ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އީސާ އައިސޮލޭޝަންގައި ހުންނަވަން ޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިހުގައި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވާ އީސަ އައިސޮލޭޝަންގައި ހުންނެވީ އެ ކޮމިޓީގެ މުވައްޒަފަކު ފައްސިވުމާ ގުޅިގެންނެވެ.

"ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އެއީ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއް ބޭފުޅަކު، އަނެއް ބޭފުޅަކާ ބައްދަލުވާ އިރު، މާސްކް އަޅުއްވަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި ޖުމްލަ 140 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ އިރު މީގެކުރިން ތިން މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ކޮވިޑް-19 އާ ގުޅިގެން މަޖިލީސް އިދާރާގައި ވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުުރަބަންދު ކުރުމުން މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ފުރަބަންދަށް ލުއިތައް ދޭން ފެށުމުގެ ކުރިން އެޗްޕީއޭގެ ހުއްދަ އާއި އެކު، މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ އިދާރާގައި ވަނީ ބާއްވަން ފަށާފައެވެ.

މިހާތަނަށް އައި އިރު މަޖިލީހުގެ އެއްވެސް މެމްބަރަކަށް ނުވަތަ އިދާރީ އިސް މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    މަޖިލީހުގެ ރައީސް މުޅިމަޖިލީހުގެ ނިޒާމާއި ތަރުތީބު ފުނޑާލައިފި މިއަދު މިކަމާވެސް އެއްޗެއްބުނަން ކެރޭ އެމްޑީޕީ މެމްބަރަކުނެތް ޖިންސީފުރައްސާރައިގެ ތުހުމަތުގަ ނަގާ ހޫރާލާއިރަށް ތެދުވެ އައިސް ކިޔާދޭއުސޫލު މިއޮންނަނީ ރައްޔިތުންނޭވެ މިދިވެހިގައުމަށް ފައިދާކުރަނޭ ވެރިއަކުހޮވަމާހިގާށެވޭ ދިވެގިގައުމު މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި////

    18
    • Anonymous

      އާމީން

  2. ބަބުޅާ

    ދިވެހި ގައުމު އެދި އާދޭސްކުރަނީ މަޖިލީހުގައި ރައީސްކަންކުރަމުން އަންނަ ގައުމަށް ބޭވަފާތެރި ސެރޯން އިސްތިއުފާދިނުމަށް .

    11
  3. ކެނދިކުޅުދޫގެ ޒުވާނުން

    އީސަޔަކީ ވަރަށް ނުލަފާ މީހެއް. ރިސޯޓް މުވައްޒަފުން އަޅުވެތި ކުރުމަށް ވަޒީފާޔާ ބެހޭ ގާނޫނުގެ 21ވަނަ މާއްދާ ފާސްކުރުމަށް އީސަ މުގައްރިރަކަށް އިނދެގެން ކުރާ މަސައްކަތް ހުއްޓާލުމަށް މިހާރުން މިހާރަށް ގޮވާލަން.

  4. ބޮކަރ

    މިފަހަރު ފަނިއަޅާނީ އީސާ ގައިގަ.

  5. މިރާއްޖޭގައި އަންނިގެދެފައި

    މުޅި މަޖިލީހާއި ސަރުކާރުގެ ހުރިހާމުއަށްސަސާތަކުގައި ވެސް ކެނެރީ އުނދުޅި މުގުރިހަޔަށް ލިއުނދުޅި ބާނަނީ ގަރުދިއެއްޗައް ދެންހުރިހުރިހާ އެއްއެޗެއްގައި ވެސް ހަމައެއުނދުޅި ހުރިއްޔާ ހުރިހުރިހާ އެއްޗެއްގައި ގޮށްރީނދޫ ކުލަހިފާފަ ބޮޑުމަސްހުނިގަނޑެއްހެން މޮޑެލައިފި ދެން ވެރިކަމާ ހަ ވާލު ވާބަޔަކަށް ޖެހޭނީ އެމަސްހުނިއެތި ޖެހޭނީ ފޫމަތިންޖަހަން އެނޫންގޮތެއް ނޯންނާނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެޖާހިލުކަލޭގެ މިރާއްޖެ ސަލާމަތުން އޮށް ވައި ދުލެއްނުކުރާނެ.