މާލެ ސިޓީ ކައުންސިލުން ނީލަން ފިހާރަތަކުގެ ވިޔަފާރި ހުއްޓުވުމަށް ނިންމާފައިވާކަމަށާއި، އެކަމުގެ ސަބަބުން އެތައް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށްބުނެ ނީލަން ފިހާރަ ހިންގާ ފަރާްތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެތަނުގެ ގޮޅިއެއް ހިންގަމުން އަންނަ ފަރާތަކުން ބުނީ ސިޓީ ކައުންސިލުން ފުރަތަމަ އެތަން ބަންދުކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސާފުކުރަން ޖެހޭ ކަމަށް ބުނެ ކަމަށެވެ. އެތަން ސާފުކުރަން ނެގިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން ސިޓީ ކައުންސިލަށް ގޮސްފައިވާނެ ކަމަށާއި، އެކައުންސިލުން ބުނީ ވިޔަފާރިތަކުގެ ލިއެކިއުން ބޭނުންވާ ވާހަކަ ކަމަށް އޭނާ ބުންޏެވެ.

"ދެން ސިޓީ ކައުންސިލުން ވިދާޅުވީ އެތަނުން އަމިއްލަ ބޭނުމަށް މުދާ ނެގިދާނެއޭ. އެކަމަކު އަމިއްލަ ބޭނުމަށް ކީއްކުރަންތޯ ނަގަނީ. އަޅުގަނޑުމެން އުޅުނީ ވިޔަފާރި ކުރިއަށް ނުގެންދެވިގެން އަތްމަތި ދަތިވެގެން" އޭނާ ބުންޏެވެ.

ދެން އެތައް ފަހަރަކު ވާހަކަ ދައްކައިގެން ވިޔަފާރިކުރަން ހުއްދަ ލިބުނު ކަމަށާއި، އެހެން ނަމަވެސް އެއީ އެއްވެސް މުދަލެއް އެތަނަށް ނުވައްދައި ކަމަށް އޭނާ ބުންޏެވެ. އަދި މުދަލެއް ވެއްދިކަން އެނގިއްޖެ ނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް އޭނާ ބުންޏެެވެ.

އޭނާ ބުނީ އޭގެ ފަހުން އެއްމަސް ދުވަހުގެ މުއްދަތެއް ދީފައި ތަން ހުސްކުރުމަށް އަންގާއިފައިވާކަމަށާއި، އެފަދަ ކަމެއް ކުރަންވާނީ ވާނެ ގެއްލުމަށް ބަދަލު ދީފައި ނުވަތަ އިތުރަށް ވިޔަފާރިކުރާނެ ތަނެއް ދައްކާފައި ކަމަށެވެ. އެއްމަސް ދުވަހަކީ އެތަނުގައި މިހާރު ހުރި މުދަލާއި ބަލާފައި ވަރަށް ކުރު މުއްދަތެއް ކަމަށް އޭނާ ބުންޏެވެ.

ނީލަން ފިހާރަ ބަންދުކުރުމަށް ނިންމާފައިވާއިރު އެމީހުންނަށް ދެން ފައިސާ ހޯދާނެ އިތުރު އެއްވެސް ގޮތެއް ނެތް ކަމަށާއި، އެތަން ހުސްކުރަން އަންގާފައިވާއިރު އެންމެ ކުޑަމިނުން އެތަން ހުސްކުރަނީ ކޮން ބޭނުމެއްގައި ކަންވެސް އަންގާފައި ނުވާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިހާތަނަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއްވާނަމަ އެ ފައިސާއެއް ދައްކާފައިވާނެ ކަމަށެވެ.

އަދި ސިޓީ ކައުންސިލުން ވެސް ފުލުހުންވެސް ބުނީ މަގުމަތީގައި މުދާ ނުބެހެއްޓުމަށް ކަމަށާއި، މަގުމަތީގައި އެއްވެސް ވިޔަފާރިވެރިއަކު މުދާ ނުބަހައްޓާ ކަމަށް އޭނާ ބުންޏެވެ.

ނީލަން ފިހާރައިގެ ވިޔަފާރި މާލޭގައި ހިންގަމުން އަންނަތާ 20 އަހަރަށްވުރެ ގިނަވެފައިވާއިރު، 8 މީހަކު އެތަނުގައި މުދާ ވިއްކަމުން އަންނަ ކަމަށް އޭނާ މައުލޫމާތު ދިނެވެ. އޭނާ ބުނީ ކުލި ދައްކަން ޖެހިއްޖެ ނަމަ ކުއްލިވެސް ދެއްކުމަށް ތައްޔާރަށް ތިބިކަަމަށެވެ.

ނީލަން ފިހާރަތަކުގެ ވެރިންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނީ އެތައް ދުވަހެއް ވަންދެއް މިފަދަ ފިހާރަތައް ހިންގައިގެން ދިރިއުޅުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް އެތަނުގެ ގޮޅިތައް އަންނަ މަހުގެ 15 ވަނަ ދުވަހަށް ހުސްކުރަން މާލެ ސިޓީ ކައުންސިލުން އެންގުމާއި ގުޅުގިގެންނެވެ. އަދި އެމުއްދަތަށް ހުސް ނުކޮށްފި ނަަމަ އެތަނުގައި ހުރި މުދާތައް ކުނީގެ ގޮތުގައި އުކާލާނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

އެ ލިއުންތައް މިހާރު ވަނީ ނީލަން ފިހާރަތަކުގެ ބޭރުގައި ތަތްކޮށްފައެވެ.

މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވަނީ ނީލަން ފިހާރަަތައް ހިންގަމުން އަންނަނީ ކޮންބައެއްކަން ނޭންގޭ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެލިއުން ފޮނުވާފައި ވަނީ ފިހާރަތަކުގެ ވެރިންނަށް އެޑްރެސްކޮށެވެ. ނީލަން ފިހާރަތައް ހުސްކުރުމަށް އަންގާފައި ވަނީ އެތަނުގައި ހުރި މުދާ ވައްދާނެ އިތުރު ތަނެއް ދެއްކުމަކާ ނުލައެވެ. އެ ގޮޅިތައް ހިންގާ މީހުންނަށް އެމަސައްކަތް ހުއްޓާލުން ނޫން އިތުރުގޮތެއް ނެތެވެ.

ނީލަން ފިހާރަތައް ހިންގުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު އެތަނަކީ ގިނަ ބަޔަކު ހެޔޮ އަގުގައި ތަކެތި ގަތުމަށް ދާތަނެއްކަން ފާހަގަކޮށްލެވެއެވެ.

އެތަންތަނުން އެންމެ އާދައިގެ ލަކުޑިކޮޅަކުން ފެށިގެން ގޭގައި ހުންނަ ފަރުނީޗަރާއި، ކަރަންޓު ސާމާނުވެސް ވިއްކައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަބަރޭ

    އެކަމަނާގެ ގެ ބުރިބުރިޔަށް ޖަހާލެވުނީމަ ހިތްޕުޅަށް އަރަނީ އެންމެންނަކީވެސް މަހުޖަނުންނޭ
    ބޮޑުވަރު

    13
    2
  2. މަބުނާނީ

    ތިތަނުން %90 އާމުދަނީ ހޯދަނީ ބިދޭސީން . ގޮނޑުންނާއި ނީލަމުން ނަގާ ބާ ތަކެތި ވިއްކައިގެން އާމުދަނީ ހޯދަނީ ދިވެހިންގެ ތެރޭން މަދުބައެއް ، އެހެންގޮތަކަށް ބުނާނަމަ ދިވެހިން ނުވެސް އުޅޭ. މާލޭ ސިޓީ ކައުންސިލުން ތިކަމުގައި ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ގޮވާލަން ބަންގާޅީންނަށް ތަން ދީގެން ކަންނެއް ދިރިއުޅުމެއްގާއި ދިވެހިން އުޅޭހާ ހިނދަކު ޤައުމުގައި ބިދޭސީން ހިންގާފަ ނުހިންގާނެ ކަމެއް ނޯންނާނެ.

    16
    1
  3. ރާޖޫ

    ތިތާ އުޅެނީ ާާާާާާ މުޅިންވެސް ބަންގާޅު ބޭފުޅުން. ގިނަފަރަށް ފިހާރަ އަކަށް ވުރެން ތިތާ އެއްޗެހި ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އަގު ބޮޑު

    12
    1
  4. ޙހހހ

    ތިކަން އެކަންޏެއްނޫން ، ހުޅުމާލޭ ފުލެޓްތައްކައިރީ އާންމުން ކާންބޯންކުރާ ދަނޑުވެރިކަން މަސައްކަތްވެސް އެޗްޑީސީއިން ހުއްޓުވައިފި ، މިދަނޑިވަޅުގައި އެކަންތައްތޯ އޮތީ ނުކުރެވި

    10
    1
  5. ހެހެހޭ

    ތީހަމަ ލާރިކޮޅެއް ބޭނުންވެގެން ހުއްދައޭ ލިޔެކިއުމޭ ކިޔަނީ އެވެ. އަދިވެސް ރީދޫ ދޮންކެޔޮލެއް ފެނުނަސް ވޯޓުލާތި

    12
    1
  6. މޮޔަސޮރު

    ނީލަން ފިހާރަ ހިންގަނީ ބަންގާޅިން އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުން ބަލަނީ ހާދަ މޮޅޭ ސަރުކާރު
    ތިތާ ނޫޅޭނެ އެންމެ ދިވެއްސެއްވެސް ހުސް ބޮންދު އެމީހުންގެ ވިޔަފާރިތީ

    16
    1
  7. ސަރުޠު

    ސަރުތަކަށް ހަދަންވީ އެހީތެރިވާށާ ވިޔަފާރިކުރަން ހަމައެކަނި ދިވެހިންތިބޭގޮތް

    12
  8. އަލީ އަހްމަދު

    ތީ ނުގަވަވައިދުން އުޅޭ ބިދޭސީންގެ ވިޔަފާރިއެއް. ދިވެހިން ތިބެނީ ނަމެއްގަ

    13
  9. ކާކޔ

    ކާކި ތިތަނުގައި ވިަފާރި ކުރަން ހުއްދަ ދިނީ؟ މިކަހަލަ ކަންތަކަށް ދިވެހީން ހަމްދަރުދީވާތީ މައްސަލައަކީ. މަވެސްވީ މަޖީދީމަގު މެދު އިށީދެލާއިގެން އިނދެ ފަށަން! ހަމަ ހުޢްޓުވަން ބަޔަކު ފެށީ، މަ ރޮއެގަންނާނަން.އޭރަށް ހަމްދަރުދީވާނެ ހުރިހާ ދިވެހީން. މިއީ ހަގީގަތަކީ. މާލޭގައި ވަގުތީ މިސްކިތެއް އެޅިޔަސް ވަނީ މިވަރު.

  10. ދޮންކާނަ

    ތީ ވެސް ބަންގާޅު މީހުން ކުރާ ވިޔަފާރިޔެއް

  11. ވަގު ޔާނު

    މިތާގަ ތިބެނީ ތިބުނާ ބޭރުކުރަންބުނާ ބަންގާޅިން އެމީހުން އެތާގެ ވިޔަފާރިކުރަނީ ދިވެހިން ތިބެނީ ވ މަދުން