ޑރ. އަލީ ނިޔާފަކީ ހިދުމަތްތެރި ދިވެހި ދަރިއެއް ކަމަށާއި ޑރ. ނިޔާފަށް އަމާޒުކޮށް ބަދު ބަސް ބުނެވޭނެ ފަދަ ބޭފުޅެއް ރައްޔިތުންގެ މަޖިލީހުގައި އެބަ ހުންނެވިތޯ ރާއްޖޭގެ އެންމެ ފުރަތަމަ ކަށީގެން ޑޮކްޓަރު، ޑރ. ހަބީބް ސުވާލު ކުރައްވައިފިއެވެ.

ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ޑރ. ނިޔާފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ހާލަތައް ދާނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތައް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ޑރ. ނިޔާފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އެއް މެންބަރަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ޑރ. ނިޔާފަށް ފާޑު ވިދާޅުވެ މެންބަރު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގައުމީ ހިދުމަތުގައި ތިބުމުން ހަޖަމު ނުވާ މީހުންވެސް އުޅޭ ކަމަށެވެ.

"ހާދަ ވަރަކަށް މަޖިލިސްއާ އަޅައިގަނެގެން. ބަޔަކު ގައުމީ ހިދުމަތުގައި ތިބީމަ ވެސް ހަޖަމު ނުވާ މީހުން އުޅޭ ދޯ،"

ޑރ. ނިޔާފްގެ ދިފާއުގައި ޑރ. ހަބީބް ވިދާޅުވީ ރާއްޖޭގައި ހުރި ހަމައެކަނި ނިއުރޯ ސާޖަން އަކީ ރެއާއި ދުވާލު އިންސާނީ ޚިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

"ޑރ.ނިޔާފަކީ އެތައް ދިވެހި ދަރީންގެ ފުރާނަ ސަލާމަތް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. ހަޖަމު ނުވަނީ ކޮން ބަޔަކަށްކަން މިހާރު އޮޅިއްޖެ،" ޑރ. ހަބީބު ވިދާޅުވިއެވެ.

ޑރ. ހަބީބުގެ އިތުރުން އެތައް ދިވެހިންތަނެއް ވަނީ ޑރ. ނިޔާފުގެ ދިފާއުގައި ނިކުންނަވާ މެންބަރު ޝިފާއު ދެއްކެވި ވާހަކަތަކަށް ރައްދު ދީފައެވެ. ފާޑުކީ ގިނަ މީހުން ވަނީ ޑރ.ނިޔާފް ކޮށްދެއްވި ވަރުގެ ގައުމީ ޚިދުމަތެއް އަދި މެންބަރު ޝިފާއުއަށް ކޮށްދެވެން ގާތް ވެސް ނެތް ކަމަށެވެ. ޑރ.ނިޔާފް އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ނިއުރޯ ސާޖަން އެވެ. އޭނާ ވަނީ މިހާތަނަށް ހާހަކަށް ވުރެ ގިނަ ބޮޑެތި އޮޕަރޭޝަންތައް ކުރައްވާފައެވެ. ޝިފާއު މަޖިލިސް މެންބަރުކަން ކުރައްވާތާ މިހާރު ދޮޅު އަހަރު ވެފައި ވާއިރު އޭނާ އަދި މަޖިލީހަށް ހުށަހެޅީ އެންމެ ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ގުޑިއަރުވާ

    ހަޖަމް ނުވާ މީހުން ޑައިޓީޝަން ޑޮކްޓަރ އެޕޮއިންޓްމަންޓަކަށް ފޮނުވަން ފެނޭ. މަޖިލިސް މެމްބަރުންގެ ކެއުމުގަ މައްސަލައެއް އުޅެނީބާ ނޫނީ ސިކުނޑީގެ އުނިކަމެއްބާ؟

    124
    2
  2. މުހުންމާ

    ހަބީބޫ ރައީސް ނަޝީދުގެ ޓީމަށް ބަސްބުނުމަކީ ވަރަށް ނުރައްކާތެރިކަމެއް، ފަހަރުގައި މަޖިލިސްގެ ކޮމެޓީއަކަށް ހާޒިރުކޮށް ކޯޓުމެދުވެރިކޮށް ހަބީބަށް ލިބިފައިވާ ޑަކްޓަރީކަމު ސަނަދުވެސް އަތުލައިފާނެ. މަޑުމަޑުން ހުރެވޭތޯބަލާ ޑރ ހަބީބު.

    88
    75
    • ކޮކާާ

      ދިވެހި ޑޮކްޓަރުންނަކީ ހިތްވަރުގަދަ ބައެއް މިފަހަރު ކޮވިޑް19 ޕެންޑަމިކްގަ އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފި
      ބުނަންޖެހޭ އެއްޗެއް ބުނެފަ ދޫކޮށްލަންވާނީ
      ހެއްދެވިފަރާތް އަހަރެމެން އެންމެނަށްވެސް އަނގައެއް ދެއްވާފަ އެބައޮތް ، ހަނުހުރުމަކީ ކުރެވޭނެ މޮޔަ ކަމެއް
      އެމްޑީޕީ ބާރުގެ ބޭނުން ނުކުރެވޭ ދުވަހެއްވެސް އަންނާނެ

      174
      1
    • އަހަރެން

      ނަޝީދު އެއީ ކާކުތަ. އޭނާހިތުން އެއީ މާ ބާރުގަދަ މީހެކޯ. ޤައުމަށް އިޚުލާސްތެރި އެއްވެސް ދިވެހި ފަރުދެއް އޭނާ ބަލައެއް ނުގަންނާނެ. އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު އޭނާގެ އަވައިގަ ޖެހިގެން އުޅެނީ.
      މާތްﷲ ގެ އިރާދަފުޅާއިއެކު ތިޔަބުނާ ނަޝީދެއްގެ ބާރު ވަރަށް އަވަހަށް ނެތިގެން ގޮސް އޭނާގެ އުނދަގުލުން ސަލާމަތްވާނެ.
      ޤައުމަށް އިހުލާސްތެރި ޚިދުމަތްތެރީންގެ އަގު ވައްޓާލަން ނޫޅޭ. އެއީ ރައްޔިތުންނަށް ވަފާތެރި ބައެއް. ރައްޔިތުން ތިބޭނީ އެމީހުންގެ ފަހަތުގަ.

      349
      2
  3. ރައްޔިތުމީހާ

    ވަރިކާވެނީގެ ސައްހަކަންބަލަން 48 ގަޑިއިރުތެރޭ މަޖިލީހައް ހުށައަޅަންޖެހޭގޮތައް ގާނޫނު ތައްހަދަމުން އެގެންދަނީ މި 5 އަހަރު ނިމެއިރު ހުރިހާބާރެއް ބޮޑުވަޒީރު ހެދިގެން އުޅޭ ބކރ އަންބޮނޑިޔައްލާނެ.

    57
    1
  4. ޙަސަނާ

    ތިޔަ މެމްބަރު ބަލާލީމަވެސް ތިކަލޭގެ ފެންވަރު އިގޭ ހީވާކަހަލަ ރައްޔިތުންމަޖިލިހުގެ 65 މެމްބަރުންގެ މޭޖޯރެޓީ ފަޅީގަހުރީމަ ތިމަންމީ ވަރައްމަތީ މީހެކޭ ނަސީދު ފަޅީގަހުއްޓަ ތިމަންނަގެ ތަރި އޮއްސިގެން ނުދާނޭ ބަލަ ތިތަން ތަނައް ބޯގަޅަންވެސް ތައުލީމީ ފެންވަރު ހުންނަންބޭނުންވޭ...

    60
    1
  5. މުގުރާން

    ޖަނަވާރުކަން ބޮޑީ؟؟

    57
    1
  6. ޙހހހ

    މިހާރު ބަލިވިޔަސް ޑޮކްޓަރަށް ދާންވީ މަޖްލީހަށް ، 65 ވޯޓް ލިބިޖިއްޔާ އެއޮތީ ޝިފާ ލިބިފައި ބޭސް ލިޔާނެ ރިޔާސަތުން އަދި ކުށްވެރިވިޔަސް އިންސާފަށް ހުކުމް ލިބޭނީ މަޖްލިސް އިން ،

    49
    1
  7. Anonymous

    ސާބަހޭ ޑރ. ޙަބީބް. ޙަޤީޤީ ދިވެހި ދަރިންނަށް ނުތިބޭނެ ނަޝީދު ކިޔާހާއެއްޗެއް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިގެންނެއް. ދީނާ ފުށުއަރާ ކިތައް ވާހަކަ ދައްކައިފިތޯ. ކިތައް ވީޑިއޯ އެބަހުރިތޯ. ކިތައް އޯޑިޔޯ އެބަހުރިތޯ. ނަޝީދަށް މިޤައުމުގެ ރައްޔިތުކަން ވެސް ޙައްޤު ބާވައޭ ހީވާ ދަރަޖައިގެ ކަންކަން ކުރަމުން އެގެންދަނީ. ނަޝީދު ދާންވީ އިންޑިޔާ ކަހަލަ ބިން ބޮޑުތާކު ރައްވެހިވެގެން މޭޔަރަކަށް ވެގެން ހުންނަށް . އެތާ ފައްޅިވެސް އިތުރަށް އަޅާކަށް ނުޖެހޭނެ. މިދިވެހި ބިމުން ހިތަށް އަރާހާ ބަޔަކަށް ރަށްވެހިކަން ދީ އެމީހުން ެެެެ ގެދީނަށް އެމީހުން އުޅެން ފައްޅި އަޅަން ހަމަ ހލާ ދިވެހި ރައްޔިތުން ފުރުޞަތު ނުދެއްވާތި

    64
    1
  8. ޑޮކްޓަރުންނައް

    ޙަމަ ސާބަސް... ތި ދެޑޮކްޓަރުންނައްވެސް
    ..
    މަޖިލީސް އެއީ ގިނާން ހަމަ ހުސް އަނގަ...
    ރައްޔަތުންނައް ބައެއްކަންކަމުގާ ދޯކާވެސްދޭ...
    ބައެއްފަހަރު ރަގަނޅުކަންކަން ކުރިޔަސް...

    40
    1
  9. ކަނަމަނަ

    ނުކިޔަވާހުރިމީހަކުވެސް މަޖިލިސްއައް އިންތިޙާބުވުމާއިއެކް ވަނީދުނިޔޭގަނެއްވަރުއިލްމުވެރިއަކައް ވީމާ ތިޔަމަޖިލިހުގަ ތިބިއިބިލީހުން ޖޭވާނެ

    46
    2
  10. ރަސާތާނާ

    އުޑެއް ބުޑެއް ނުދަންނަ ވަކަރުގޭ ގޮލައެއް މަޖިލަހށް ވަދެ އިލްމުވެރިއަކާ މި ދިމާ ކުރަނީ...ލަދު ކޮބައިހޭ ބައިގަޑާ

    56
    1
  11. ޝާން

    ތިއޮތީވާ ބައެއް. ނުބެހޭ އެއްކަމެެއްވެސް ނެތް

    51
  12. ރީނދޫ ކާޅު ކާ ކާ

    ޝިފާއު އެބުނިބަސް ރަށް ދުވަނީ ހަމަ ޝިފާއުއަށް އަބަ ދުވެސް ކިޔޭނުކިޔޭއެއް ނޭގޭ އިރުވެސް އެހެން މީހުނާއި ދިމާކުރުމަކީ އެމްޑީޕީ ޖާހިލުންގެ އާ ދަ އެބައިގަނޑު ކަނީ ހުސްވަގުއެއްޗެހި އެހެންވީމަ ހަޖަމްނުވެގެން އެތެޅެނީ ނިޔާފް ހިގި މަގަކުންވެސް ޝިފާއު އަކަށް ނުހިގޭނެ އަގައޮތީމަ ކާޅެއްނުކާނެ!

    51
    1
  13. ރީނދޫ ކާޅު ކާ ކާ

    ޝިފާއު އެބުނިބަސް ރަށް ދުވަނީ ހަމަ ޝިފާއުއަށް އަބަ ދުވެސް ކިޔޭނުކިޔޭއެއް ނޭގޭ އިރުވެސް އެހެން މީހުނާއި ދިމާކުރުމަކީ އެމްޑީޕީ ޖާހިލުންގެ އާ ދަ އެބައިގަނޑު ކަނީ ހުސްވަގުއެއްޗެހި އެހެންވީމަ ހަޖަމްނުވެގެން އެތެޅެނީ ނިޔާފް ހިގި މަގަކުންވެސް ޝިފާއު އަކަށް ނުހިގޭނެ އަގައޮތީމަ ކާޅެއްނުކާނެ!

    36
    1
  14. ލަދުކޮބާ

    ޝިފާއު ކަލޭ ހަމަމިހާރު ނިޔާފު ކައިރިން މާފަށް އެ ދޭ ހުންނަ ލަ ދުހަޔާތް ކުޑަކަން ނިކަން ދެނިބަލަ ގަންޖާ އަންނި ގެންގުޅޭ ޕާޓޭން ލައްވައި ގަ ދަރުވެރިންގެ އަބުރު ކަތިލަމުން ދާއިރުވެސް ރައްޔިތުން ހަމަހިމޭނުން ތިހެ އެޖަނަވާރުތައް ހާވާހަޑިބަލަން ތިހެތިބޭނީކިހާ ދުވަހެއް ވަން ދެންތޯ؟ އަންނި އެޅިހާބަތަކަށް ރިހަވެފަ ރައްޔިތުން ތިބެންވީތޯ؟

    43
    2
  15. ޝުކުރު

    ޝުކުރިއްޔާ ހަބީބު ތިހެންވާންޖެހޭނެ ހި ދުމަތްތެރީންގެ ދިފާއުގައި ހި ދުމަތްތެރީން ތެ ދުވަންޖެހޭނެ ރައްޔިތުން މިތިބީ ނިޔާފް ހަބީބު މެންފަތަ ދަ ހި ދުމަތްތެރީނާއި އެކު ހިތްވަރާއި އެކު ކުރިޔަށް ވަޑައިގަންނަވާ ﷲ ކާމިޔާބު ދެއްވާނެ އަޅުންކުރާނީ މަސައްކަތް ކާމިޔާބު ދެއްވާނީﷲ ފާއިތުވި ދުވަސް ތަކުގައި ތިފަ ދަހުރިހާ ހި ދުމަތްތެރީންގެ ފަރާތުން ލިބުނުއެހީތެރިކަމާއި މިހާރުވެސް ލިބެމުން ދާ އެހީތެރިކަމަ ށް ތިފަ ަދހުރިހާފަރާތްތަކަށް ގުނާއަ ދަދދ ދުނުކުރެވޭހާ ގިނަ ޝުކުރު ދަންނަވަމެވެ.

    45
    3
  16. ސަލާމްބެ

    ޑރ ހަބީބް އަށް އަޅުގަނޑު ފުރިހަމައަށް ތާއީ ދް. ނިޔާފް އިޒް އެކްސެލަންޓް ޑޮކްޓަރ. ތެންކްސް ޔޫ ޓޫ.

    17
  17. ވިސްނާ

    އަ ދަބުވެރިކަންނެތުނުމީހާ ދެ ދުނިޔޭންގެއްލިނިމި ދާނޭ މަ ދަ ދުވެރިކަންނެތީވިއްޔާ ގަ ދަރުނެތިގެންހިގައި ދާނޭ!

    19
  18. އެންމެގަދަފަދަ ބާރަކީ މާތްﷲ

    ޑރ ހަބީބުއަށް ބިރު ދައްލާ ފަރާތްތަކަށް ބުނެލަންއޮތީ ތިމާމެނަށް ވުރެ ބާރުގަ ދަ ފަރާތެއްވާކަން ހަނ ދާން ކޮށްގެންތިބެއްޗޭ ޖާހިލުންނޭ މާﷲއަށް ވުރެބާރުގަ ދަ. ފަރާތެއްނުވާކަން ހަމަކަށަވަރު ދެންތިބައިގަޑު ހިފާހައްޔަރުކުރާނީ މި ދިވެހިރާއްޖޭގެ ހަވަރުނިކުމެ މައިތިރިވެގެން ދުވަސްކޮޅަކު ވަކަންކުރަންނަމަވެސް އަނގަހިމޭނުން ލައިގެން ތިބެވޭތޯ ބަލާބަލަ ތިބައިގަނޑު އަނިޔާވެރި ގޮތަކަށްނިކަމެތި ކުރަށްވާށި އާމީން

    15
  19. ވާނޫ

    އޭ މިހިރަ އިހަވަންދޫ ސޮރު، ޑރ. ނިޔާފް މެން ތިބީ ޤައުމީ ހިދުމަތުގައި. ތިސޮރުމެން ތިޔަތިބީކީ ޤައުމީހިދުމަތަކުނޫން. ފައިސާގެ އަޅުވެތިކަމުގެ ދަށުގަ. ލަދުހަޔާތް ކުޑަކަމުން އަދި ބުނެފިނޫން ޤައުމީ ހިދުމަތުގައޭ. ދުވަހަކުވެސް ކަލެއަކަށް އަހަރެމެންގެ އިހްތިރާމެއް ނުލިބޭނެ، އެކަމް ޑޮކަށް އަހަރެމެން އަބަދުވެސް އިހްތިރާމް ކުރާނަން

    17
  20. ހހހ

    ނުކިޔަވާ ޖާހިލުންނަކަށް ނޭގޭނެ އެކައްޗެއްވެސް ނިއާފް ފައިފޮހޭ ފައިފުއްސަކައް ވެސް އެކަށީގެންނުވޭ ތި ޔަމަޖުލީހުގެ ލާދީނީ ބައިގަނޑު

    18
  21. ޑރ.

    ތި މަޖުކލީހުގައި އެބަހުރިތަ ޑރ ނިޔާފު ކުރިމައްޗަށް އަރަންނުޖެހޭނެ މީހެއް؟ ތި މެމްބަރުކަމުގައި ކިހާދުވަހަކު ހުރެވޭނެކަމަށްތަ ހީކުރަނީ؟

    21
    1
  22. Anonymous

    ޑޮކްޓަރުން ވަނީ ދުނިޔޭގެ ކޮންމެ ތާކަށް ވަޑައިގެންނެވިއަސް ޑޮކްޓަރުންނަށް. އެއީ އިންސާނީ ވ.ބޮޑު ޚިދުމަތެއް އަދާކުރައްވާ ބޭފުޅުން. އެކަމަކު ތިޔަ މަޖްލިސް މެމްބަރު ދޭބަލަ ދުނިޔޭގެ އެހެން ޤައުމެއްގެ މަޖްލިސް މެމްބަރު ކަން ކުރަން. ގޮންޖެހާލާފައި މިބުނީ.
    ސައިޒުވޭ މެމްބަރު. މާދަން ވެސް ވެއްޓިދާނެ.

  23. ބަރުގޮނު

    ޢާލަމީ ވަބާއެއް ކަމަށްވާ ކޯވިޑް19 ގެ ނުރައްކާތެރިކަން ދިވެހި ޤަވްމާ ކުރިމަތިވިއިރު ، ޤަވްމީ ވަބާއެއްގެ ގޮތުގައި މިފެންނަނީ ޢިއްޒަތްތެރިންގެ ތެރެއިން ދޮންރީދޫ ކުދިންކޮޅު. މާރުކޭޓް ގޮޅިތަށްވެސް ދެން ދޫކުރާނީ އެކުދިންގެ ގޯތިން އެކުދިން ރުހުން ދިނީމާ...

    3
    1
  24. މުބީނު މާރނީ

    މިސްކިތަކީ ﷲ ގެ ގެކޮޅު. ނިޔާފް އެކުރީ ވަރަށް ނުބައިކަމެއް. އޭނާގެ ސިޔާސީ އުންޑަ ފޮނުވާލަން މިސްކިތުފުރާޅު ބޭނުން ކުރުން ވަނީ މަރުވެފަ އޮތް މީހެއްގެ ކޮނޑު ބޭނުން ކޮށްގެން ވަޒަން ފޮނުވުމޭ ބުނާ ބުނުން ކަހަލަ ކަމަކަށް. ނިޔާފް ތަޢުބާ ވާންޖެހޭ.

  25. ނަޞްރުﷲ

    ޖަވާހިރުގެ އަގުވަޒަން ކުރެވޭނީ ޖަވްހަރީންނަށެވެ.

  26. ނަންނި

    ކިހާބޮޑު މުސީބާތެއް މިމަޖިލީހުގައި ތިބޭ ބައިގަނޑާއި ހެދި. ނުކިޔަވާ ތާކުންތާކު ނުޖެހޭ މީހުން މަޖިލީހުގަ ތިބީމަ ވާނެގޮތް މިހިރަ ފެނިގެންދަނީ.

  27. މުރާދުބޭ

    ހިތަށްއަރަނީ ލަދެއް ޙަޔާތެއްނެތި ތިމާމެންގެ ޤާބިލްކަމެއް ޢިލްމެއް ނެތްތާ ޙިލްމެއްވެސް ނެތި ތިބި 85 ޕަސެންޓް މެމްބަރުން ރައްޔިތުންގެ ބައިތުލްމާލުން ލައްކައެއްހާ ރުފިޔާ ލިބުނީމާ ފެންވަރުއޮޅިފައި. މިރައްޖޭގެ އެންމެ ޑޮކްޓަރެއްގެ އަގު ރައިޔިތުންކުރިމަތީ މާބޮޑު ތިކަހަލަ ސައިހޮޓާތެރޭ ދުފާލައިގެން އެކެއް އަނެކެއްގެ މޫނަށް ސިނގިރޭޓް ދުންބުރުވާލަން ތިބޭ އިއްޒަތްތެރި 60 މަޖްލީހުގެ މެމްބަރުންނަށް ވުރެން. އެހާވަރު ނޭގޭ ރުފިޔާ ފޮއްޗެއް ނުފެނިތިއްބާ އޮހެންފެށީމާ. ހީވަނީ ތިމަންނާމެންވަރު ބައެއްނެތޭ. ރައީސް އިންނަވާނެ ހިނިފުޅުވަޑުވައިގެން.