ގުޅިފަޅުން ފްލެޓު ގަތުމަށްޓަކައި ފައިސާ ދެއްކި މީހުންނަށް ސަރުކާރުން ބަދަލު ދިނުމަށް އެގްރީމަންޓުތަކުގައި ސޮއި ކުރުވަނީ ބަދަލު ދިނުމަށްފަހު ދައުވާ ނުކުރުމަށް ޝަރުތު ކުރުމަށްފަހުކަން ހާމަވެއްޖެއެވެ.

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުން އަންނަނީ ބަދަލު ދިނުމުގެ އެގްރީމަންޓުތަކުގައި ސޮއި ކުރަމުންނެވެ. ގުޅީފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން 142 މީހަކަށް އަދިވެސް ބޯހިޔާވަހިކަން ނުލިބޭއިރު ފްލެޓު ގަތުމަށްޓަކައި 50 މިލިއަން އެ އާއިލާތަކުން ވަނީ އިންވެސްޓު ކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުން ފްލެޓު ދޭނެ ކަމަށް ބުނެފައެވެ. ގުޅީފަޅުން ފްލެޓު ގަތް މީހުންނަށް ބަދަލު ދިނުމުގެ އެގްރީމަންޓުގައި ސޮއި ކުރަން ފަށާފައި ވަނީ މިއަދުއެވެ.

އެގްރީމަންޓުތަކުގައި ސޮއި ކުރަމުން އަންނައިރު ބަދަލު ދެމުން ދަނީ ދެ ގޮތަކަށެވެ. އެއީ މިހާރު ހިޔާ މަޝްރޫއުގެ ފްލެޓުން ފްލެޓު ދިނުން ނުވަތަ ސަރުކާރުން އެންމެ އަވަހަށް އިމާރާތް ކުރާ ތިން ކޮޓަރީގެ ފްލެޓެއް ދިނުމެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ އިން ދެނީ 432،000 ރުފިޔާއެވެ.

ސޮއިކުރާ އެގްރީމަންޓުގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓް ބޭނުންވާ މީހުން ކުލީގެ ގޮތުގައި 12،000 ދައްކަން ޖެހޭނެ ކަމަށެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އަންނަ ޑިސެމްބަރުގެ ނިޔަލަށް އެ ތަނުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 432،000 ރުފިޔާ، ފްލެޓްގެ އަގުން އުނިކުރާނެ ކަމަށްވެސް އެގްރީމަންޓުގައިވެއެވެ. މި ސަރުކާރުން އިމާރާތް ކުރާ ތިން ކޮޓަރީގެ ފްލެޓު ބޭނުންވާ ފަރާތްތަކުގެ ކުލިން ވެސް މިގޮތަށް އުނިވެއެވެ.

މި ސަރުކާރުން ހުޅުމާލޭގައި އަލަށް ގާއިމް ކުރާ ފްލެޓުތަކުން އެންމެ ފުރަތަމަ ފްލެޓު ދޭނީ ގުޅީފަޅުން ފްލެޓު ގަނެ، ބޯހިޔާވެހިކަން ނުލިބުނު ފަރާތްތަކަށް ކަމަށް ރައީސް ސާލިހު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅުގައި ފްލެޓުތަކެއް އަޅައި އެ ފްލެޓުތައް ގަތް ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް ނަގާފައިވެ އެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސީލައިފް ފުލެޓް މައްސަލައިގައި މައްސަލަ ކޯޓުން ބޭރުން ހައްލުކުރީވެސް ބަދަލުދޭގޮތަށް. އަދި ދައުވާ ނުކުރެވެގޮތަށް. ބަދަލު އަދި ނުލިބެނީ. އެއްބަސްވުމަށް އިހްތިރާމް ކުރުމުގެ ނިޔަތެއްވެސް އެޗްޑީސީގަ މިހާރު ނެތް ކަމަށް ގަބޫލުކުރެވޭ. ސުހައިލަކީ ވެސް ވަރަށް ތަނެއްދޮރެއްނޭނގޭމީހެއް. ސީލައިފް މީހުނަށް ބަދަލުގެ ގޮތުގައި ފައިސާ ދެންޏަ 203 މީހުނަށް ކޮންމެ މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ. އެވަރުދެވޭނެތަ؟

    10
    1
  2. މީން

    އިބޫވެރިކަން ކިނބޫ ވެރިކަމަށް ވެނިމިއްޖެ. މީހުންގަނޑު ފައހސާދައްކާފާކުރި ތަނެއް. އަދިވެސް ނުދީވާނެގޮތެއް ބަލަނީ.

    11
    2
  3. ވަޠަންދެކެ ލޯބިވާ

    މީ މަކަރުވެރި ބަޔެއް އަދިވެސް ސަރުކާރުގެ ވިސްނުންހުރީ 60ގެ އަހަރުތަކުގަ އިޚްލާސްތެރިކަމެއްނެތީމާތާ ގުޅިފަޅުމަޝްރޫޢުހިންގި ވެރިޔާ އަންނި ގުޅިފަޅުމީހުނާދިމާލަށްބުނީ ތަނެއްއޮތިއްޔާ ބޯކޮއްޕާލާށޭ މިހިރީ ކުރާކަންކަމުގެ އިޚްލާސްތެރިކަން ހުރިމިންވަރު ހެޔޮނުވާނެ