އިސްރާއީލް އާއި ފަލަސްތީން ވެސް ވަކި ގައުމެއްގެ ގޮތުގައި އޮތުމަކީ ޒަމާނުއްސުރެ ފެށިގެން ދިވެހިން ދެކެމުން އައި ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވައި ފަލަސްތީން ރައްޔިތުންނަށް ދެމުން އަންނަ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިސްރާއީލާ ދެމެދު އޮތް ސިޔާސީ ގުޅުން މީގެކުރިން ރާއްޖެ އިން ސަސްޕެންޑް ކުރި ކަމަށެވެ.

ފަލަސްތީންގެ ދައުލަތެއް އޮތުމަކީ އަބަދުވެސް އެދި ގޮވަމުން އަންނަ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ގިނަ ރައްޔިތުންނަކީ ގެދޮރުވެރިކަމެއް ނެތް، ނިކަމެތި ހާލުގައި އުޅޭ ރެފިއުޖީންނެވެ. ފަލަސްތީނުގެ އެ ރައްޔިތުންނަށް ޓަކައި ރާއްޖޭން މަގެއް ދައްކައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން މި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އިސްރާއީލުން ފަލަސްތީން ރައްޔިތުންނަށް ދެމުން އަންނަ ލާއިންސާނީ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަނިޔާތައް ހުއްޓާލުމަށް ބައެއް މެމްބަރުން ގޮވާލެއްވިއެވެ.

މެމްބަރުންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭން ކޮށްދެވޭނެ ކަންކަމުގެ ކިތަންމެ މަގެއް ނުވަތަ ރާސްތާއެއް އެބަ އޮތް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި މަޖިލީހުގެ މެންބަރުން އެ ކަންކަމަށް ފަރުވާ ބެހެއްޓުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފަލަސްތީންގައި ފަންނީ މަސައްކަތަށް ހުނަރު ހުރި އެތައް ބަޔަކު އެބަތިއްބެވެ. އޭގެތެރޭގައި ޓީޗަރުންނާއި ނަރުހުންނާއި އިންޖީނިއަރުން ފަދަ އެތައް ހުނަރުވެރިން ފަލަސްތީންގައި ދިރިއުޅެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަލަސްތީނުގެ އެފަދަ ރައްޔިތުންނަށް ބޭނުން ވަނީ ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތަކާއި އަސާސީ ހިދުމަތް ލިބޭނެ ދިރިއުޅުމެއް ކަމަށާއި ދުނިޔޭގެ އެތައް ގައުމެއްގައި އެ ރައްޔިތުން އާދޭސް ކުރަމުން ދަނީ އެ ކަންކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ނެތިގެން މި އުޅެނީ ބޯފެން، ކަރަންޓު، ބޯހިޔާވަހިކަމެއް، ސިއްހަތު، ތައުލީމު، ވަޒީފާގެ ފުރުސަތެއް، ހަމަ އެ ކަންކަން ފޯރުކޮށްދިނުމަށް އެތައް ބައިވަރު ރައްޔިތުން ދުނިޔޭގެ އެ ތަން މި ތަނުގައި ދުވަމުން މި ދަނީ." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ހިޔަޅު ކަންބަޅީގެ ފޭރާމުގައި އަޔަސް ތީ ހިޔަޅެއްކަން މުސްލިމުން ދާނޭ. ކަލޭ ކޮން ހަމްދަރުދީ އެއް ވާކަން. އިންޑިޔާގެ ގެރި މޯދީ އިންޑިއާގެ މުސްލިމުން ތަޅާ މަރާ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި މުދަލުގައި ހުޅު ޖަހަމުން ދާއިރު ކަލޭ ތި ހުންނަނީ ގެރި މޯދީ ގެ ފައިބުޑަށް ބޮސްދީދީ. ނުވިތާކަށް ރާއްޖޭގެ އެންމެ ޝަރަފުވެރި ލަގަބު ވެސް ގެރި މޯދީ އަށް އަރުވައިފި. ދެން ކޮން ފަލަސްތީނެއް ކިޔާކަން.

    15
    4
  2. އަންމަޑޭ

    ހިޔަޅު ކަންބަޅީގެ ފޭރާމުގައި އަޔަސް ތީ ހިޔަޅެއްކަން މުސްލިމުން ދާނޭ. ކަލޭ ކޮން ހަމްދަރުދީ އެއް ވާކަން. އިންޑިޔާގެ ގެރި މޯދީ އިންޑިއާގެ މުސްލިމުން ތަޅާ މަރާ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި މުދަލުގައި ހުޅު ޖަހަމުން ދާއިރު ކަލޭ ތި ހުންނަނީ ގެރި މޯދީ ގެ ފައިބުޑަށް ބޮސްދީދީ. ނުވިތާކަށް ރާއްޖޭގެ އެންމެ ޝަރަފުވެރި ލަގަބު ވެސް ގެރި މޯދީ އަށް އަރުވައިފި. ދެން ކޮން ފަލަސްތީނެއް ކިޔާކަން.

    7
    3
  3. ވާވީ

    އެއެއްނޫން . އެމީހުންބޭނުންވަނީ އެމީޙުންގެ ބިމުން އިޒްރޭލްމީހުންފައިބަން. އެމީހުންގެ މުޅިދިރިއުޅުންއެހަލާކުކޮށްލީ އިޒުރޭލާއި އެމީހުންގެ އައުވާނުންވެގެން. އެމީޙުންގެ އަމިއްލަބިން އަތުލާފައި ކުޑަތަންކޮޅެއްދޭކަށްނޫން. މިރާއްޖެވެސްދެންއެކަހަލަގޮތެއްވާނީ. ދިވެހިންއުޅެންޖެހޭނީ ދިވެހިންގެ ބިންހޯދަން

    10
  4. ޖާބެ

    ކަލޯ ދިވެހިން ދިވެހި ވަޒަނުގަ ގެދޮރުނެތި ބޯހިޔާވެހިކަންނެތި ، ހުރިތަންތަން ނުދޭން މިއީ މިގަޢުމުގެ ރައްޔިތުން ހޮވާ މޮޅުވެރިން ރައްޔިތުންނައް ކުރާޖެއްސުން . ނަޝީދު ފެއިލްވެއްޖެ ، ދެން ފެއިލްވާނީ އެމް.ޑީ.ޕީ އެއީ ނަޝީދުގެ ތަރިކަމުދާ ރުހާނީ ލީޑަރު އޯ

    10
  5. ާާޢަބްދުﷲ

    މުޅިން ވާހަކަ ބަދަލު ކޮއްލާ އަހުރެމެން ދިވެހި މުސްލިމުންގެ އެންމެބޮޑު އެއް ކަމަކަށްވާ، އިޒްރޭލްގެ ލާއިންސާނީ ޢަމަލު ތަކުން ސަލާމަތް ނުކުރެވިގެން އުޅޭ ފަލަސްތީނުގެ ވާހަކަ މި ގެނައީ ހަމަ ހިތުގެ އަޑިން ހެޔޮއެދިގެން ބާ؟؟؟

    8
    4
  6. ޣޯސް

    ނަތަންޔާހޫވެސް ވަރަށްބޮޑަށް ހަމްފަރުދީވޭ ފަލަސްތީން މައްސަލާގަ..

    16
  7. މަބޭ

    އަނެއްކާ އަނެއް ސްޓަންޓް ވެރިކަމުގަހުރިއިރު އިޒްރާއިލްބޭނުންވާގޮތައް އްލިފްދާލްގަ ކަންކުރީ

    12
  8. ޮއޯ ވަޒަން

    ފަލަސްތީން މީހުން ގެނެސް މިތަނުން ވަޒީފާދިނުން ރަގަޅުވާނެ.. މިރާއްޖެއިންވެސް ކޮންމެވެސް ވަރަކަށް އެމީހުންނަށް ގެދޮރުދިނުން ރަގަޅު..

    13
    1
  9. އަބްދޫ

    ދިވެހިންނަށް ނަސިދު އެގި ބާވެއްޖެ.ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮއެދޭކަމަށް ހެދިގެން ދިވެހިންގެ ސަޕޯޓް ހޯއްދަވަން އުޅުއްވުމުގެ ބޭނުމެއްނެތް. އިންޑިޔާގަ އަދި ކަސްމީރު ގަ މުސްލިމުންނަށް ކުރާ ދުއްތުރަތަކާ އަނިޔާތަކަށް ޗުއްޕުވެސް ބުނާހާ ހިތްވަރެއް ނެތް މިހަކު ފަލަސްތިނަށް ރަހުމް ކުރާނެކަމަކަށް ނުދެކެން. 2008 ގަ ވެރިކަމަށް އައިސް އިޒްރާއިލާ ގުޅުން އުފައްދަން ކުރި މަސައްކަތްތައް އަދިވެސް ހަނދާނުގާ އެބަހުރި.

  10. ރފގފ

    މިނިވަންކަން ކޮބާ؟ އަމިއްލަ ވެރިކަމެއް އެބައޮތްތަ؟ އެމީހުންގެ އަމިއްލަ ވަޒަނުން ހިތަށް އެރުމާއެކު ނެރެ އެއްލާލާ! އިޒްރޭލުން ބޭނުންވުމުން އެމީހުންގެ ބިންތަން އަތުލާ. ދިވެހި ގައުމަށް އެހާލު ޖައްސަންނު މަޖިލިސް މޮނިޓަރ ތިއުޅުއްވަނީ.

  11. ފާއިޒް

    މަތި އޮމާންކުރަން ކޮން ހަމްދަރުދީއެއްވާކަށް ވޯޓަކައް އަހާލާ ކޮންމެ ފަހަތަކި އިޒްރޭލާ އެއްކޮޅައް ވޯޓްދީ ލާރިގަނޑު ނަގާ ބަނޑު އަޅާލަނީ....މަކަރު ވެރި ހިޔަޅު..

    10
  12. އިންޖިނޭރު

    ތިމީހާގެ ތިޔަ ބޭރުފުށުގެ ހަމްދަރީން މަށަށް ހަމަ ދޭހަވަނީ އަނެއްކާވެސް ތިޔަމީހާގެ ނުބައި ޓާގެޓަކަށް ވާޞިލުވާ ނުބައި ރޭވުމެއް. ތިމީހާއާ މެދު ހަމައެއްގޮތަކަށް ވެސް މަށަކަށް ރަނގަޅު ގޮތަކަށް ވިސްނާވިސްނާވެސް ނުވިސްނޭ

    10
  13. އެމަންޖެ

    އިސްރާއިލް ރައްޔިތުންވެސް އަންނި ތިވާ ހަމްދަރުދީ ވަމުން އެދަނީ.

    13
  14. ނަން

    ހީނގާ ހަނގުރާމަކުރަންދާ !

    9
    1
  15. ބުރޯ

    ހިޔަޅު ކަންބަޅީގެ ފޭރާމުގައި އަޔަސް ތީ ހިޔަޅެއްކަން މުސްލިމުން ދާނޭ. ކަލޭ ކޮން ހަމްދަރުދީ އެއް ވާކަން. އިންޑިޔާގެ ގެރި މޯދީ އިންޑިއާގެ މުސްލިމުން ތަޅާ މަރާ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި މުދަލުގައި ހުޅު ޖަހަމުން ދާއިރު ކަލޭ ތި ހުންނަނީ ގެރި މޯދީ ގެ ފައިބުޑަށް ބޮސްދީދީ. ނުވިތާކަށް ރާއްޖޭގެ އެންމެ ޝަރަފުވެރި ލަގަބު ވެސް ގެރި މޯދީ އަށް އަރުވައިފި. ދެން ކޮން ފަލަސްތީނެއް ކިޔާކަން.

  16. އޮޅުވާލި ވޯޓު

    ކަޑައެޅިގެން ހީލަތާމަކަރުން ދުވަހަކުވެސް މުސްލިމަކައް ހަމްދަރުދީއެއް ނުވާނެ އަންނި

  17. އަލީ

    ޗިޕް ޖަހަން ވަރަށް މޮޅުވާނެ

  18. މީކައިލް ދޮން ބޭބެ

    މީހަމަ ފައްކާ ދެފުއް ދޯރިއެއް. ޔަހޫދީންގެ ވިސްނުން. މީހަމަ

  19. Anonymous

    ނަޝީދު.. ދިވެހީން ކަލޭ ވަރަށް ރަނގަޅަށް ދާނޭ. މުނާފިގު