ޖިނާއީ އަދުލުގެ ނިޒާމުން ކުޑަކުދިން ބޭރު ކުރަން ޖެހޭ ކަމަށާއި އެންމެ ކުއްޖަކު ރިހެބިލިޓޭޓުކޮށް ކުށް ކުރުމުން ދުރުކުރުމަކީ ވެސް، ޖީލުތަކެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާ (ޓެކްނިކަލް އެސިސްޓަންސް ނީޑްސް އެސެސްމެންޓް އިން ދި އޭރިއާ އޮފް ޖުވެނައިލް ޖަސްޓިސް ފޯ ޗިލްޑްރަން)ގެ ހޯދުންތައް ހިއްސާކުރުމަށް ބޭއްވި ވަރޗުއަލް ބައްދަލުވުމަށް ފޮނުއްވި ސްޓޭޓްމަންޓްގަ މިނިސްޓަރ އިމްރާން ވަނީ ކުށް ކުރާ ކުޑަކުދިންގެ މައްސަލަ އަކީ ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ހަމަޖެހިފަިއ އޮތީ މިނިސްޓަރ އެ ބައްދަލުވުމުގައި ވާހަކަދެއްކުމަށް ކަމަށް ވީނަމަވެސް، އެމަނިކުފާނު އާލާސްކޮށް އުޅުއްވާތީ، މިނިސްޓަރުގެ ފަރާތުން ސްޓޭޓްމަންޓް ހުށަހެޅުއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޒީރެވެ.

ސްޓޭޓްމަންޓްގައި މިނިސްޓަރ ވިދާޅުވީ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާ މުވައްސަސާތަކާއި ޖުޑީޝަރީން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޖިނާޢީ ޢަދުލުގެ ނިޒާމުން ކުޑަކުދިން ބޭރުކުރަން ޖެހޭ ކަމަށެވެ.

އެ މަސައްކަތް ކާމިޔާބުކުރެވޭނީ މުޖުތަމަޢު ކުށްކުރާ ކުދިންނާމެދު ދެކޭ ގޮތް ބަދަލުކޮށް، މައްސަލައަކީ އެ ކުދިން ނޫންކަން ބަލައިގަނެގެން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތައް ފެންމަތިވުމުން ޙައްލެއް ހޯދަން އުޅުމުގެ ބަދަލުގައި މައްސަލައެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިނިިސްޓަރުގެ އެ ސްޓޭޓްމެންޓުގައި އަލި އަޅުއްވާލައްވާފައިވެއެވެ.

"ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާގެ ޒަރީއާއިން އެ ނިޒާމުގެ ތެރެއިން ހުރި ހުސްކަންކަމާއި، ގޮންޖެހުންތަކާއި، ބޭނުންތައް އަދި ފުރުޞަތުތައް ދެނެގަނެވޭނެ. އަދި ކުޑަކުދިންގެ ޢަދުލު ޤާއިމުކުރުމުގެ މަސްލަޙަތު ހިއްސާކުރާ މުވައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަކި ވަކި މުވައްސަސާތަކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އެއް ނިޒާމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ހުރި މަޤްޞަދުތައް ޙާޞިލުކުރުމަށް މި މަސައްކަތުން ފަހިކޮށްދޭނޭކަމަށް ޤަބޫލުކުރަން." މިނިސްޓަރގެ ސްޓޭޓްމެންޓްފައިވެއެވެ.

އިތުރަށް އެ ސްޓޭޓްމެންޓްގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް، މަސައްކަތްތައް ކުރުމުގައި މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޑަކުދިން ހިމެނޭނޭހެން ދިރާސާތައް ކޮށްގެން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ސިޔާސަތުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަރައްޤީކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެ، ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަ އިތުރުވަމުން ދާއިރު، އާއިލާ ތެރެއިން އެފަދަ މައްސަލަތައް ފެންމަތިވުމަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރުގެ ސްޓޭޓްމަންޓުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން މަދަނީ ހުރިހާ ޖަމްއިއްޔާތައްވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވަނީ ޔޫއެންއޯޑީސީއާއި، ޔުނިސެފް ފަދަ ޖަމާއަތްތަކުން މެދުކެނޑުމެއްނެތި ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުގްޔާ

    ޖިންނިތައްވެސް ބޭރު ކުރަން ޖެހޭ

  2. މުއްލާ

    ކިތާބީ ހެކި ކޮބާ! މޭޑޭގަ ގެންގުޅުނު ލިއުންތައް ކޮބާ! މިއޮތީ ކިތާބީ ހެތްކޭ ކިޔާފަ ހާދަ ވަރެކޭ އެރުވީ.

  3. ބޭނޭ

    ދެން ދޭ މަހާނަ ކޮންނަން