ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ބިދޭސީއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހަދަމުންދާ އިމާރާތެއްގެ 14 ވަަނަ ބުރިން ފަންގިފިލާއިން ބިދޭސީއަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު 13:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެެނެކެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.