ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނާއިބު ރައީސް މުހައްމަދު ޒާހިދު، ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރަން ފާސްކޮށްފިއެވެ.

އޭނާ މަގާމުން ވަކި ކުރެއްވީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މަގާމުން ވަކިކުރެއްވީ 69 މެންބަރުންގެ ވޯޓުންނެވެ. އޭނާ މަގާމުން ވަކި ކުރެއްވުމާއި ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

ޒާހިދު އެ މަގާމުން ވަކި ކުރުމަށް މަޖިލީހުން ފާސްކުރިއިރު ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެޗްއާރްސީއެމްގެ މެންބަރުން މަގާމުން ވަކި ކުރުމަށް ވަނި ނިންމާފައެވެ.

ޒާހިދު މަގާމުން ވަކި ކުރެއްވިއިރު އެ ކޮމިޝަނުގެ ދެން ތިއްބެވި ބައެއް މެންބަރުން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސްގެ މަގާމުން އައިމިނަތު އީނާސާއި ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން އަދި ކޮމިޝަނުގެ މެންބަރު މޫސާ އަލީ ކަލޭފާނެވެ. ދެން އެ ކޮމިޝަނުގައި ހުންނެވީ ނައިވީން އަބްދުﷲއެވެ. އޭނާގެ ވެސް ދައުރު އަންނަނީ ހަމަވަމުންނެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިއަދުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިތުރުން ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުންތައް އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިބޭފުޅުން އައްޔަން ކުރައްވާ އޭރު ހިނގާދިޔަ ސިޔާސީ އެތައް ކަމެއްގައި އިންސާނީ ހައްގުތަކަށް އަސަރު ކުރުވާ ކަންކަން ހިނގާފައިވާއިރު އެކަމުގައި އެޗްއާރްސީއެމްގެ މެންބަރުން ހަނު ހުންނެވި ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަނަމަނަ

    ތިޔަމަޖިލީހުގަތިބި ހަޔާއްކުޑަ އެއްޗެހިތަކާހުރެ މިހާރު މުސީނާތަކައްވެއްޖެ

  2. ކޮކްޓޭލ

    މާކުރިންވެސް އެބަ އެނގޭ ތިހެންކަން ކަންތައް ދާނީ ދާގޮތައްދާ ވަންވޭ ޓިކެޓް ގަ އުޅެންޏާވާނީ މިހެން މީސް ތަކުން ބިރުގަންނުވައިގެން ކަން ކަން ތާއަބަދަކު ނުކެރެވޭނެ ކަން އޮއޮތީތާރީޙުންދައްކާފަ ޙުދުމުހުތާރ އެންމެފަހުން ފަހުމީޔައް ތިވަނީ

  3. Anonymous

    ކިޔަވައިގެންތިބި ތަޖްރިބާ ހުރި ޤާބިލް މީހުން މިސަރުކާރުން ބޭނުންނުވާނެ. އުޑެއްބުޑެއް ނޭނގޭ ޕާރޓީއަށް ހަޅޭއްލަވައިދޭ މީހުން މިސަރުކާރުން މަޤާމުގައި ތިބެވޭނީ. ސޯލިޙް ގެ ވެއްޓުންތީ. ނާޤާބިލް މީހުން ލައިގެން ކިހިނެއް ސަރުކާރު ހިންގާނީ. ޒާހިދަކީ ނޫނު އަތޮޅު ޔޫއެންޑީޕީ މަޝްރޫޢު ގައި ވ. ގިނަ ޚިދުމަތްތައް ތަކެއް ކޮށްދެއްވި ބޭފުޅެއް. އިޚްލާޞްތެރި އެއް. ވ. ގާތުން ފެނުނު . އެކީގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު. ދެގޮތެއްނުވާ ބޭފުޅެއް. ކަމަށް ކަމޭހީކުރާނެ. ދެރަވޭ މިސަރުކާރުން ޢަމަލު މިކުރާ ގޮތުން

  4. ޓ

    ޒާހިދު ޚިދުމަތަށް ޝުކުރިޔާ
    ޙިތްވަރު ދެރަ ނުކުރައްވަވާތި
    ޙެޔޮ ގޮތް މެދުވެރި ކުރައްވަވާނެ

  5. މިހާރު

    ލަނޑަޔާ ވާނީ ލަނޑަޔާ