މާލޭގައި ހުރި ފުޓްސަލް ދަނޑުތަކުން ބޮޑެތި އަގު ނަގައިގެން އެކިއެކި ފަރާތްތަކަށް ދޫކޮށްފައި އޮތް ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ އޭނާ ހަފްތާއަކު ދެ ރޭ ރައްޓެހިންނާ އެކުގައި ކުޅެން ދަނީ 6،500ރ. ދީފައި ކަމަށެވެ. އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި މައްސަލަ އެކި ގޮތް ގޮތުން އެބަ އާދޭ،" މިކަމުގައި ކެބިނެޓްގައި މަޝްވަރާ ކުރިކަން ފާހަގަ ކުރައްވައި މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި މިކަމުގައި އޮތް އެއް ވިސްނުމަކީ ދަނޑުތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހިންގުމެވެ. އަނެއް ވިސްނުމަކީ ބައެއް ކްލަބުތަކަށް ދަނޑުތައް ދީގެން އެމީހުންނަށް އާމްދަނީ ލިބޭ ގޮތަށް ދިނުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ރައްޔިތުންގެ ޖީބަށް އެއިން ބުރައަކަށް ނުވާނެ ގޮތަކަށް، އެ ތަންތަން ބެލެހެއްޓޭނެ ގޮތަކަށް އެ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް،" މަހްލޫފް ވިދާޅުވިއެވެ.

މީގެއިތުރުން މަހްލޫފް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގައި ގާއިމްކޮށްފައިވާ ކުޅިވަރު މަރުކަޒުތަކާއި، ދަނޑުތައް ބެލެހެއްޓުމުގައި ބަޖެޓް ނެތުމުގެ ސަބަބުން ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކާއެކު ރަށްރަށުގެ ކުޅިވަރުގެ ބިންތަކާއި، ދަނޑުތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވަނީ ކައުންސިލްތަކާ ކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ކައުންސިލްތަކަށް ކުޅިވަރާއި ގުޅުންހުރި ބިންތަކާއި، އިމާރާތްތައް ބަދަލުވެ މިއަދާ ހަމައަށް ކައުންސިލްތަކުގައި މިކަމަށް ޚަރަދުކުރާނެ ފައިސާއެއް ނެތުމުން ކައުންސިލްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުން ކުޅިވަރު ބިންތަކާއި ކުޅިވަރު މަރުކަޒުތަކުގައި ހުރި ބިންތައް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ އިހްތިޔާރު ވެސް އޮތް ކަމަށެވެ. އެގޮތުން، ޖިމްތަކާއި، އެނޫންވެސް ތަންތަނުން ކޮންމެވެސް ވަރެއްގެ ފީއެއް ނަގައިގެން ހިންގެވުމުގެ އިހްތިޔާރުވެސް ކައުންސިލްތަކަށް އޮތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަހޭނެތެނީ

    ކަލޯ މީހަކު ކުރިކަމަކާނުލާ އަމިއްލައަތަށް ގޮވާ އަނގަވަތަށް ތިވެއްޓެނީ ދެންވެސް ޤާނޫނީ އޮނިގަނޑުގެތެރެއަށް ވަދެވޭތޯ ބަލާ! މީ ނަޞޭޙަތެއްކަމަށް ބެއްޔަސް އެންމެ ރަނގަޅު!

  2. އަޑަފި

    މި ސަރުކާރަށް 2 އަރުވާން ދާއިރުވެސް މިވަރު ކުޑަކަމެއް ހައްލު ކޮއްނުލެވިގެން ތިޔަ އުޅުއްވަނީ ދަނޑުތަކާ ހަވާލުވެގެން ތިބި ގޭންގް ޓީމްތައްދެކެ ބިރުންތޯ ނޫނީ ކުރީ ސަރުކާރުން ކަންކޮއްފަ އޮތްގޮތް ރަނގަޅީތޯ. މަނިކުފާނާ ރައްޓެހިން ކުޅެލަން މަހަކު -/26000 ޚަރަދުކޮއްލަން އެވަރަށް އާމްދަނީ ލިބުނަސް އަހަރެމެން މިއުޅެނީ ކަރަންޓް ބިލުވެސް ދައްކާ ނުލެވިގެންނެވެ. ދަނޑުތައްހަދާފަ މައްޗާތިރިން ފޮޓޯ ނަގާފަ ދެއްކުމަކުން ނުފުދެއެވެ. އެތަނުގަ ކުޅެންބޭނުންވާ އެންމެ ނިކަމެތި މީހާއަށްވެސް ކުޅުމުގެ ފުރުސަތު ސަރުކާރުން ހޯދައިދޭން ޖެހޭނެއެވެ. ދަނޑުތައް ހެދިވަރަކަށް އާދައިގެ ރައްޔިތު މީހާއަށް ކުޅެންލިބޭ ފުރުސަތު ދަނީ ކުޑަވަމުންނެވެ. ފުރުސަތު ބޮޑުވަނީ ފޯރާ މީހުންނަށެވެ.

    9
    1
  3. ނިޒާމް

    މާލޭގެ ކޮންމެ ގޭންގަކަށް ފައިސާހޯދަން ފުޓްސަލް ދަނޑެއް ދީފައިއޮތީ.

    23
  4. ޖާނު

    ގޭންގު ބޮޑުމީހާ ކޮއްދިން ކަންތަށްތީ ބޮޑުމީހާ އެއޮތީޖަލުގަ

    13
    1
  5. ޚާނިމްސް

    ކްލަބް ތަކަށްނަމުގައި ދެނީ އެކަމު އޮންނަނީ ގޭންގުތަކުގެ އަތިުގައި ހުރިހާ ދަނޑުތަކެއް. އެމީހުން މާފިޔާހެދެން ލާރިހޯދަނީ ދަނޑުވިއްކައިގެން. ޢަހަރެމެންނަށް، ފްރީކޮށް ކުޅެލެވޭނެ އެއްތަނެއްވެސް ނެތް!!

    16
  6. ހަޤިގަތް2020

    ތިބުނާ ދަނޑުތައް އާންމުން ކުޅޭކަށް ނުލި ބޭ؟ ދަނޑުތައް އޮންނަނީ ކޮންމެވެސް ގޭންގު ބައެއްގެ އަތް ދަށުގަ. އެމީހުންނާ ތިބޭފުޅާ ދަށުވެފަ އޮންނަށް ކޮންމެވެސް ޓީމެއްގެ އަތްދަށުގަ. މި ބުނާ ގޭންގުތަކާ ޓީމުތަށް ހުރިހާ ފަސޭހަ ގަޑި ތަކުގަ ކުޅެފަ ދެން ވަގުތެއް އޮތީއްޔާ ރޭގަނޑު 12:00 ގެ ފަހުން އާންމުން ދާންވީ ކުޅެން. ދަނޑުތައް އެކަންޏެއް ނޫން މޫދަށް އެރޭ ޓްރެކްވެސް ދެތިން ގުރޫޕަކުން ހިސޯރުކޮށްގެން ސްވިމިންގް ކްލާސް ހިންގާ. އެތަނަށް އޮފީސް ނިންމާފަ ގޮސް ވެސް މޫދަށް އެރިލެވޭކަށް ނޯވޭ އެމީހުން ބޮއެއް އަޅާފަ އޮންނަވަރުން. މުޅި ސަރަހައްދު އެއްކޮށް އެމީހުން. ސަރުކާރަށް އެއްވެސް އެއްޗެއް ލިބޭތޯ އެމީހުން އެނަގާދޭ ކްލާސް ތަކުގެ އުޖޫރައިން.

  7. ތެދުބަސް

    ތިބުނާ ދަނޑުތައް އާންމުން ކުޅޭކަށް ނުލި ބޭ؟ ދަނޑުތައް އޮންނަނީ ކޮންމެވެސް ގޭންގު ބައެއްގެ އަތް ދަށުގަ. އެމީހުންނާ ތިބޭފުޅާ ދަށުވެފަ އޮންނަށް ކޮންމެވެސް ޓީމެއްގެ އަތްދަށުގަ. މި ބުނާ ގޭންގުތަކާ ޓީމުތަށް ހުރިހާ ފަސޭހަ ގަޑި ތަކުގަ ކުޅެފަ ދެން ވަގުތެއް އޮތީއްޔާ ރޭގަނޑު 12:00 ގެ ފަހުން އާންމުން ދާންވީ ކުޅެން. ދަނޑުތައް އެކަންޏެއް ނޫން މޫދަށް އެރޭ ޓްރެކްވެސް ދެތިން ގުރޫޕަކުން ހިސޯރުކޮށްގެން ސްވިމިންގް ކްލާސް ހިންގާ. އެތަނަށް އޮފީސް ނިންމާފަ ގޮސް ވެސް މޫދަށް އެރިލެވޭކަށް ނޯވޭ އެމީހުން ބޮއެއް އަޅާފަ އޮންނަވަރުން. މުޅި ސަރަހައްދު އެއްކޮށް އެމީހުން. ސަރުކާރަށް އެއްވެސް އެއްޗެއް ލިބޭތޯ އެމީހުން އެނަގާދޭ ކްލާސް ތަކުގެ އުޖޫރައިން.

    2
    2
  8. ވަކަރުގޭކުދިން

    މާޒިޔާ އަކީ ވެސް ހަމަ ގޭންގަށް ނިސްބަތް ވާ ބައެއް އަދިވެސް ހަމަ ގަދަބާރުން ކަންކަން ކުރަން އުޅެނީ. އެސްޓީއޯ ކައިރީ އޮންނަށް ފުޓްސެލް ދަނޑުވެސް ހީވަނީ އެމީހުންގެ އަމިއްލަތަނެއްހެން. އެމީހުން ކުޅެފަ އެހެންބަޔަކަށް ލިބޭނީ. މާފަންނަށް ނިސްބަތް ވާ އެހެން ޒުވާނުންވެސް އެބަތިބި އެކަމަކު ކުޅޭނެ ފުރުސަތިނުލިބޭ ދަނޑު ދީފަ އޮންނަ ގޮތުން.