ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރުގްޔާ ކުރައްވާ މަންޒަރާއި އިމްރާނަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އަންހެނަކު ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯއެއްގެ މައްސަލައިގެ ހަގީގަތް ހާމަކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޮވާލައްވައިފިއެވެ.

ރާއީ އެގޮތަށް ވިދާޅުވި އިރު، އިމްރާންގެ ފަރާތުން ޖިންސީ ގޯނާއާ ގުޅޭ އޯޑިއޯގެ ސައްހަކަން ފުލުހުން ދަނީ ބަލަމުންނެވެ. އެކަމަކު، އިމްރާނަށް ސިހުރު ޖެހުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން އިމްރާނާއި އަދާލަތު ޕާޓީން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލިހުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ރާއީ ވަނީ އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމާ މެދުގައި ސުވާލު އުފައްދަވައިފައެވެ. އަދި މިކަންކަމާ ގުޅިގެން ހޯމް މިނިސްޓްރީންނާއި އަދާލަތު ޕާޓީންނާއި ސަރުކާރުން ވެސް އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވާތީ ރާއީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެފަދަ ކަންކަމަކީ ރައްޔިތުން ސުވާލު އުފައްދާނެ ކަންކަން ކަމަށާއި އިމްރާނަށް ދިމާވާ ކަންތައްތައް ހާމަކުރަން ޖެހޭ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

" ސަރުކާރުގެ ވަޒީރަކާއި މެދު މި ސުވާލުތައް އުފެދެމުން މިދަނީ. ވީމާ ވަރަށް އާދައިގެ ބޭފުޅުންނަށްވެސް އެނގޭ ބުއްދި އާއި ސަލާމަތާއި ހަމައަށް ހުންނަން ޖެހޭކަން ވަޒީރުކަން ކުރަންޏާމު. އެއީ ޝަރުތެއް. އެގޮތަށް އެކަން ކުރެވެމުން ދަނީ. އަޅުގަނޑުމެން ނޭދެން ފުލުސް އޮފީސް މަތިކޮށްފައިވާ ވަޒީރަށް ސީދާ ފުލުހުން ވެސް އެ ބޭފުޅާ އާއި މެދު ޝައްކު އުފެދޭ ކަންކަން ފެނިގެން ދިޔައީމަ ސީދާ އެ ބޭފުޅާ ނޫނީ އެ ބޭފުޅާ ނިސްބަތްވާ ޕާޓީއިން، ނޫނީ ސަރުކާރުން، ސަރުކާރުގެ ކޯލިޝަނުން، ކެބިނެޓުން އެބަޖެހޭ ސާފުކޮށްދޭން އެއީ ކޮންކަންތައްތަކެއްތޯ." ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ އެ ހުރިޙާ ކަމެއްވާ އިރު އަދާލަތު ޕާޓީއިން ވެސް އެކަން ސާފުކޮށް ނުދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދި މަކަރާއި ހީލަތުން ވަޒީރުކަމުގައި ހުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއީ އިތުރަށް ވިދާޅުވީ، އިމްރާން އާލާސްކަން ފުޅާ އުޅުއްވާނަމަ އަވަސް ފަރުވާ އެއް ލިބެން ޖެހޭ ކަމަށާއި ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ދީގެން އެ މަގާމުގައި ހުރެއްޖެ ނަމަ ރައްޔިތުން އުފައްދާ ސުވާލުތައް މަދުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބަބުރު

    ރާއީ ކަލޭ ފުރަތަމަ ބަލަންވީ ތިތާ ރައީސަކަށް ލާފައި ތިހުރި މީހާގެ ބުއްދި ހަމާގައި ހުންނަނީ 24ގަޑިއިރުން ކިތައް ގަޑިއިރުތޯ؟ އޭގެފަހުން އެހެން މީހުންގެ ބުއްދި ހަމަތޯ ބަލާނީ.

    103
    4
    • ޢަހޫ

      ޜަގަޅު ވާހަކައެއް .ތީމާލަސްވެއްޖެކަމެއް.

      11
      2
  2. ސާހިދު

    މީ ހަދަހާ ގޮތެއްނެތް މީހެކޭ ޖަހާވައްތަރު ނިކަންބަލާބަލަ ނުލަފާމީހެއް ވައްތަރެއް ޖަހަނީ

    64
    3
  3. ރިފާ

    ފާޑުފާޑުގެ ވާހަކަ ނުދައްކާ... ޝަރުތު ހަމަވާ މިިނިސްޓަރަކީ ކޮބާ؟ ހުސް ސިޔާސީ މަގާމް... އެ މަގާމް އެމްޑީޕީ އެކްޓިވިސްޓަކަށް ދޭން ވެގެން ޖަހާ ހާ ސަކަރާތް!!! ކޯލިޝަން ރޫޅާލަން މަޖުލީހުން ހާދަ މަސެއްކަތެއް ކުރެއޭ!!

    75
    1
  4. ހަސަދު

    ރުގްޔާ ކުރުން، ބަލިވީމާ ބޭސް ކުރުން އެއީ މީހެއްގެ އަމިއްލަ ކަމެއް. އެއްވެސް ކަމެއްގައި ގާނޫނާ ޚިލާފް ކަމެއްވާނަމަ އެކަން ބަލާނީ އެކަމަށް ޚާއްޞަކުރެވިފައިވާ މުއްސަސާ ތަކުން. މަޖުލިހަކުން ނޫން.

    92
    1
  5. މމމމ

    ރާއީ އަށް އެނގޭތޯ ރުޤްޔާ އަކީ ކޮންއެެއްޗެއްކަން
    ފުރަތަމަ ތިމާ މިހާ އަށް އެއީ ކޮން އެެއްޗެއްކަން އެނގިގެން އެއާއި ބެހޭ ގޮތުން ވާހަކަ ދައްކާނީ...

    82
    1
  6. ބެއްޔާ

    މަކުނު އުޅޭ ފާޑަށް ނޫޅެބަލަ. ތަނަކުން މީހަކު ކަމެއްކުރާއިރަށް އެކަމެއް ހޯދަން. ތިނޫނަސް މަޖްލިހުގައި މެމްބަރުން އެބަތިބި.

    80
  7. އަސްލު

    މީ ހާދަ އިމްރާނުއާ އަޅައިގަނެގެން އުޅޭ މީހެކޭ... ވަރަށް ބޭނުންދޯ...

    72
    1
  8. ދަރަނި ދަންތުރަ

    ދޮންމަނިކާ ޓޫރިޒަމް މިނިސްޓްރީގެ ސްމިތު ކޮބައިތޯ

    73
  9. ތިމަންނަ

    މެމްބަރު ކަމަށް ތަސައްރަފެއް ނުފުދޭ ...

    58
  10. އަހްމަދު

    ކަލޭގޮސް އަހާބަލަ ޢިމްރާން ކާރިން! އަހަރުމެނަކާ ކޮންކަމެއް!

    37
  11. މުހަންމަދު

    މިއީ އަދި ވަރަށް ފުއްޕަ ފުއްޕައިގެން އުޅޭ ސޮރެއް! މީނާގެ ކަންތައް ނިމިގެން ދާނީ ކިހިނެއްކަމެއް ނުވެސް އެނގޭ! ތިމާއާ ނުބެހޭ ކަންކަމާއި ބެހެންޖެހޭ ކަންތައްތައްވެސް ނޭނގޭދޯ! ދެން މިވަރު މީހުންނަށް މަޖުލީހުގައި ރައްޔިތުންނަށް ފައިދާ ހުރި ހަރުދަނާ ވާހަކައެއް ދެއްކޭނެތަ؟ މިހިސާބަށް އައި އައިރު ފައިދާ ހުރި ވާހަކައެއް ނުދެއްކޭ! ބާރުބާރަށް ހަޅޭލަވަނީ!

    36
    1
  12. މުޖާހިދު

    މަކުނުދޫ ދާއިރާގެ މެމްބަރ ރާއީ ހުންނެވީ ކޮން ދީނެއްގަތޯ އަދި އޭނާގެ އަގީދާ އަކީ ކޮބަތޯ ބަލަން ރައްޔިތުން ނިކުންނަ ހިސާބަށް މިދަނީ
    މިފަދަ މުޖުރިމުންގެ ނިމުން ހިތި ވާނެ.

    43
    1
  13. ސަނާ

    މީ ނެކްސްޓް އަދުރޭ... ބަލަން ހުރޭ

    7
    2
  14. ލައިލާ މި ލައލާ

    ޙޭބަ އްޔާ ރުޤްޔާ ކުރަނީ ބު އްދިފިލީމަ ނޫނީ ދުނިޔޭން މޮޔަވީމަކާ ނޫނޭ ބޭސްފަރުވާ ކޮށްގެން ބަލިފަސޭހަ ނުވީމަ ރުޤްޔާ ކޮށްގެން ފަސޭހަވޭތޯ ބެލިދާނެ ނޫންބާ ރުޤްޔާ ކުރު މަކީ ޤު އާނުގެ އާޔަތް ތަކުން ފަ އިދާ ލިބިގަތުން ޑރ.ބޭސް ކުރިޔަސް ޝިފާ ދެ އްވަނީ ﷲ މިކަމުންވެސް ޝިފާދެ އްވާނީ ހަމަ ﷲ ދެން ކޮބާ ރުޤްޔާ ކުރުމުގެ މަ އްސަ އަލަ އަކީ

    13
  15. ފޫހި

    މަޖިލަިހަށް އެކަމަކާ ނުބެހެވޭނެ. ދެން ކޮންމެ މީހަކު ތިޔަމަޖިލީހަށްގެންގޮސް ފަލީޙަތްކޮށްލުމަކީ ޖަލޭމެންނަށް ލިބިގެންވާ ބާރެއްނޫން. ޖިނާއީ ކުށެއްކޮށްފިނަމަ ތަހުގީގުކުރަނީ ފުލުހުން. މަތިޔަ މަޖިލީހަށް ގެންދެބަލަ އެއްވެސް ޖަވާބެއްނުދޭނަން. ދައުލަތް ޒިންމާދާރުކުރަނީ ތިޔަހެނެއްނޫން. ކަލޭމެންނަށް ފުރަތަމަ ހަމަޔާ އުސޫލު ކިޔަވައިދޭންވީ. މިމީހުންގެ ބައިމީހެއްނަމަ ކޮންމެ ކަމެއްކުރިއަސް އޯކޭވޭ. ބަލަ ބޭސް ފަރުވާގެ ހައްގަކީ ކޮންމެމީހަކަށް ލިބިގެންވާ ހައްގެކޭ. ރިޒް ކޮބާތަ؟ މިފަދަ މެމްބަރުންގެ ކިބައިން ގައުމު ސަލާމަތް ކޮށްދެއްވާންދޭވެ

  16. ކޮރަކަލި

    މަކުނުދޫ ދާ އިރާގަހުރި އެންމެ ތަންދޮރުނުދަންނަ ނުކިޔަވާ ހުރިމީހާ ތިގޮތަށް މީހުންގެ މަސްކަ އިގެން ނޫނީ ވަޒީފާގަ ނުވަތަ ތިމަގާމުގަ ނުހުރެވޭނެކަން އެނގިގެންތަ ތިޔަހާވަރަކަށް ތިޔަފުށްޕަނީ ކަލޯ އެމްޑީޕީގެ ދުނިޔެ ނޫނަސް ދުނިޔެއެއް އޮތްކަން ހަނދާުމަ އެބަހުރިތަ...

  17. މުޙައްމަދު

    ވަޒީރުން އެކަންޏެއް ނޫން. މަޖިލީސް މެންބަރުންވެސް ތިބެން ޖެހޭނީ ބުއްދި ސަލާމަތް ހާލަތުގއި. އެކަމަކު މަޖިލީހުން ފެންނަ ކަންތައްތަކުން ވަރަށް ގިނަ ރައްޔިތުން ސުވާލު އުފައްދާ މެންބަރުން ހަމަތޯ. މިކަން ޖެހޭ ކޮންމެ މެންބަރަކު ވަކިން ހާމަކޮށްދޭން.

    11
  18. ކަމަނަ

    މީ މަޖިލީހުން އިދިކޮޅު މީހުން ހުށައަޅަމުންދާ ބޭނުންތެރި ބިލްތައް ބޭރުކުރުމަށްފަހު ކުރަމުންދާ ކަންކަމަކީ ނުހޭކަމެއްނެތް މިހާރު އެއުޅެނީ އިމްރާނު ބޭރުކުރެވޭނެ ގޮތެއް ހޯދަން

  19. ޟމަކުނު

    ށިިިީޕިިީ ހަމީ ދު ގެ ވީޑިއޯ ގެ ހަގީގަތް ހޯ ދާ ފުރަތަމަ....

  20. Anonymous

    ރަނގަޅު މައުލޫމާތުކޮޅެއް

  21. ޖާބެ

    މަޖްލީހުން ރުހުންދީގެން އެހުރީ ދެންކޯޗެއް ބަލާކައް ތީވެސް ވޯޓުދިން މީހެއް