އަންނަ އަހަރު (2021) ގެ ދިރާސީ އާ އަހަރުގެ ކިޔަވުން އެއަހަރުގެ މެދުތެރޭގައި ފެށުމާއި މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއި އެކި ފެތުރެމުން އައި ކޮވިޑް-19 ގެ ބަލި ރާއްޖެއާއި ހަމައަށް އައިސްފައިވާތީ، މިއަހަރުގެ މާޗް މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ސްކޫލްތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން ވަނީ ބަންދުކޮށް، ދަރިވަރުންނަށް އޮންލައިން ކްލާސްތައް ނަގައި ދީފައެވެ.

އެހެން ނަމަވެސް ކޮވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ ޖުލައި މަހުގެ ތެރޭގައި ސްކޫލްތައް ވަނީ ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ވަގުތު" އަށް ވިދާޅުވީ، އަންނަ އަހަރުގެ ކިޔެވުން ފަށާނެ ދުވަހަކާއި މެދު މަޝްވަރާ ކުރާ ކަމަށާއި އެކަމަށް ގޮތެއް ނިންމުމަށް މިހާރު ސާވޭއެއް ކުރިއަށް ދާ ކަމަށެވެ.

އިހުސާން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ އެޑިއުކޭޝަނުން ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ހިޔާލު ހޯދުމަށް ފޮނުވާފައިވާ ޑްރާފްޓެއް ކަމަށެވެ. އެހެން ނަމަވެސް އަދި އެކަމާއި މެދު ސީދާ ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

"އެ ޑްރާފްޓަކީ އެއީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ހިޔާލު ހޯދުމުގެ ގޮތުން ފޮނުވާފައިވާ ޑްރާފްޓެއް. ޕްރިންސިޕަލުންގެ އިތުރުން ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ވެސް ހިޔާލު ހޯދަމުން މިހާރު އަންނަނީ" އިހުސާން ވިދާޅުވިއެވެ.

އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވާފައިވާ ކަލެންޑަރުގެ ޑްރާފްޓަގައި ބުނާ ގޮތުން ނަމަ އަންނަ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް/ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އިހުސާން ވިދާޅުވީ، މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ މެދުތެރޭ (ޖޫން) މަހާއި ހަމައަށް ދެމިގެން ދާނެ ކަމަށާއި އެހެން ކަމުން މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ ޑްރާފްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އަހަރުގެ މެދުތެރޭގައި ކިޔެވުން ފަށާނީ އާންމުންގެ ހިޔާލަށް ބެލުމަށްފަހު ކަމަށް އިހުސާން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ކިޔެވުން އަންނަ އަހަރުގެ މެދުތެރެއާއި ހަމައަށް ދެމިގެން ދާއިރު، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތައްވެސް ވަނީ ފަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    2020 ސިކިޕް ކުރުމަށްފަހު އަލުން 2021 ގައި ރީ ސްޓާޓްކުރުމަށް ފެނޭ

    16
    2
  2. ދިދަ ދަނޑި

    ކީއްކުރާ އާންމުންގެ ހިޔާލެއް؟؟ އާންމުން ބޭނުމެއް ނުވޭ މިހާވަރަށް ބަލި ފެތުރޭއިރު ސްކޫލްތައް ހުޅުވާކަށް، އެކަމު އެހުޅުވީއެންނު..

    30
  3. އަޙްމަދު

    މިހާރު ހިންގަމުންދާގޮތަށް އަޅުގަނޑު ތާޢީދު ކުރަނީ!

    25
    1
  4. ކލމޖ

    2020 ސިކިޕް ކުރުމަށްފަހު އަލުން 2021 ގައި ރީ ސްޓާޓްކުރެ
    ޕްލީޒް އައިޝަތު އަލީ މީ އެންމެ ރަނގަޅު ގޮތް...
    ރާއްޖޭގެ ހުރިހާ ސްކޫލެއްގަ ހުރިހާ ދަރިވަރުންގެ މިއަހަރުގެ ގްރޭޑް އަންނަ އަހަރުގަ އަލުން އެ ގްރޭޑް ގަ ކިޔަވާ ގޮތް ހަދާބަ ޕްރީސްކޫލް ތަންތަނުގަވެސް.... އޭރުން މިއަހަރު މި ބަލިމަޑު ކަމުގެ ތެރޭ ފޮތްލިސްޓް ނަގާކަށް ނުޖެހޭނެއްނު... ކިހާ ބޮޑު ފަސޭހައެއް އެއީ!
    އަޅެ އެކަޑަމިކް ކަލަންޑަރަށް ތިފަަދަ ނުބައި ބަދަލެއް ގެންނަންޔާ ރައްޔިތުން ބޮޑެތި އުނދަގޫތަކާ ކުރިމަތި ލާންޖެހޭނެ!
    މިއަހަރުގެ އެކަޑަމިކް ކަލަންޑަރު އެހުރި ގޮތަށް ބަދަލެއް ނުގެނައިސް ބަހައްޓާބަ އާދޭސް ކޮށްފަ މިބުނަނީ

    22
    2
  5. ޢަޒްރާ

    މިއުޅެނީ ޤައުމު ހިންގަން ނޭނގޭ ބަޔަކާ ގައުމު ހަވާލު ކުރެވިގެން އެހެންވީމަ ބޮޑައް ރަނގަޅި އިސްތިއުފާ ދީފަ ކަމަނާވެސް ގޭގަ މަޑު ކޮއްލުން ކަނޑި ގެންގުޅެން ނޭނގޭ މީހެއްގެ އަތައް ކަނޑި ދިނީމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައް ފަހުން ކޮއް ކަނޑި ޖަހްން ނުޖެހޭ ތަނކައް ޖަހާފާނެ

  6. Anonymous

    ދިރާސީ އަހަރު ފަށާގޮތް ބަދަލު ކުރުމަކީ ދިވެހިންގެ ދިވެހިވަންތަކަން ނަގާލުން.

    12
  7. ޥިސްނާ

    ޢެކަދަމިކަ އިޔާ އަށް އެވަރު ބޮޑު ބަދަލެއް ގެންނަން ވާނީ ވަރަށް ބޮޑަށް ތައްޔާރުވުމަށްފަހު. މިއަހަރުގެ ކަލަންޑަރ ރަނގަޅު ކަމަށް ބެލެވެނީ. ށައުދީގަ ހެދިހެން އޮޓޯ ޕްރޮމޯޝަން ދީފަ ހާލަތު ރަނގަޅުވުމުން ކިޔަވައިދޭ ވަގުތު އިތުރުކޮށް އާ ރޫހެއްގަ ފަށަން ފެންނަނީ

  8. ނާޒިމާ

    ކުދިން ތަކެއްގެ އުމުރުން އެއް އަހަރު ދިގު ދައްމާކަށް ނުފެނޭ، މިހާރުވެސް ކުދިން ފޫހިވަނީ
    ފުރަތަމަ ޓާރމުގެ ފިލާވަޅު ރިޕީޓުކޮށް ކިޔަވާދޭތީ، އަދި ނުވީތާކަށް ޖޫން އަދި ޖުލައި މަހަކީ
    ރާއްޖެއަށް އެންމެވިއްސާރަ ކަޑުގަދަ ދުވަސްވަރު، އެދުވަސްވަރަށް ސްކޫލް ބޮޑުޗުއްޓީ ފުރޮޅާލުމަކީއެތައްބައެއްގެ ފުރާނަ ނުރައްކަލަށް ކުރިމަތި ވެދާނެ ކަމެއް،/ކޮންމެހެން އިނގިރޭސި ވިލާތުގެ ސްކޫލް ބަންދާ ރާއްޖޭގެ ސްކޫލް ބަންދު ދިމާކުރުމުގެ ބޭނުމެއްނެތް،އެމީހުން ގެ ސްކޫލްބަންދު ދުވަސްވަރަކީ އެމީހުންގެ މޫސުމާ ގުޅޭގޮތައް އޮތްބަންދެއް، ތިކަން ކުރުމަށް ވުރެން ޓީޗަރސް އާއި ކުދިންނަށް އިންޓަނެޓް ހިލޭފޯރު ކޮށްދިނުން މާމުހިންމު ދޯ

  9. ނާޒިމާ

    ޖޫން އަދި ޖުލައި މަހަކީ ރާއްޖެއަށް ވަރަށް ވިއްސާރަ މޫސުން ގޯސް ދުވަސްވަރެއް/ މިދުވަސްވަރާ ދިމާކޮށް ސްކޫލް ބޮޑު ބަންދު ހަމަޖެއްސުމަކީ ގޯހެއް.އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާ ވެދާނެކަމެއް.މިވަގުތުވެސް މޫސުން ގޯސްވެ އުދައަރަމުން އެދަނީ، އިނގިރޭސިިލާތުގެ ސްކޫލް ބަންދާ ރާއްޖޭގެ ސްކޫލް ބަންދާ ދިމާ ވާގޮތައް ހެދުން މުހިއްމުބާ!

  10. ޜއޔތއ

    ޜަގަޅީ ޖެނުައަރީގަ ފެށުން. ގުރޭޑް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި6 މަތީގެ ކުދިން މިއަހަރުގެ ކިޔެވުން ޖެނުއަރީގަ ފެށުން. ދަށް ގުރޭޑު ތައް ސުކިޕް ނުކުރުން.

  11. ޥވވ

    ބަދަލް ކުރާކަށް ނުފެނޭ