ޖުލައި މަހުގެ ކަރަންޓް ބިލް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ ހުސައިން ފަހުމީ ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗް މަހާއި ޖުލައި މަހަކީ ކަރަންޓް ބިލް ބޮޑުވާ ދެމަސް ކަމަށެވެ.

އަދި ބިލް ބޮޑުވާ ސަބަބު ދެނެގަތުމަށް 700 އަށްވުރެ ގިނަ ގޭބިސީއާއި، ވިޔަފާރިތަކަށް ޒިޔާރަތްކޮށް ދިރާސާ ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

" ކަސްޓަމަރަށް އެބައޮތް ކަރަންޓް މީޓަރަށް އަރަނީ ކިހާވަރެއްތޯ ޑެއިލީ ބޭސިސްއެއްގަވެސް ބަލާލެވެން. މީޓަރު ބައްލަވާލެއްވީމަ އެކަންތައްތައް ކަލްކިއުލޭޓްކޮށްލެވޭނެ. އަޅުގަނޑުމެންގެ އެޕް މެދުވެރިކޮށްވެސް ޑެއިލީ ކޮންސަމްޕްޝަން ބަލާލެވޭނެ. މާނައަކީ ޑެއިލީ ކޮންޒަމްޝަން ހައި އިއްޔާ ކީއްވެގެންތޯ އެހެން އެވަނީ ބަލާލަން ޖެހޭ. ފަރުދީ ޒިންމާއެއް ގޮތުންވެސް އަޅުގަނޑަށް ހީވަނީ ކަރަންޓް ބިލް ކުޑަކުރެވޭނެ" އޭބާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ކަރަންޓް ބޭނުންވާ ވަރަށް ވުރެ ގިނައިން އާއްމު ބޭނުން ކުރާ ކަމަށެވެ. އަދި އިގްތިސާދު ނުުކުރާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ބިލުބޮޑުވެގެން ޝަކުވާ އައީމަ އަޅުގަނޑުމެން އެޕާޓްމެންޓްތަކަށް ގޮސް ބަލާލިން. ބަލާލި އިރުގައި މީޓަރުގެ އެއްވެސް މައްސަލައެއް ނެތް. ދެން އަޅުގަނޑުމެން ބެލީ ކިހިނެތްތޯ ބިލް ބޮޑުވީ، ބައެއް ތަންތަނުގައި އެބަހުރި އޮޅުމަކުން އެއާކޮންޑިޝަން ޖެއްސިފައި. އެހެންނަމަވެސް ކުޑަދޮރު ހުޅުވިފަ ހުރީ. އެހެންނަމަވެސް އެއާކޮންޑިޝަން ހުޅުވިފައި ހުރިއްޔާ ކަރަންޓް ބިލް ހިނގާނެ. " އޭނާ ވިދާޅުވިއެވެ.

ޖޫން މަހުގެ ކަރަންޓް ބިލް އަދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މީހުން ގޭގައި ތިބުމާއި، އަދި ރަމަޟާން މަހާއި ދިމާވުމުން ކަމަށް ސްޓެލްކޯއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކުރީގެ މަސްތަކާއި ހިލާފަށް ޖޫން މަހު، ކަރަންޓް ބިލް ބޮޑުވެ އެކަމުގެ ޝަކުވާތައް ރައްޔިތުން ވަނީ ބަންޑުންކޮށްލާފައެވެ. އަދި ކަރަންޓް ބިލް ބޮޑުވުމުން އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ.

ކަރަންޓް ބިލް ބޮޑުވިކަމުގެ ޝަކުވާތަކާއިއެކު ޖޫން މަހުގެ ބިލުން ސަބްސިޑީގެ ގޮތުގައި 40 އިންސައްތަ ކަނޑާލަން މިހާރު ވަނީ ނިންމާފައެވެ. އަދި ކަރަންޓު ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    އެކަމަކު މިއުޅޭ ލިއޯ މެސީ ޔާމީން ސަރުކާރަށް ވަގަށް ގޮ ވާނެ، ކަރަންޓުން ވެސް ވައްކަން މި ކުރަނީ ،ޔާމީނުގެ ސަރުކާރަށް ވުރެ މާ ބޮޑު ތަނުން މި ސަރުކާރު ވައްކަން ކުރުމާއި ކޮރަޕްޝަން ބޮޑު ،އަނގައޮތީމަ ލަލަލާ ކިޔަނީ ،ވާކަމެއް ހަރާން ،

    30
    • ކިނބޫ

      ސަލްމާންޙާން އޭ އެއީ މެސީއެއްނޫނޭ، ?

  2. އަޑަފި

    ކުރިން މުގުނީމެންކީ ޔާމީން ބިލް އޮޅުވާލަނިޔޭ، މިހާރު އެނގިއްޖެދޯ އިބޫ ބިލް އޮޅުވާލަނީ ނޫންކަން

    30
    1
  3. ޅަތީފާ

    އިސްތައްޓޭ ނު ވިދި އިސްތިއުފާދީ

    28
  4. އަޙްމަދު

    ކަޓެއް އަޅާލީދޯ! ރައްޔިތުން ފެލާލާނެ މޮޅުގޮތެއް ހޯދާލަނީދޯ!

    26
  5. Anonymous

    ދެން އެހެން ނޫނަސް ބިލު ބޮޑުވާނެތަ ދަންވަރު ގަޑީގައި އެހެރެ ދީފައިހުންނަ ކަރަންޓަކުން ފަންކާތަްްވެސް އެނބުރޭއިރު އެއަށް އޮބި ނޯވެ

    19
  6. ޙހ

    ފަރުދީ ޒިއްމާ އަދާ ނުކުރީމަ ކީއް ވެ ބިލް ބޮޑު ވާން ވީ.. އޮންނަ ވަރަށް އޮންނަން ޖޭހޭނީ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އޭރަށް..

    23
  7. އއމނ

    ހޫނ. ދައުލަތުގެ ބަޖެޓް ކައި ކައި ހުސްވި ދޯ. ލާރި ކޮޅެއް ކަޓުވާލަންވީ ދޯ ރައްޔިތުން އަތުން. ސާބަސް. ދޭހާ އެހީ އަކާ ދެން ހުރި އެއްޗެއް ޖީބަށް. ނިކަމެތި ރައްޔިތުން ގުދާރު ބިންދައިގެން ހޯދާ އެތިކޮޅު ސަރުކާރަށް. މިގައުމުގަ ބަޖެޓަށް ލާރި ހޯދޭ ކަމަށްވަނީ ޓްރެފިކް ސްޓިކަރ އިންނާ ބިލްތަކުންދޯ

    21
  8. ޚަރަދު

    ދެން މިހާރު ވިއްސާރަޔަސް ބިލް ބޮޑު ކުރަނީތަ.ކުރީން ބުނަނީ ހޫނު ގަދަ ވީމަ ކަމަށް ބިލް ބޮޑު ކުރަނީ. ޖުލައި މަސް މިދަނީ ހުދު / ރީދޫ ގަ އޮ ވެ. އެންމެނަށް ވެސް މިއީ ދޮގެން ނޫންކަން އެނގޭނެ

    28
    1
  9. ރޯނު އެދުރު

    މާރޗް މަހާއި ޖުލައި މަހުގަ ބިލު ބޮޑުވާން ދިމާވާކަމަށް ފާހަގަކުރެވޭ ސަބަބުތައް އަޅެ ކިޔާދީބަލަ. މީ ޖެހިޖެހިގެން އަންނަ ދެމަހެއްވެސްނޫންދޯ! މި ދެމަހުގަ އެކަނިތަ ފަރުދީ ޒިންމާ ނުނަގަނީ. ކަރަންޓް އިޤްތިޞާދު ނުކުރަނީ. މި ދެމަހުގަ އެކަނިތަ ކަރަންޓް ބޭނުންވާވަރަށްވުރެ އިތުރަށް ބޭނުންކުރަނީ. ކީއްވެތަ ރައްޔިތުން މި ދެމަހު ގިނައިން ކަރަންޓް މި ބޭނުންކުރަނީ!!!!!

    10
  10. ޢެދުރު

    ޢަނގަނުތަޅާ ކުރީ މަހުގެ ބިލައް ދޭނަބުނި 40 ޕަސެނަޓް އިހައްދީބަލަ

  11. ބެއްޔާ

    ހުރިހާ ތަނެއްގެ ބިލް ބޮޑުވަނީ އެއީ ހުރިހާ ތަނެއްގާވެސް އެއާކޯނު ޖައްސާފަ ހަނދާންނެތިގެން ކުޑަދޮރު ހުޅުވާފާ ހުންނާތީތޯ؟ސްޓެލްކޯ މީހުން ހާދަމޮޅޭ. ބިލްއައިމާ އެނގުނީ ކަރަންޓް ބިލް ބޮޑުކަން . އޭރު މިއޮތީ ކަރަންޓް ބޭނުންކޮށް ނިމިފާ އެކަމަކު އެބުނީ އެދުވަސް ވަރު އެއާކޯނު ޖައްސާފަ ކުޑަދޮރު ހުޅުވާފާ ހުރީމަޔޯ. އަޅެ މޮޅެއްނޫންތަ؟

  12. އޮޅުވާލި ވޯޓު

    ވަރައްމޯޅުވާހަކައެއް ހިތުންއެބުނެލީ ކުރީގަބުނާނެ ހޫނުމޫސުންވީމައޭ މިހާރު ޖުލާމަސް ފިނިވީމަވެސް ބިލުބޮޑުވާވާހަކައެބުނަނީ މާރީތިވާނެ ރއްޔަތުން ފެލާލާނީއޭ ބުނިއްޔާ އަހަރުމެން ތިހެން ހަދާފިއްޔާ ބިލުނުދައްކާނަން

  13. އެލެކްސް ފްރެންޑް

    ކުރިން ބުނީ ހޫނުގަދަވުމުން ކަރަންޓް ބޭނުން ކުރެވޭ މިނަވަރު އިތުރު ވަނީ އޭ. ޖޫން ޖުލައި މީ ރާއްޖެއަށް އެންމެ ވިއްސާރަ ފިނި ދުވަސްކޮޅު. އެކަމަކު މިހާރު މިކިޔަނީ ޖުލައި މަހު ބިލު ބޮޑު ވާނެޔޯ. މީއަރަތެއްނު. ހޫނު ވެގެންވެސް ބިލުވަނީ ބޮޑު ފިނި ވިޔަސް ބިލު ވަނީ ބޮޑު

  14. އަލިފް

    ކޯވިޑް ކޮރަޕްޓް

  15. ޙުސެއިން

    ކުރީ2މަހުގެ ލޮކްޑައުންގަވީމަ ބިލު ބޮޑުވީ މިމަހު ބޮޑުވާނެކަން ކުރިން އެގުނީ ކޮން ގޮތެއް ވެގެންބާއޭ ހިތަށްއަރާ ....ފަހަރެއްގަ ވެދާނެ ކުރީދެ2މަހު ސަބްސިޓީއޭ ކިޔާފަ ކުޑަކުރި2ބައިގެ އިތުރުން މިމަހުގެ ސަބްސިޓީބައިވެސް ބިލަށް ލީކަމަށް

  16. علي وحيد

    އާމުކޮށް ކަރަންޓް ބިލް ބޮޑުވާނީ މާރޗް ،އެޕްރީލް ،މެއި ،،މަހު މި ތިން މަހަކީ އެންމެ ހޫމުގަދަ ތިންމަސް ޖޫން،،ޖުލައި އޮގަސްޓް ،ސެޕްޓެމްބަރު މި ހަތަރު މަހަކީ އާމުގޮތެއްގަ ހުޅަނގުގެ ވިއްސާރަ މަސްތައް ސްޓެލްކޯގެ މެނޭޖަރު ތިހުރީ އެއްޗެއް ބޮއިފަ އޮކްޓޫބަރުން ފެށިގެން އިރުވައިގެ ނަކަތްތަކަށް ބަދަލުވާނެ ތިބޭފުޅުން ބައްލަވާ މިހިނގާ 2020 ގެ ޖުލައި މަސް ވިއްސާރަ ނޫންތޯ ދެން ކަރަންޓް ބިލު މި ޖުލައި މަހު ތިބޮޑު ކުަރަނީ ޖޫން މަހުގެ ބިލުން ކަނޑާލި %40 ދަމައިގަންނަންވެގެންކަމަށް ވުމަކީ އެކަށީގެންވާކަމެއް އެހެންނޫންނަމަ މިވަރުގެ ވިއްސާރަ މަހެއްގަ ތިބަލުއައިސްގެނެއްނުވާނެ

  17. މިފޫ

    ޖޫންމަހު ބިލް ބޮޑުވެގެން ރައްޔިތުން ހަޅޭލަވިއިގަތީމަ ކަނޑާލާނެ ކަމަށް ބުނާ %40 ޖުލައި މަހުގެ ބިލަށް ލާފަ އެ އަންދާޒާ ކޮށްލީ. ރަށްޔިތުންތިބޭ ހެދިގޮތެއް ހަދުވަން.

  18. Happy

    ކޮޅާސަރުކާރު

  19. ކަމަނަ

    ސްޓެލްކޯގެ މައްސަލައެއްނޫން އެއީ ކަރަންޓު ވަތަކުގެ މައްސަލައެއްދޯ

  20. ޢަލިބެ

    ގައިމު މިއުޅެނީ މި ޖުލައި މަސް އެއްކޮށް ވިއްސާރަވެ ފިނިބޮޑުވާތި. މިވަރުންވެސް ކަރަންޓް ބިލް ހަމަ ބިޑުވަނީ. މީގެ ކުރިން ކީ ހޫނުގަދަވީމަ ހަމަ ކަރަންޓް ގިނައިން ބޭނުންކުރެވެނިއްޔޭ. ތިޔަށް ކިޔަނީ ރައްޔިތުން ފެލުން. އޮޅުވާލަން ނޫޅޭ.

  21. އަބްދޫ

    ބިލް ބޮޑެއްނުވާނެ . ބޭނުން ކުރަނި އެއްވޯޓްތަކެއް ވަގުތު ގާތްގަނޑަކަށް އެއްވަރު ދޫކުރެވެނީ 230 ޕަވަރ އެއީ މީޓަރ ޓެސްޓް ކުރާ ޕަވަރ އެހެން ވީއިރު ބޮޑުވާންޖެހޭ ސަބަބެއްނެތް230 ޕަވަރ 1000 ވޯޓް 1 ގަޑި 1 ޔުނިޓް މީޓަރޓެސްޓް ކުރާ ގޮތް. ގެގަ ބޭނުންކުރަ ހުރިހާ ތަކެތީގެ ވޯޓޭޖާ ގުޅޭގޮތަށް ގޫގުލް ގަ އެފަދަ ތަކެތީގެ ވޯޓޭޖަ ގުޅޭ ޔުނިޓް ހިގާގޮތް ލިޔެފަ ހުރޭ ކޮންމެ މީހަކަށްވެސް ރިޑިން ބަލަފަ އަމިއްޔަޔަށް ބިލް ޗެކްކުރެވިދާނެ އޭގެ މައްޗަށް ކޯޓް ކޭސް ވެސް ނެގިދާނެ.

  22. އަބްދޫ

    ކަރަންޓް ބޭނުންކުރެވޭ ހުރިހާތަކެތި ރާއްޖެގަ ހުންނަނީ 110 އަަ 140 އާދެމެދު ވިއިރު 230 އަށް ވުރެ ޕަވަރ މަތިކޮށްފިނަމަ މީޓަރ ބާރަށް އެބުރެންފަށާނެ ގިނައިން ޔުނިޓް ހިގާނެ ޕަވަރ މަތި ނުކުރާނަމަ ވޯޓް އެއްވަރަކަށް ނަގާނަމަ ހޫނަސް ފިންޏަސް އައިސް އލަމަރިޔާ އެއާކޯންފިޔަވަ ހުރިހާ ތަކެއްޗަށް ވޯޓް ހިގާނީ އެއވަރަކަށް އައިސް އަލަމާރިޔާ އެއާކޯން ހޫނުގަދަ ދުވަސްވަރު ފިނިދުވަސްވަރަށް ވުރެ އަވަހަށް ކެނޑިފަ ޖެހުން އަވަސްވާނެ ވީމާ ކޮންމެވެސް މިންވަރަކަށް ޔުނިޓް އިތުރު ވެދާނެ ނަމަވެސް މިހާރު ބިލްތަކުން ޔުނިޓް އަރާފަ ހުންނަކަމަށް ފެންނަ އަދަދު ގިނަ. ޔާމީނުގެ މިދިޔަ 5 އަހަރުވެސް ހޫނު ދުވަސްތަކަ ފިނި ދުވަސްތައް އައި އެކަމަކު ރައްޔިތުންބިލްގެ ސަކުވާނުކުރޭ. މިހާރު މިވަނީކިހިނެތް؟