އެ މައްސަލަބެލުނަނުދީ އެސަ މާލުކަން އެހެންދި މާއަކަށް އަނބުރާލުން. މީގެވެސް އަޑީގަ " މޮޔަ" މަހްޖަނުންވާނެ. ޢަލީ އަށް ބުނެލަންއޮތީ އެކަން ފަޅާ އަރާނޭ،ހިތްވަރު ކޮށްލާށޭ.

  11. ކިނބޫ

    ޕާޓީކުދިން ފިޔަވައި އެން މެން ކޮން މެސް މަޅިއެއްގަ ޖައްސާފަ ނޫނީ ފުރައްސާރަ ކޮށްގެން ނޫނީ އިތުބާރު ނެތްކަ މުގެ ވޯޓް ނަގާނެ ކަ މުގެ ބިރުދައްކައިގެން ނަ މަވެސް މިނިސްޓަރ ކަ މުން ވަކި ކުރާނެ މިހާރު 3 ވަކިވީ ބަލަން ތިބެ މާ

    11
  12. ކަމނަ

    މި ސަރުކާރުގެ މަކަރުވެރިކަން އަދިކިޔަވިސްނުނީދޯ އަދި އެބަތިބި ތިޔަފަދައިން ބޭޒާރުކުރަން ޖެހޭބައެއް ރޯޔަލް..

  13. އުތުރުން

    އަލީވަހީދު އާއި ސިދާތާ ސަރުކާރުން ބޭރުކުރު މަކީ އައްނި
    އަޑީގައިހުރެގެން ހިންގާ މަމ މަކަރުވެރި ރޭވު މމެމ މެއްގެ ކޮޅު މައްޗެވެ ކޯލިޝަން ރޫޅާލައި ހުރިހާބަރުތަކެއް މ މުށުތެރެއަށް
    ލައި މުޅިސަރުކާރު ހިސޯރުކުރު މަށް ޖަހާފައިވާ މަޅފަތީގެ
    ބޮޅުތަކެވެ

  14. މުރާދު

    ޢަލީވަޙީދު ތިބާވަތުގެވާހަކަ ދައްކަވައިގެން އިތުރަށްބޭޒާރުވުންނޫންަކަމެއްނުވާނެ މިހެންމިބުނީ
    އެތަށްބައެއްގެ ހެކިބަހުންވެސް ތިކަން ސާބިތުވާތީ ވައްކަންކޮށްގެން، މީހުންމަރައިގެންވެސް
    ޖަލަށްލާ، އަދަބުލިބުނީމަ އެމީހަކު އެއްބަސްވޭތޯ އެއަދަބުލިބުނީ އޭނައެކަންކޮންގެންކަމަށް
    މަނިކުފާނު ވިދާޅުވެލައްވަނީ މިބާވަތުގެ ވާހަކަފިޅެއްކަށް މިހާރުޝައްކެތްނޫން ޔަގީންކުރެވޭ

  15. ނަައީމް

    ކަރާދޮންބޭ ތީހަމަރާވައިގެން ކަރާދޮންބެ ދުއްވާލަން އައަސްކުރިކަމެއް އަންހެނެއްގެ ދަށުވެފަތިއޮތީ ދެންސ މިސަރުކާރަށް ސަނާކިޔާ ނޫނީ ކުޑަގޮޅި ފެންނަކަހަލަ ސަރުކާރަށް އެއްވެސްއެއްޗެއްބުނެފިއްޔާ ގޮޅި އިތުރަށް ކުޑަވާނެ ހެޔޮނުވާނެއްނު ކިތަށްކުރިން އައިސް ހިމެނޭގޮތަށް

  16. އަލީ

    މިކަމުގައި އުޅުނު ސުމިތު ފަދަ މީހުން މިނިވަން ކޮށްތިބުމުން އެބައެނގޭ މިކަމުގަ ރޭވުމެއްއުޅޭކަން.

  17. ޑރ. ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަނގަ ބަހުން އިންސާނުން ދޮގު ހަދާނެތީތާ ޤިޔާމަތް ދުވަހުން އަނގަތައް ބަންދުކުރައްވަވައި، ގުނަވަންތަކަށް ހެކިބަސް ދިނުމަށް އަންގަވާނޭ ކަމަށް ދަންނަބޭކަލުން ވިދާޅުވަނީ.

  18. ައަސްލު މައްސަލަ

    ސާލިހުގެ ބެސްޓްފްރެންޑް، އަންނި ޖޭޕީއަށް ފޮނުވި ފަނި، ބުރުމާ ބޯކާލާ އިންޑިޔާގެ ރޭވުމުގައި ސޮޔެކުރުވަން ފޮނުވި އެޖެންޓް! ވެރިކަން ލިބުމާއެކު ޖޭޕީ އެއްނެތް! ގަދަ ފައިވިއްދާލާފަ ގަދަބަސް ބުނެ އައްނިގެ ހިމާޔަތުގައި ހުރެގެން ފުރުސަތުގެ ބޭނުންހިފާ 40 މިލިޔަން ދަމައިގަތީ!

  19. މާމި

    ތިމަންނަ އައްވުރެވެސް ތަންދޮރު ނުދަންނަ މީހުން ކާރިއައްލީމަ ވާނެގޮއްވީ، މިހާރު ތޮއްޑޫ ފަޅޯ ރަޝިއާއައް ބޭރުކުރަން ފެށީތޯ؟

  20. މޮޔަސޮރު

    ފްރޭމްކޮށްފާނެ. ހަދާންވީ އަޅުގަނޑުގެ ބައްޕަ މުދިންކަމުން ބޭރު ނުވެގެން ބަޔަކު ކުރިކަންތަކުގެ މަތިން. ޏ.ފުވައްމުލައް ދޫނޑިގަމު ބަޔަކު ޕެޓިޝަނެއް ހަދައި މައުމޫނަށް ފޮނުވީ، ބައްފައީ ސަރުކާރާއި ދެކޮޅު މީހެކޭ. ބައްޕަ ވަޒީފާއިން ވަކިކުރި ވަގުތުން. އެއިގެ 05 އަހަރު ފަހުން އިގުނީ އަސްލު ވީގޮތް.

  21. ބަންގާޅީ

    ރޭވިގެން ނޫންތަ އަމާ ކަނަމަދު ފަޅައިގެން ލިބުނު ލާރިން މާލެއިން ބޮޑު ގެއެއް ގަތީ...

  22. އޭދަފުށީ މުހައްމަދު

    އިހުލާސްތެރިއެކޭބުނަން އަލީވަހީދު ލަދެއް ނުގަނޭތަ. އިހުލާސް ތެރިކަން އެންމެ ރަނގަޅަށް ފެންނަނީ ކިއްލި ތަޅައިގެން ހޯދި ފައިސާއިން ގަނެފައި ހުރި ގެއަށް ބަލާލީމަ.

  23. އެކުދިން

    އަބަދުވެސް ހަރާންކޯރުވާމީހެއް މީ.