އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގާއިމް ކުރާ ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިހާރު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މާލޭގައި ތިއްބަވައިގެން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން އިންޑިއާ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ މި މަޝްރޫޢުގައި ސޮއިކުރުމަކީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއްކަމަށެވެ.

އަދި މި މަޝްރޫޢާއެކު އައްޑޫ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސިޓީގެ އިޤްތިޞާދީ ޙާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަންވެސް އަބްދުލްޣަފޫރު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޓަކަފިރޯށި

    ކިތައް ބިލިޔަން ޑޮލަރުގެު މަސްރޫއެއްބާ؟؟އިނގިރޭސިން ތިބިއިރަކުނޫން އައްޑޫ ރައްޔިތުނަށް ފާގަތިކަން އަންނާނީ މިހާރު !

    8
    8
  2. ބޯނެއްބުރުމާ

    މިކަަހަލަ ތާކުންތާކު ނުޖެހޭ 'ކުއްކުނި' ކަންތައް ކޮށްދީގެން ގައުމުގެ މިނިވަންކަން ވިއްކާލަނީ!

    28
    2
  3. މާމީ

    އައްޑޫ މީހުން ވަރައް ވިސްނާތި ތީ އިންޑިއާމީހުން ތިކަންވެސް ވާނީ ޕޮލިސް އެކަޑަމީ އައްވާވަރު ދުވަހަކު ނުނިމޭނެ،

    22
    1
    • އަލިތައްކާނު

      އައްޑޫމީހުން ނުޖެހޭނެ ވިސްނާކަށް، އެމީހުންގެ ފަރާތުން ވިސްނާނީ އެމީހުންގެ ރޫހާނީ ލީޑަރު ދެން އެމީހުންގެ އިއްޒަތްރެރި އެމްޑީޕީގެ ޕާލަމެންޓް މެމްބަރުން ދެން އެމީހުންގެ ވަޅޯ މޭޔަރާއި ކަންނެތް ކައުންސިލަރުން.
      އައްޑޫ މީހުންނަކީ އިނގިރޭސިން އައްޑޫ ގަމު ތިބިއިރު އައްޑުއަށް އެލިބުނު ކުރިއެރުމުގެ ސަބަބުން ބޮޑާވެ ކިބުރުވެރިވެފައިވާ ބައެއް. އެފަދަ ބައެއްގެ ފަރާތުން ނާޖާއިޒްފައިދާ ނެގޭނެ ނިކަން ރަނގަޅަށް. އެކަން ކުރާންވީގޮތް މާލޭގައި ތިބޭ ހަރު މީހުންނަށް އެނގޭނެ. ރައީސް ނަޝީދު އެ ކުރައްސަވަނީ އެމަގު، އައްޑޫގެ އިސްމީހުން އަބަދުވެސް ތިބޭނީ މާލޭގެ މީހުން ޖަހާ ގުއިރޯނުގައި ޖެހިފައި.
      އައްޑޫގެ އާންމު ގިނަ މީހުން ބޭރުފުށުން މިކަން ނުދެއްކިޔަކަސް ހިތުގެ އަޑިން މިވާހަކަ ގަބޫލުކުރާނެ.

      17
  4. ކުދުވާނޑި މުހުންމާ

    ރަނގަޅު އައްޑޫގެ ހުރިހާކަމެއް ހަވާލުކުރަންވާނީ އިންޑިޔާ ސަރުކާރާއި، މިރާއްޖޭގެ ސަރަހައްދަށްބަލާއިރު އިންޑިއަން ސްޓައިލާއި އެންމެ ގުޅެނީވެސް އައްޑޫ މީހުންގެ ސްޓައިލާއި، އިންޑިޔާ މީހުންނީ މުޅިދުނިޔޭގައިވެސް ތިމާމެންނީ އެންމެމޮޅު ހުރިހާކަމެއްކުރަން އެނގޭ އަދި ނިކަން މަމޮޅު ހެދިފައިތިބޭ ބައެއް. މިރާއްޖެއަށް ބަލާއިރު އައްޑޫ ސިޓީގެ ގިނަ މީހުންނީ މިކަހަލަ ވިސްނުމުގެ ބައެއް. މިސަބަބާއި ހެދި މިއަދާއި ހަމަޔަށް އައްޑޫ ސިޓީ ކުރިނާރައި ވަޅުޖެހިފައި މިއޮތީ.
    މިރާއްޖޭގެ ރަށްރަށުގައި މަގުތާރު އެޅެމުން އެބަދޭ، ފަޅުކޮނެވެމުން އެބަދޭ، ބަނދަރުހެދެމުން އެބަދޭ، އައްޑޫ ސިޓީ އެއޮތީ ޔާމީނުގެ ވެރިކަން ނިމުނު އިރުވެސް އޮތްގޮތަށް، އެހެން ގޮތަކަށް ބުނަންޏާމު މިވެރިކަން މިހިސާބަށް އައިއިރުވެސް އައްޑޫ ރައްޔިތުންނަށް ލިބުނު ހަމައެކަނި ފޮނިމީރަކީ ރައީސް ޔާމީނުގެ ޕްލޭނާއި އެއްގޮތަށް އުފެދުނު ހޮސްޕިޓަލް. އެހެން އެއްވެސް ކަމެއްވެފައި ނެތް. ދެން މިސަރުކާރު އައިސްގެން ސިޓީ ސްކެއަރ އެއް ހަދަންށޭ ކިޔާފައި ރައްޔިތުންގެ ފައިސާ އެއޮތީ ތިމާގެ މީހުންނާއި ރަހްމަތްތެރިންގެ ކުންފުނިތަކަށް ދޭންވެެގެން ހަޑިހާވާފައި. އެތަން އެއޮތީ ފެންނާން މިހާރުވެސް ބަލަން ބޭނުން ބަޔަކު ބަލަންދާންވީ.
    މީގެ ތިން އަހަރެއްކުރިން ފެށިގެން ހިތަދޫ އާއި ގުޅައިފައިވާ ރަށްރަށުގައި ނަރުދަމާގެ ނިޒާމުގެ ހޮޅިވަޅުލައި އެކިސަރަހައްދުތަކުގައި ޖަންކްޝަން ބަހައްޓައި އުޅުނު، މިހާރު އެހޮޅުތާއި ޖަންކްޝަންތަށް ވީތަނެއްވެސް އެނގޭބަޔަކުނެތް، އެކުރި މަސައްކަތުން ރައްޔިތުންނަށް ލިބުނު ރާހަތެއްނެތް، އައްޑޫ އަދިވެސް ބޭނުންކުރަނީ ގޭދޮށު ޕްރައިވެޓް ފާހާނާ ނިޒާމް.
    ބޯފެންވެސް ހަމަ އެގޮތަށް، ހޮޅިއަޅައި ގޭގެއަށް ކަނެކްޝަން ވައްދައި އެއްބަޔަކު އެފެން ގުޅައިގެން އަނެއްބަޔަކު ނުގުޅައި އެބައުޅޭ، ކަނެއްކްޝަން ވައްދައި މީޓަރު ގުޅާފައި ހުރި ކޮންމެ ގެއަކުން 30 ހަކަށް ރުފިޔާ އެބަނަގާ، ބަޔަކު ބޭނުންކުރިޔަސް ނުކުރިޔަށް، މިފެނުގެ ނިޒާމަކީވެސް ރައްޔިތުންގެ ގިނަމީހުން ދަންނަ ކަމެއްވެސްނޫން. އެހެން ނަމަވެސް ކޮންމެވެސް ބަޔަކު މިފެންވެސް ބޭނުންކުރޭ، އެކުރާބަޔަކު ވެސް ފުރަތަމަ މަހު ބިލުލިބުނީމައި ވަޅުދާނި ސިސްޓަމަށް ބަދަލުވަނީ ފެނުގެ ކޮލިޓީ ނެތިފައި އަގު އަތްނުފޯރާފަށުގައި ހުރީމައި.
    ފޭދޫ މަރަދޫ މަރަދޫ ފޭދޫގެ ބޮޑު މަގުގައި ފަސްއަހަރު ކުރިން އެޅި ތާރުގަނޑުގެ މެދުންނާއި ޕޭވްމަންޓްގާތަށް ނެގީ ފާހާނާ އާއި ބޯފެނުގެ ހޮޅުވަޅުލާންކަމަށް ބުނެ، މިއަދާއި ހަމަޔަށްވެސް އެމަގުތަށް އެއޮތީ އެގޮތަށް. ވިއްސާރަ ވެއްޖިއްޔާ ފެންގަނޑު ހެދި ދުވާއެއްޗިއްސާއި ހިނގާބިނގާވާ މީހުން އެކަންޒުތަކަށް ވެއްޓި އަނިޔާ ވަމުން އެދަނީ.
    ޔާމީނުގެ ސަރުކާރުގައިވެސް މިސަރުކާރުގައިވެސް ބުނާ އަޑު އިވެނީ ހިތަދޫގައި އެތަކެއް ކިލޯމީޓަރުގެ މަގު ތާރުއަޅައިގެން ހަދާވާހަކަ، ސާކްސަމިޓަށް ހިތަދޫ ބޮޑުމަގުގައި އެޅި ތާރުފިއަވައި އެހެން މަގެއް އަދިއެއް ނެހެދޭ.
    ހުޅުދީ މީދޫގެ ހާލަތު އަޅުގަނޑަކަށް ނޭގޭ އެދެރަށް އަޅުގަނޑަށް މިދެތިން އަހަރު ދެވިފައިނެތީމައި، ގަބޫލުކުރެވެނީ އެދެރަށުގެ ހާލަތުވެސް ހަމަ މިގޮތްކަމަށް.
    ބުނަން މިއުޅޭ އެއްޗަކީ އައްޑޫ ނުވަތަ އައްޑޫ މީހުންނަކީ ސަރުކާރުތަށް އަނބުރަން ގެންގުޅޭ ބުމަރެކޭ، ހާއްސަކޮށް މިފަހަކަށްއައިސް އައްޑު އަކީ އެމްޑީޕީގެ އިސްވެރިން ކުޅެން އޮންނަ ކުޅިބައެއް ކަހަލަ ތަނެއް.
    އައްޑޫ ހިތަދޫ ބޮޑުމަގުގައި ހުންނަ ހިތަދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ގޯތިތެރޭގައި ހުރޭ ކުރީގެ ރައީސް ނަޝިދުގެ އޮފީސްވެސް. ބޭރުން ބަލާލީމައި ފެންނަނީ ބޯޑު އެެތެރޭގައި ހުންނަނީ ޗެކްމާކް ފިހާރައިގެ މުދާގުދަން ކަމަށްވެސް ވެދާނެ، ހަމަ ގައިމުވެސް ދޮރުހުޅުވައިގެން ކަމެއްކުރާ އޮފީހެއްނޫން. ޕޯސްޓަރު ޖަހާފައި ބޯޑުޖަހާފައި ހުނަކަން. މިއީ މިވެރިން ރައްޔިތުންނަށް ދައްކާ މަންޒަރު.
    ދެން މިހާރު މިއޮތީ އެހެން ގޮތަކަށް ބުނަންޏާމު އިންޑިޔާއަށް އައްޑޫދީފައި، އާރޭފް ތެރޭގައި މާސިންގާ ސަރަހައްދެއްގައި އިންޑިޔާ ސަރުކާރުން ހަދާ މާސިންގާ އިމާރާތެއް އެބަހުރި، މާލޭ މީހުން ބްރިޖް އަޅަން ފެށުމުގެ ކުރިން އެއިމާރާތް ހަދަން ފަށައިފި، މާލެ ހުޅުމާލެ ބްރިޖް ނިމިއްޖެ، 25 ބުރީގެ ހަސްފަތާލު ނިމިއްޖެ، އިންޑިޔާ މީހުން ހަދާ ޕޮލިސް ޓްރެއިނިން ސެންޓަރު އަދިވެސް ނުނިމޭ، މަގުތާރުގަނޑު ކަނޑައިގެން ވަޅުލީ ހޮޅިތަކުގެ ޕްރޮކެކްޓް އަދިވެސް ނުނިމޭ، ދެން މިހާރު އަވަށު މަސްފެކްޓަރީ މިއަޅަނީ. ކިހާވަރަކުން ދާނެބާ.
    ކޮންމެ ގޮތެއްވިޔަސް އައްޑޫމީހުންގެ ބުރަ މަސައްކަތުން ގެނައި މިސަރުކާރުން އައްޑޫގެ ތަރައްގީ ހަވާލުކޮށްފައި އޮތީ މުޅިދުނިޔޭގައިވެސް އޮތް އެންމެ ސްލޯ، ފިނިހަކަ ސްޕީޑް ތަރައްގީގެންނަ ގައުމާއި، މާލެ ސަރަހައްދުގެ ޑިވެލޮޕްމަންޓް އޮތީ ހައި ސްޕީޑް ޗައިނާއާއި ހަވާލުވެފައި. ދެން މިހިސާބުން އައްޑޫ މީހާ ދަތެރެ ނާގަނު.

    14
    1
  5. ސުޢޫދު

    ގެދޮށު މަސްޕުލާންޓް ކިޔާފަ އަނެއްކާވެސް އިންޑިއާ އައް ބިންކޮޅެއް ވިއްކާލާ އައްޑުއިން ގެރިއައް ރައްފޮތި ދެއްކިހެން އިންޑިޔާ މީހުނައް އައްޑޫ ދައްކާފަ ލާރިގަނޑު ނަގަނީ ގުޅީފަޅައް އަޅަން

    25
    1
  6. އިބިރޫ

    ތިތަނުން މަސް ގަންނަނީތަ؟.ނުވަތަ ގަރުދިޔަ ރިހާކުރު ކައްކަނީތަ؟.

    19
    1
    • ނުކިޔަވާހުރި ސޮރު

      މިތަން ހަދާ ނިމޭއިރު އޮންނާނީ ބޭރުމީހުންގެ ވިސާގެ ކަންތަށް ބޮޑުވަޒީރު އެބުނާގޮތަށް ވެނިމިފައި، ދެން ވާނެގޮތަކީ އެއްކަލަ އިންޑިޔާގެ ރާމަޗަންދްރަން އައިސް ދެތިން މަސްއޮޑި ގަނެލާފައި އިންޑިޔާއިން ކުމާރަކާއި ރާއޯ އަކާއި ސުދީރަކާއި މިހެންވީބަޔަކު ގެނެސް އެވެރިންގެ ދަށަށް އައްޑޫގެ މަސްކެޔޮޅުން ލައިފައި އެއްކަލަ ދޯނިތަށް މަހަށް ފުރުވައިލާނީ. ދޯނިމަހުން އައިމާ މަސްކިރާނީ އިންޑިޔާގެ ފެކްޓަރީއަށް މަހުން ލިބޭފައިދާ ދާނީ އައްޑޫގައި ހުންނަ ސްޓޭޓްބޭންކް އޮފްއިންޑިޔާ ތެރެއިން ލައިގެން ނިއުދިއްލީއަށް. އެއްކަލަ އައްޑޫގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާބަހާނީ އިންޑިއަންރުޕީސްގެ ރޭޓުން ދުވާލަކަށް 250 ރުޕީސް ފިވެހި ފައިސާއިން 50 ރުފިޔާ. މިކަމާއި ނުރުހެންޏާމު އައްޑޫމީހުންޖެހޭނީ އޮޑިން ފައިބަން އެހިސާބުން މަސްއޮޑިއާއި މަސްކަނޑުގެ ވެރިކަން އެއްކަލަ ރާމަޗަންދްރަން ގެ ބާރުގެ ދަށަށް ދިޔައީ.
      އައްޑޫ މީހުން ޖެހޭނީ މިއަދު މިރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ޖެހިމިވާ ހާލު.

      16
      1
  7. އައްޑޫމީހާ

    އަނެއްކާ އައްޑޫމީހުން ބޮލުގައި ތާކިހާ އަޅުވާލަނީ، ބަލަ އައްޑޫގައި ފަށާފައިހުރި ޕްރޮޖެކްޓްތަށް ނިންމައި ރައްޔިތުންނަށް އެކަމުން މަންފާ ލިބޭނޭ ގޮތެއް ހަދައިދީބަލަ.
    1. ނަރުދަމާގެ ނިޒާމު
    2. ބޯފެނުގެ ނިޒާމު
    3. މަގުތާރު
    4. ކަރަންޓަށް ހައްލު
    5. ފޭދޫ ހިއްކިބިން
    6. ހުޅުމީދޫ ގައި އަޅާ މަސްފެކްޓަރީ
    މިހިރީ ތިހެން ބޮޑު ބައްދަލުވުން ބާއްވައިގެން ޓީވީންނާއި ވީސީއާރުންނާއި ބޮޑުސްކްރީނުގައި ދައްކައިގެން ފަށާފައި ނުނިމި ހުރި މަސައްކަތްތަށް. މިކަންނަށް ނިންމާފައި ދެން އެހެން ކަމަކާއިގެން އުޅެބަލަ.
    މާދަމާ ބިންގާ އަޅާލާނެ 3000ވަނަ އަހަރު ޖައްވަށް ދާން ތައްޔާރު ކުރާ ސްޕޭސް ސެންޓަރުގެ.
    އައްޑޫ މީހުންނަކީ މޮޔައިންވިއްޔާ ތިބޭނެއެއްނު ރައީސް ނަޝީދު ޖަހާ ފޮޑީގައި ވަސްބަލަން.
    އައްޑޫގައި މިއުޅެނީ މަސްފެކްޓަރީއެއް ނެތިގެން މަސްވެރިން ބާނައިގެން އަންނަމަސް ޓަނުން ޓަނުން ކުނިވަނީ ވިއްޔާ މަސްފެކްޓަރީ ހަދަންވާނެ އެއްނުދޯ. ބުއްޅަބޭއަށް ބުނެވުނު އެއްޗެއްވީމައި ދެން ފިނިހަކަ ސްޕީޑް އިންޑިޔާ މީހުން ތިބޭނެ ކުރިޔަށް އޮތް ދިހަ ބާރަ އަހަރު ތިޔަ މަސްފެކްޓަރީ ހަދާލަހަދާލައި.
    ދެން އިލްޔާސް ލަބީބު ގެ ބޭބެ ކުންފުންޔަށް ނުވަތަ އަަސްލަމްގެ ޅިޔަނަށް ނުވަތަ ސޯބެ ފްރެންޑަށް މަސައްކަތް ހަވާލުކޮށްލާފައި އެޑްވާންސަށް ފައިސާދީ. އެއިރުން އަދި ތިޔާކަން ފުރިހަމަވާނީ.

    20
    1
  8. ހުސްނުވި ސޫދު

    މަސްފެކްޓްރީ ބަދަލުވީ މަސް ފެންގަނޑަކަށް. ޖަޕާނުމަސް، ޝޯޓޭލް، ކާބް، ރޮޑްމޯލީ ބްލެކްމޯލީ، ގައްޕި.. ހެހެ

    20
  9. ހަސަންރަހާގެ ތުއްތު

    މީ ދެން ބޮޑު ބަލާއެއް މި އިންޑިޔާމީހުން އައްޑޫއާއި އަޅައިގެން ނައްޓަންނޭގިގެން މިއުޅެނީ.

    މިލްޓްރީބެސް އެއްހަދައިފި.. މިހާރު ރަށުތެރެއަށް މީހުން އފޭބީ..

    މާދަމާ އެމީހުން ހަތިޔާރު އުފުލާނެ.. ބަލަން ތިބޭ

    ބަންގާޅީން ގެ މައްސަލަޔަށް ވުރެން ނުރައްކާ މިވަނީ އިންޑިޔާގެ މައްސަލަ

    24
    1
    • ބޮޑުތިލަދުންމަތިން

      ތިޔާއީ އައްޑޫމީހުން ބޭނުންވެގެން ކަންނެލިއޮޑިއަށް އަރައި ދެއަތްމައްޗަށްނަގައި މާތްﷲ އެދި އާދޭސްކުރިގޮތެއްނު. ދެން މިއަދު ތިޔަ އެދުނުއެދުން ލިބުނީމައި ދެންވެސް ތިޔާކަމާއިގެން އުޅެވޭތޯ ބަލާބަލަ. އައްޑޫމީހުންގެ ރޫހާނީ ލީޑަރު. އެލީޑަރުގެ މެމްބަރުން، އެމެމްބަރުންގެ ކައުންސިލަރުން. ވަﷲ އައުލަމް. އެބަޔަކު ކެނޑިކަނޑުލެއްގެ ހިތި އެބަޔަކު އަމިއްލަޔަށް ފިލުވާ. އަހަރުމެން ސަލާމް.

      10
  10. އަހުމަދު

    ބަލަ ދެތަންވެސް އައްޑޫ އަށް ތައް ނޫނޭ ވާ ހަންފަތުރަން މޮޅު ގޮތެއް ފޮރިން މިނިސްޓްރީ ގަފޫރުމެން ވެސް މިދަލުގައި ޖެހޭ ވިއްޔާ އެހެން ނުވާނީ އަންނި އިސްތިއުފާ ދިނީމާ ބަގާވާތެކޭ ކިޔާ ފޮރިން މިނިސްޓްރީގައި ނޫޅެން ވަކިވީ އިންޑިޔާއިން މިކުރާ ކަންތައް ގަފޫރުމެންނާ އަރާ ހަމަ ކުރާނެ ގައުމެއްގެ އަޅުވެތިކަމަށް ވައްޓާލަނީ

    12
  11. ޢިއްސޭ

    ތިޔައީ ހަމަ އައްޑޫ ހުރިހާ ވެރިން އުޅޭގޮތް އަބަދުވެސް ހޯދުނުގޮތަކައް ފައިސާހޯދުން ހައެއް ލަމައެއް ނެއް ބައެއް ..އަބަ ދުވެސް ކޮންމެވެސް މާލޭން މީހަކާ އިނދެގެން އެމީހުންގެ ތައްޕާހުގައުޅޭން ފަހުވަގުތު އައްޑޫއިން ޅަކުއްޖެއް ހޮދާނެ.. މީ ބަންގާޅީންނައް ވުރެވެސް ދަށުދަރަ ޖައިގެ ބައެއް..ފައިސާއައް ނުވިކޭމީހެއް ނެތް...

  12. ދަލޭކާ ދިޔެ

    ތީ ހަމަ ތި ދެރަށުގެ މެމްބަރުން ނަށް ދިން ލާރިގަނޑެއް . ތިހާ ހިސާބުން ތިކަންތަ ތި ނިމުނީ.
    صلى الله عليه وآله وسلم