ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފައި މަގުގައި އުޅޭ ގޮތަށް ހަމަޖެއްސުމުން ބަޔަކު މާލޭގެ މަގުމަތިން ހިނގާފައި ދަނީ - ވަގުތު ފައިލް ފޮޓޯ
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފައި މަގުގައި އުޅޭ ގޮތަށް ހަމަޖެއްސުމުން ބަޔަކު މާލޭގެ މަގުމަތިން ހިނގާފައި ދަނީ - ވަގުތު ފައިލް ފޮޓޯ

ޝަހީދުއަލީ މަގުގެ އިރަށް އޮންނަ ފުލޫނިޔާ ގޯޅިއަކީ ހިނގާފައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މިދިޔަ ހުކުރު ދުވަހުން ގެށިގެން ފުލޫނިޔާގޯޅިއަކީ ހިނގާފައިއުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ. މާލޭގެ ބައެއް ގޯޅިތަކަށް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް މީގެ ކުރިން ވެސް ވަނީ ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި ފަރީދީ ގޯޅިއާއި، ޝަހީދުއަލީ ގޯޅި އާއި ގުލްއަލާ ގޯޅި އަދި އެނބޫ ގޯޅި ހިމެނެއެވެ.

މީގެ ކުުރިން ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ސަރަހައްދަކަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވި ގޮތުގައި ހިނގާފައި އުޅޭ ސަރަހައްދުތައް ޤާއިމް ކުރެވުމުން އިޖްތިމާއީ ގުޅުން ރަނގަޅުވާނެ ކަމަށާއި، އިޖްތިމާޢީ ގުޅުން ހަރުދަނާ ކުރެވުމުން މުޖްތަމައުގައި ހުރި ނުރަނގަޅުކަންތައް ފިލައިގެން ދާނެކަމަށެވެ.

ADS BY ASTERS

4 ކޮމެންޓް

  1. ގޯޅިތައް ބަންދު ކުރުމުގެ ބަދަލުގައި އެގޯޅިތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފޭނެ ގޮތް ހެދުން
    ރަގަޅު

  2. ޑެޒަރޓް ފޮކްސް

    މިއިއްޒު ކުރާނެކަމެއްނެތިގެން ދުވާލަކު 5 ގޯޅި ބަންދުކުރިއަސް ތިކަމުން ދުއްވާ އެހެން މަގުތަކަށް ބާރުބޮޑުވެ ޓްރެފިކް ޖޭމް ވުންނޫންކަމެއްނުވޭ. ތިވެސަ ތަރައްގީ ކަމަށްވަންޏާ ދުވާލަކު 10 މަގު ތިހެން ދުއްވާއެެއްޗެއްސައް ނުވަދެވޭގޮތައް ހަދަންވީ ހަމަ. ކަނޑުކޮހެކޭ އެެއްވަރު މި މުއްއްޒު. ކުނި ނިޒާމު މެނޭޖުނުކުރެވު މުޅި މާލޭގަ ކުނި ބައިސްކަލްތައް ކޮޅުކޮޅަށް ދެމޭއިރު މީނާއަށް މި ފެންނަނީ މޮޅުކަމަކަށް މަގުބަންދުކުރުުން. ބޮޑުތަަކުރުފާނު މަގު ފިޔަވާ މުޅިމާލެ ބަނދުކޮށް އެހެންއެއްވެސް މަގަކަށް ދުއްވާއެއްޗެހޖ ނުވަދެވޭގޮތް ހަދާބަލަ. އެވީ ލައްކަ ތަރައްޤީ އޭރުން.

  3. ހަނި ގޯޅިތަކުގައި އެއްޗިހި ޕާކްކުރުމުގެ ބަދަލުގައި އެގޯޅި ތަކަށް ދުއްވާ އެއްޗިހި ވަދެވޭގޮތްހަދައި, އެގޯޅިތަކުގައި ހުންނަ ގޭތަކުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި ބަލިހާލަތު ހުރިގޮތުން ހިގާ ބިގާ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އެގޯޅި ތަކަށް ޓެކްސީ އެންބިލައިން ވަދެވޭ ގޮތް ހަދާދިނުން ރަގަޅުވާނެ،

  4. ގޯޅިތައް ބަންދުކުރުމުގެ ބަދަލުގައި އެގޯޅީތަކަށް ދުއްވާ އެއްޗިހި ވަދެވޭގޮތް ހަދައިދީ ބަލިމީހުންނާއި މުދާ ބޭލުމަށް ގޯޅިތަށް ބޭނުން ކުރެވޭ ގޮތް ހެދުމަކީ އެންމެ ރަގަޅުގޮތްކަމަށް ފެނޭ، އަދި