ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އެރައިވަލް ޓާމިނަލްގެ ކައުންޓަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު މެންދުރުގެ ވަގުތުތެއްގައި ހިނގާދިޔަ މި އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގުމާއެކު އެތަނުގައި މަސައްކަތް ކުރާ ސްޓާފުންނާއި ސިފައިންގެ ދެ މީހަކު ވަނީ އަލިފާނު ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގި ކައުންޓަރުން ވަރަށް ބޮޑަށް ދުން އަރާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އަދި އެމްއޭސީއެލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިނު ދޮންބެ

    އެމްއޭސީއެލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. އެހެންވިއްޔާ އެމްޓިސީސީގެ ބަހެއް ހޯދަންވީނު ނޫނީ އެމްޕީއެލްގަ ހުންނާނެ ބޮޑެތިބަސް....

  2. ރެޕް

    ރޯވީ ހެނދުނު 10 ކަން ހާއިރު. ކަރެންޓް ޝޯޓް ވެގެން