ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސްތައް ނުދީ ލަސްވާ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދޭން ހަމަޖެއްސި އެލަވަންސް ނުދީ ލަސްވުމުން ހުށަހެޅި ކުއްލި މައްސަލަ މަޖިލިހުން ވަނީ މިއަދު ބޭރުކޮށްލައިފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ އަށް މެމްބަރުންނެވެ.

އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝިޔާމް "ވަގުތަށް" ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވެސް ތިއްބެވީ ފްރޮންޓްލައިން މީހުންނަށް އެލަވަންސް ނުލިބޭ މައްސަލައިގައި ކަންބޮޑުވެފައި ކަމަށެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަންނަން ވޯޓު ދޭން ނުކެރުނީ ސަރުކާރު ދެކެ ބިރުން ކަމަށް އޭނާ ވިދާޅުވިއެވެ.

" މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ރައީސް ޔާމީންގެ ސަރުކާރުން ފަސް އަހަރުން ހޯދި ފައިސާ އެއް އަހަރުން ހޯދައިފީމޭ. އެއީ ތެދެއް. މިހާރުވެސް 24.3 ބިިލިއަނަށް ވުރެ ގިނަ ރުފިޔާ ވައްދައިފި. މި ފައިސާ އަށްވާ ގޮތެއް އެމްޑީޕީ މެމްބަރުން ވެސް ބަލަން ބޭނުންވޭ. މޭއި މަހަށް ފަހު ދޭން ބުނި އެއްޗެއް. ފައިސާ އެބަހުރި. ކީއްވެތޯ ނުދެވެންވީ. އެހެންވީމަ މިކަން ސާފު ކުރަން އަމީރު މަޖިލީހަށް ހާޒިރު ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އަމީރު މަޖިލިހަށް ހާޒިރު ކުރަން ހުށަހަޅުއްވާނެ އިރެއް ޝިޔާމް ހާމައެއް ނުކުރައްވައެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން ނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހައި ރިސްކު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މިހާރު ވިދާޅުވެފައި ވަނީ ޖުލައި މަހުގެ މުސާރަ އާއި އެކު އެ އެލަވަންސް ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    1 ނޫނޭ މީ އޯގާތެރި ސަރުކާރު
    2 ކީރިތި ކުރައްވާ ސަރުކާރު
    3 ވައްކަން ނުކުރާ ކުރަން ނުވެސް ދަންނަ ސަރުކާރު
    4 މުވައްޒަފުންނަށް ޖިންސީ ގޯނާ ނުކުރާ ކުރާ ސަރުކާރު
    5 ރޭޕިސްޓުން ހިމާޔަތް ނުކުރާ ކުރާ ސަރުކާރު 6 އިސްލާމް ދީނުގެ ޝިޔަރުތައް ކޮޅަށް ނަގާ
    ސަރުކާރު
    7 މިނިވަން ވޭޖް ވެލްފެއަރ އެލަވަސް ދޭ ސަރުކާރު

    12
    1
    • ކިނބޫކަރުނަ

      އެންމެ މުހިންމު ޕޮއިންޓު:
      އޮޅޭ ސަރުކާރު

      13
  2. ސަނދުރާ

    ފިނޭންސް މިނިސްޓްރީއިން އެ މަޑުކުރަނީ ލޮކްޑައުން އުވާލަންދެން އޭރުން އެކަކަށް އެއްވެސް އެލަވަންސްއެއް ދޭކަށް ނުޖެހޭނެނުން ކިހާ ބޯބޮޑު

    10
  3. ޏިމެޒް

    މުސާރަ ނުލިބޭތަ!!؟؟

    1
    12
    • ސޮނިބެ

      ކާަކުތަ މުސާރަ ނުލިބެޔޭ ބުނީ. ބަލަ ސަރުކާރުން ދޭން ބުނި ކޮވިޱު އެލަވަންސް ނުލިބޭ ވާހަކަ އެދައްކަނީ.

      11
    • ގުއިޒެމް

      ލައްބަ މުސާރަ ނުލިބޭ މީހުންވެސް އެބަތިބި، ސަރުކާރުން ދޭން ވައުދުވީ އިންކަމް ސަޕޯޓް އެލަވަންސް ނުލިބޭ މީހުންވެސް ބައިވަރު. ފްރަންޓްލައިން މީހުން އެމީހުންގެ އާއިލާ ނުރައްކަލަކަށް ލާފަވެސް ޤައުމީ ހިދުމަތެއްގަ އެ މަސައްކަތް ކުރަނީ. އެހެން ހުރިހާ ކަމެއް ހުއްޓާލާފަ އެލަވަންސްތައް ހަވާލު ކުރަން ޖެހޭ

  4. އިއްސެ

    ކުރީ ސަފަށް އެމް.އޭސިއަލް ( އެއާޕޯޓް) ، އެމް.ޕީ.އެލްގެ މުވަށްޒަފުން ނުހިމެނީ ކީއްވެ؟ އެއްމެ ބޮޑު ރިސްކެއްނަގައިގެން ހަމަ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގައި އަތްލާ ބޭރުކޮއް ފޯރުކޮތްދޭން އުލުއްވި 2 ކުންފުނި. ސަރުކާރުން މިއަށް ވުރެ ތަފާތުކުރިކުރުމެއް ވަކި ޏޯއްނާނެ.

    7
    1
  5. ޞައްތި

    ރައީސް ދޭނަމޭ ވިދާޅުވި އެއްޗެއް. ނުދީފި ނަަމަ ގިޔާމަތަށްވެސް ދަރަންޏެއް

  6. Anonymous

    ކައިނިންމާފަ ދޭނެ އެއްޗެއް ހުރެގެން ތާ ދެވޭނީ!!

  7. އެމަންޖެ

    މިސަރުކާރުގަ ދޭނެ އެއްޗެއް އޮވެގެނެއްނުން ދެވޭނީ ބޭރުގައުމުތަކުން ކޮވިޑޭ ކިޔައިގެން މިލަޔަނުން މިލިޔަނުން ދިންހާ ޑޮލަރުތައްވެސް ދިރުވައިލައިގެން މިހާރު އެއުޅެނީ.

  8. ވަހީދު

    ފިނޭންސް އަމީރާ އޭޖީ ރިއްފަތުއަކާއި ޕީޖީ ޝަމީމަކު ގުޅިގެން އެކިއެކި މަދަނީ މައްސަލަތައް ނަގަނަގައިގެން އެމައްސަލަތުގައި ކްލައިމް ކުރެވިފަައިވާ އަދަދަށް އެތައް ގުނައެއް އިތުރުކުރުވާ ޑީލްތައް ހިންގާ ކޯޓުން ހުކުމް ކުރުވާ ދައުލަތް ބޯހިކޭކަށް ނެތޭ ދެން އެންމެ ފަހުން މިބުނަނީ. ދެންދަނީ ހަސްމުން ގޮވައިގެން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަނީ ކަމަށް ބުނެ އަނެއްކާވެސް ޑީލްއަކުން ކުރިން ބޮޑުކުރި އެތިބޮނޑި ރިއްފަތަައި ހިސާންް ކްލޫނީއާއި މަހްފޫޒު މެންގެ ލޯފާމަށް ކަހާލަނީ. އެތަނުން މިއެންމެންނަށް ބައިބައި އަޅާ ބޮޑި ބަންނަމުންދަނީ. މިނުލަފާ ޖަރީމާއަކީ ޕޮލިސް ކޮމިޝަނަރާއި އޭސީސީ ތެރެއިން ވެސް ވަގުން އަތްގާތް ކޮށްދީގެން ކުރަމުން އަންނަ ވައްކަން ތަކެއްވީމަ މިކަން ހުއްޓުވަން ޖެހޭނީ އެވަގުތަކު ސިކުނޑިއަށް އައިގޮތަކަށް. ދައުލަތް ދަވަމުން ދެން އެހެން ކަމަކަށް ލާރި ހުންނާނެތޯ. މިއޮތީ 12 އަހަރު ގޮހޮރު ދެފުއްޖެހިފައި ތިބި ސިންގާ ތަކަކަށް ރޯމަސް ފުންޏެއް އަތުޖެހިގެން އުޅޭ ޒަމާނެއްް ފެނިފައި.

  9. ބުމަރުބެ

    މީ ވަޢުދުވެ އެވަޢުދު ނުފުއްދޭ ސަރުކާރެއް ބަލަންތިބޭ ތިލާރި ނުދީ ދެންފަށާނީ ކީރިތިކުރަން

  10. ރަނާ

    އެއީ ޔާމީން ނުހިމެނޭހެން ކުރީގެ ރައީސްކަން ކުރިމީހުންނަށް ދޭން ފިނޭންސް މިނިސްޓަރ ބަހައްޓައިގެން އުޅޭ ލާރިކޮޅެއް،
    އާންމު ރައްޠިތުންނަކަށް އެއެއް ނުދެވޭނެ.
    މިނިސްޓަރަށްވެސް ބައެއް އަޅަންޖެހޭ.