ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި އެމްޑީޕީގެ މެމްބަރަކު ނޫން ގޮތަކަށް ހުންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ޝަހީމް ވަނީ އެމްޑީޕީ ނޫން ބަޔަކު ލާމަރުކަޒީ ގާނޫނަށް ބާރުވެރިކަން ލިބެން ބޭނުން ނުވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެވެ.

އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސަކީ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުން އިންތިޚާބުކުރާ ފަރާތެއް ކަމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ބޯޑުގެ ރައީސްގެ ޒިންމާއެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ނަމަވެސް އެމްޑީޕީ ނޫން ބަޔަކު އެ ބޯޑުގައި ތިބެގެން ލާމަރުކަޒީ ނިޒާމު ރަނގަޅަށް ކުރިއަށް ނުދާނެ ކަމަށް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

" މި އިސްލާހު މިހެން އޮތްކަމުގައި ވިޔަސްވެސް، އެމްޑީޕީގެ މެމްބަރެއް ނޫންގޮތަކަށް ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިހެން މި ބުނަނީ ސަބަބުތަކެއް ހުރީމަ. މި ނިޒާމް ރާއްޖޭގެ މަސްރަހުގައި ހަގީގަތަށް ވެސް ގަބޫލު ކުރަނީ އެމްޑީޕީ. އިތުރު ބަޔަކު ގަބޫލެއް ނުކުރޭ. ކޯލިޝަނެއް ހަދައިގެން ތިބި ކަމުގައިވީ ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އެމްޑީޕީގެ ސިޔާސަތުތަކަކީ އަދި އެންމެން ގަބޫލުކުރާ ސިޔާސަތުތަކަކަށް ވާނެ ކަމަކަށް." އޭނާ ވިދާޅުވިއެވެ.

މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ވެސް މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކޮޅަށް ކަމަށާއި އޭގެ ސަބަބުން އެ ނިޒާމް ބަލައިގަންނަން ރައްޔިތުންނަށް އުނދަގޫ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމް ހިންގޭނީ އެ ނިޒާމް ގަބޫލުކުރާ ބަޔަކު، އެ ނިޒާމް ހިންގަން ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްތައް ކައިރީގައި ހުންނަ ފަޅު ރަށްތައް ކައުންސިލްތަކާއި ހަވާލުކޮށް، ކައުންސިލްތަކަކަށް ހަގީގީ ބާރު ދިނުމަށް އޭނާ ގޮވާލެއްްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ބޯޑުގެ ނައިބު ރައީސްއެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް ކަމަށާ، ބޯޑުގެ ރައީސް ޖަލްސާއަށް ހާޒިރު ނުވެވޭ ހާލަތުގައި ރިޔާސަތު ބަލަހައްޓާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސް ކަމަށެވެ.

އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ ޖަލްސާއަކަށް ބޯޑުގެ ރައީސް އާއި ނައިބު ރައީސް ހާޒިރުވެ ނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ
ފަރާތެއް އެޖަލްސާއަކަށް ހާޒިރުވެ ތިބި ބޯޑު މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އެޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅަންވާނެ ކަމަށް އެ އިސްލާހުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ބޯގޯސް

    މުޅި ގައުމުގަ ދިރިވެސް އުޅެން ޖެހޭނީ އެމްޑީޕީ މެންބަރުން ކަމައް ކަލޭމެން ގަބޫލުކުރާނީވެސް ބީތާވެފަ ތިބި ބުރާންތިތަކެއް ތިނޫނީ ތާކު ނުވެސް އުޅޭނެވިއްޔަ ހަޔާތުހެ ކަންފުޅެއްވެސް މި ދައްޖާލު ތަކުގެ ނެތިއްޔޭ

    86
  2. މަގޭ ޚިޔާލު

    އެމްޑީޕީއަށް އެނގެނީ ފޯރީގައި ކެމްޕޭންކުރުމަށާއި، މުޒާހަރާކުރުމަށާއި، ގައުމުގައި ފިތުނަފަސާދަ ކުރަން އެކަނި. ސަރުކާރާއި މުއައްސަސާތައް ހިންގުމުގެ ގާބިލުކަމެއް އެމްޑީޕީގައި ނެތް. ސަބަބަކީ އެމްޑީޕީގައި ނަގާކިޔަން އުޅެނީ ތަނެއް ދޮރެއް ދޮރާއްޓެއް ވަކިނުވާ، ޒާތީ ތައައްސުބުން ފުރިފައިވާ ގަމާރުންތަކެއް.

    81
    • ރުކުރާ

      އެންމެވެސް ތެދުބަހެއް ތިޔަބުނީ..ތިއީ ކާކު ގޯތި ދަރިއެއް؟

      15
  3. ސާހިދު

    ތިޔަންވުރެ މާރަގަޅުވާނެ މުޅި ސިވިލް ސާވިސްގަވެސް ތިބެއްޖެހޭނީ އެންޑީޕީ މެންބަރުންގެ ގޮތުގައި ތިބެއްޖެހޭކަމަށް ނިންމުން

    74
  4. ދ

    އެމްޑީޕީ މެމްބަރުންގެ މިހުންނަނީ ހަމަ ޑިކްޓޭޓަރުންގެ ހުންނަ ސަފަތައް... ހުރިހާ ބާރެއް އަމިއްލަ ކޮށްލުމުގެ ވިސްނުން... ކޮލިޝަން އެއް ނޫން ގޮތަށް ވެރިކަމެއް ނުލިބުން ކަން ހަދާން ކޮށްލިއްޔާ ރަގަޅު.... ރައީސް ނަޝީދު އަށް 2008 ގަ ވެރިކަން ލިބުނީ ކޯލިޝަން އަކުން، ކޯލިޝަން ރޫޅުމާ އެކު ކޯލިޝަންގެ މެމްބަރުން އިދިކޮޅު ވެ އެންމެ ފަހުން 2012 ގަ ވެރިކަން ވެއްޓުނީ... ހަދާންނެތީ ދޯ!!!... ތިހެން ގަދަބާރުކަން ދައްކާ ކޯލިޝަން ރޫޅާލަން އުޅޭތީ އެމްޑީޕީ އަށް 5 އަހަރު ވެރިކަން ނުކުރެވި އިސްތިއުފާ ދޭން ޖެހެނީ....

    57
    1
  5. މާމީ

    އެންޑީޕީ ނޫން ބަޔަކު މިގައުމުގަވެސް ތިބެގެން ނުވާނެކަމައް ބުނެބަލަ ލަދުހަޔާތެއްގަންނަ މީހެއްނޫނިއްޔާ ބަލަ ބުރާންތިވެގެން ތިޔައުޅެނީ މިއަކީ ރީނދޫ މީހުންގެ އެކަނި ވެރިކަމެއް ނޫނޭ،، ބުއްދިފިލާ ދިޔައަސް ބޮޑުވަރު، މިހާރު ތަންދޮރުވެސް ނޭގެނީ ވިއްޔާ،

    56
  6. ބެއްޔާ

    ފަނޑިޔާރުގެއާއި މަޖްލިސްގެއާއި މިނިވަން ބޮޑީސްތަކުގައާއި އެތަންތަނުން ޚިދުމަތް ދޭނީވެސް އެމްޑިޕީ މެމްބަރުންނަށޭ ބުނެބަލަ.

    51
  7. އަހުމަދު ނީޒް

    މިގަ އުމުގަ ވެސް އެމް ޑީ ޕީ މީހެ އް ނޫނި އްޔާ ހުންނާނެ ކަމެ އް ނެތް.

    46
  8. ކޮވިޑް

    ކަނޑިތީމަކީ ޢިލްމީ ބޭފުޅުން އުޅޭރަށެއް އެކަމަކު މިކަހަލަ ބީތާއަކު ހޮވީތީ ދެރަވެ.

    57
    • ގަމަރުލްބަތްހާ

      އެރަށު މީހުން ޢިލްމީ ވެފަކަ ނެތެއްނު..ބޮޑު ސޮހޯމަންޑެއްޔެއް މަޖިލީހަށް ހޮވައިގެން އެތިބީ.

      12
  9. ކިބުރުވެރިޔާ

    ބަލަ މުޅި ސަރުކާރުގަ އެމްޑީޕީ މީހުން ބައިތިއްބިޔަސް ހަމަގަޑިޖެހުނީ ހުރިހާބާރެއްދިޔއީ ހިނދުކޮޅެއްވެސްނުނަގާނެ ކަލެއައް ހީވަނީތަ ތިފަސްދޮޅަސްފަހެއްވެސް ނުވާނެ އެކައްޗަކައްވެސް

    42
  10. ނ

    މިހާރުވެސް މުޅިން އެމްޑީޕީ މީހުން އެބޯޑުގައި

    37
  11. ފޭކް ޝިޔާމް

    އެއްކަލަ ކޮރޯނާ ޝިޔާމް ދޯ . ކުރީ ފަހަރަކު ބުނި ކޮރޯނާ ވައިރަސް އިން ޖެހޭ ކޮވިޑަކީ އެއްވެސްގޮތަކަށް ނުރައްކަަތެރި ބައްޔެއްނޫނޭވެސް . އެކަމަކު މިރާއްޖޭގެ މިއަހަރުގެ ބަޖެޓުން މިހާރުވެސް ބިލިޔަނަކަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފިކަމަށް ބުނަނީ .

    40
    • ބަހީރާ

      ބަލަ އެސޮރުމެންނަށް ކޮރޯނާ ބައްޔަކަށް ނުވޭ ހަމަ..މި ދައްޖާލުތައް ދެކުނީ އެއީ ރަޙްމަތެއްކަމުގައި..ސަބަބަކީ ކޮރޯނާއޭ ކިޔައިގެން ދައުލަތް ދަވާލާ އަންބޮނޑި ބޮޑުކުރަން ފުރުޞަތު ލިބުނީމަ.

      15
  12. Anonymous

    ބޭފުޅާ ދުނިޔެ ބަނޑުދަށުލައިގެން އުޅެންވީނު.
    އެމްޑީޕީނޫނިއްޔާ ދިރިހުރުމުގެ ޙައްޤު ވެސް ނުދެންވީނު. ހާދަ ލަދު ހަޔާތް ކުޑައޭ. އެމްޑީޕީގެ އެކަނި ވޯޓްންތަ ވެރިކަން ލިބި ފައި ތިޔޮތީ

    32
    • ކުރުއައިސަ

      އެސޮރުމެން ދެކެނީ އެގޮތަށޯ!

  13. އަހްމަދު

    ކަލޭގެ އާއިލީ މިހުންތިބުން މާރަނގަޅު ވާނެ!

    27
  14. އަލީ

    ތަނެއް ދޮރެއް ނުދަންނަ ޖާހިލުން ދައްކާ ވާހަކަ ވަގުތު ނޫހުގަ ނުލިއުން އެދެން...

  15. ލޮލީ ބޯ

    ގަމާރާ މީ އެކަނި ކަލޭމެން ޕާޓީގެ ރާއްޖެއެއްތަ؟

    12
  16. އާދަނު

    މިއީ ކޮންކަހަލަ ތަންދޮރު ނުދަންނަ ގަމާރު މެންބަރެއްތަ، ތިޔަށް ކިޔާ އުލެނީ ހުދްމުހުތާރުކަމޭ، ތީ ރައްޔިތުން ގުބޯ ހައްދަން ، ވާހަކަ ދެއްކި ގުރޫޕް ގެ ދެއުޅިއެއްނުވާ ޖާހިލުމެނބަރެއް. ކޮވިޑް އާއި ބެހޭ ގޮތުންވެސް ތިކަހަލަ ހަމަނުޖެހޭ ދެއުޅި އެއްނުވާ ވާހަކަ ތިޔަ މެނބަރު ދެއްކި

    13
  17. ޙހހހ

    ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް ތިބެންވާނީ ހުސް އެމް. ޑީ.ޕީ ކޮހުން

    10
  18. ޙހހހ

    ބަޔަކު ވެރިކަން ކުރިގޮތް ކަމުނުގޮސްގެން ރައްޔިތުންނަށް ހެޔޮވެރިކަން ކޮށްދޭން އައިމީހުން މިއުޅެނީ އަންބޮނޑި ބޮޑުވުގެން ، މުޅިތާ ހަސަނުގެ ދެފާ

    11
  19. އަނިޔާ

    އިސާހިތަކު ތިކަންނިމި ތިއެންމެންފިލާފާނެހެން ހަމަހީވަނީ.

  20. ކަރީޕައުޑަރ

    އެއީ ތެދެއް އޭރުންތާ ފަސޭހަ ކަމާއެކް ބަލިކުދުންނައް އެތިކޮޅު ވިއްކާލާ ފޯރު ކޮއްދެވޭނީ ބަލަ އެންމެން ދަންނަ ސިއްރެކޭ

  21. ދުންތަރި

    އެލްޖީއޭގަވެސް މަޖިލީހުގަވެސް މިނިވަން މުއައްސަސާތަކުގަވެސް ފަނޑިޔާރުގޭގަވެސް ސިވިލްސާރވިސްގަވެސް ތިބެންޖެހޭނީ ލާދީނީ އެމްޑީޕީ މުޖުރިމުން ގޭންގްސްޓަރުން ޑުރަގުޑީލަރުން އެކްޓިވިސްޓުން ލާދީނީ އެމްޑީޕީނޫން މީހަކު މިޤައުމުގަ ނެތީތަ؟ މިކަހަލަ ގޭންގްސޓަރުން ޑުރަގުޑީލަރުން މުޖުރިމުން މަޖިލީހަށްލައިގެން ބޮޑު އިބިލިސް މަޖިލީހުގެ ރައީސަކަށްވެގަނެގެން މުޅި ޤައުމު އިނދަޖެހިގެން މި ދިޔައީ 02 ރިސޯޓަ ލެޕްޓޮޕަކުން ޤައުމުހިންގޭނެކަމަށްބުނެ 2008 ވަނަ އަހަރުވެރިކަމަށް އައިސްފަ މުޅި ނިޒާމު ހަލާކުކޯށް މުޅި ޤައުމު ސުންނާފަތިކޮށްފަ އަމިއްލަޔަށް ވެރިކަން ދޫކޮށްލީ އަނެއްދުވަހު މުޅި ޤައުމުހަ ހުޅުޖެހި އެތަށްބިލިއަންރުފިޔާއެއްގެ ގެއްލުންދިން އަނެއްކާ މޮޅު ހުވަފެންތައްދައްކައިގެން މުޅި ޤައުމު ހައިޖެކުކޮށްގެން މިހާރު ހިންގާ ޖަރީމާ މާނުރައްކާ ޤައުމު 1940 ގެ އަހަރުތަކުގެ ތެރެއަށް ވައްޓާލަނީ ރައްޔިތުން މިތިބެނީ ހެވިފަ އަތްޖަހާން

    6
    1
  22. ޙަސަން

    މޮޅު ބަސްބަސް ބޭނުންކުރާނެ ކަމެއް ނެތް. ލާމަރުކަޒީ އަކީ ހަމައެކަނި ދުލުން ކިޔާ ބަހެއް. ރާއްޖޭގެ ހުރިނަމަ ހުރިހާ މުއްސަދި ކަމެއް މާލެއަށް ހޭދަކުރެވޭތޯ ބަލާ. މޑޕ ސަރުކާރުވެސް ކަންކުރަނީ ހަމަ އެގޮތަށް. ހަމަ އެކަނި މާލެ މާލެ މާމެ. މިއަށްވުރެ ނަސްލީ ބައެއް ދުނިޔޭގައި އުޅޭނެ ބާ.