މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ "މެންދުރު އޮންލައިން" އަށް މައުލޫމާތު ދިނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކުރޫ ކަމަށާއި ނަމަވެސް ރޭޕް ކުރުމުގެ އަމަލެއް ސަފާރީގައި ހިނގާފައި ނުވާކަން މިހާރު އެނގިފައިވާ ކަމަށް "މެންދުރު އޮންލައިން" އިން ބުނެފިއެވެ.

"މެންދުރު އޮންލައިން" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު ދެމުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.

"މެންދުރު އޮންލައިން" އިން ބެލި ބެލުމުން ސަފާރީގައި ހިނގާފައި ވަނީ ރޭޕްގެ މައްސަލައެއް ނޫންކަން އެނގިފައިވާ ކަމަށައި އަދި މިމައްސަލަ ރޭޕް ކޭސްގެ ގޮތުގައި، ބޮޑުކޮށްލީ ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއްތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި އެނިޔަތުގައިކަން އެނޫހަށް އެނގިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"މެންދުރު އޮންލައިން" އަށް ބޮޑުއޮޅުވާލުމެއް އޮޅުވާލާ އަދި "މެންދުރު އޮންލައިން" މިފަދަ ސިޔާސީ ކަމެއްގައި ޖެހިފައި އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މިމައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމުގައި ކަމާބެހޭފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުން "މެންދުރު އޮންލައިން" އިން ދޭނެކަމާއި އަދި ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ވާހަކަތަކަކީ މިއަށްވުރެ ރަނގަޅު ނިޒާމެއްގެ ދަށުން ކުރެވޭނޭ ކަމެއްކަމުގައި ދެކޭތީ، އެކަންކަން އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެމައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ކުރިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. Anonymous

    ކިތަންމެ ވަރަކަށް މަތިޖަހާ ފޮރުވަން އުޅުނަސް ވީކަމެއްނުވާކަމަކަށް ނެހެދޭނެ! ތިހެންވާނެކަން އެނގޭ މާކުރިންވެސް!ރައްޔަތުންގެ ޓެކްސް ފައިސާއިން އެއަންހެންމީހާއަށް މިލިއަނުން ޑޮލަރު ދީފަ އަނގަބަންދުކޮށްލީ! ތިކަހަލަ ދޮގުވާހަކަ އަށް ހައްލާލެވޭނީ ލިއޯމެސީމެންކަހަލަ ރީނދުލައް މަރުދޭ ބީތާއިން!ކިތަންމެ ވަރެއްވިއަސް ރޭޕްނުކުރާކަމަކަށްނުވާނެ! ދޮގުހެދިއަސް ތީބޮޑުވަރު!

    248
    9
  2. Anonymous

    މެންދުރު އޮންލައިންގެ ނަޒާހަތްތެރި ކަމެއް ނެތް، ލާރިކޮޅަކަށްޓަކާ އަގެއްނެތްބައެއްގެ އަގުހިފަހައްޓާދޭން ކިތަންމެ ވަރަކަށް އުޅުނަސް ރައްޔަތުންނެއް ނޯޅޭނެ،

    250
    6
  3. Anonymous

    އެހެންވިއްޔާ ޢަލީ ވަހީދުބޮލުގާވެސް ތުހުމަތު އެޅުވީ އާޒިމާ، މިސަރުކާރަށް ތަރައްޤީ ނުގެނެވެނީވެސް އާޒިމާ ތަރައްގީގަ ހިފަހައްޓައިގެން ހުންނާތީ،

    250
    5
  4. ޜޮސީނާ

    ދެން ތިސަފާރީ ނުވެސް އޮންނާނެ...ނުވެސް ފެންނާނެ....ކަވަރ އަޕް ކްލާސް 101......

    184
    6
  5. ޓ

    ކީއްވެބާ އެވާހަކަ ނުލިޔުނީ ފުރަތަމަވެސް
    މިހާރު ލާރި ކޮޅެއް ލުބުނީދޯ
    ފަހުން ނެރުނު ބަޔާނުގައި ވެސް އެވާހަކަ ނުލިޔޭ

    176
    4
    • ބީރުމީހާ

      އެބުނާހެން ހާދަލަހަކުން ނޫސްބަޔާން ނެރުނީ އާޒިމާ ވިދާޅުވަންދެން މަޑުކުރީތަ ދެން ރައްޔިތުން ގަބޫލެއް ނުކރާނެ ވަގުތު ފާއިތުވެއްގެ

      35
      1
  6. ފާތުންްމެޑަމް

    ޔާމިނު ގޮޅީގަ އޮވެގެންވެސް މައިތިރިނުވޭދޯ ޖޯކަރުން ލައްވާ ޤައުމުގަ ފިތުނަ ފަސާދައާ ނަފުރަތު އުފައްދަނީ. ދެން އަސްލު ރޭޕްކޮށްފި ދުވަހަކު ކާކު ޤަބޫލުކުރާނީ
    ވެރިކަން ތިހާ ހޯދަން ބޭނުމިއްޔާ އިންތިހާބު އަންނަންދެން މަޑުކޮށްލާ ތިކަހަލަ ދަށުދަރަޖައިގެ އަމަލު ނުކުރުން އެދެން
    އާޒިމާ އަންހެނަކަށްވެ ހުރެ ރޭޕްގެ ދޮގު ތުހުމަތު އަޅުވާ ރައްޔިތުން ޕަޕެޓަކަށް ހަދުވާފަ ފުލުހުންގެ އިންޓެގްރިޓީއަށް ސުވާލު އުފެއްދީ! މިއީ ތެދު ހަބަރަކަށް ވެއްޖެނަމަ އާޒިމާ ވަގުތުން ވަގުތުން ހައްޔަރުކުރުމަށް ގޮވާލަން

    21
    210
    • ރާޅު ބޯއީ

      ކަމުގެ ދެކޮޅުު ބެލުމެއް ނެތި ޔާމީނާ ޖެހިގަތީ. ކަލޭމެން ޔާމީނުގެ ތިހިރަ ގަންނަ ބިރެއްގެ ބޮޑު ކަމާއެ.

      221
      13
  7. އަސީ

    މެންދުރު އޮންލައިންއައް ނޫސްހިންގުމައް ކިހާވަރެއްތޯދިނީ

    179
    4
    • ކިސަޑު

      އޮވޭތަ އެނަންކިޔާ ނޫހެއް ނުވެސް އޮވޭ އާޒިމާ އެ ނަމުގައި ހަމަ ލިޔެލީ

      20
      3
  8. Anonymous

    ކެންޔާ އަންހެން މީހާ ބުނީ ތިމަންނާ ރޭޕްކުރިއޭ އެމީހުން، އެމީހުން ގެ މައްސަލަ ފުލުހައް ޖެއްސިއިރަކު އަދި މީހަކަށް ކިޔާދިންއިރަކު ނޭގެޔޭ ހަގީގަތުގައިވެސް އެއީ އެހާ ބާރުގަދަ ބައެއްކަމައް، ހީކުރީ އެމީހުން އޮޅުވާލަންވެގެން ފައިދާނަގަން ވެގެން ބުނިއެއްޗެއްކަމައް، ނަމަވެސް ފަހުން ވަރަށް ބައިވަރު ފައިސާ ދިނީމަ އިނގިއްޖެއޭ އެ ކޭސް އިތުރައް ކުރިޔަށް ނުދާނެކަން، އަދި އެ ލިބުނު ފައިސާއިން އަމިއްލަ ގައުމުގައި މަހުޖަނެއްހެން އުމުރުދުވަހު އެއްވެސް މަސައްކަތެއް ނުކޮށް އުޅެވިދާނެއޭ، އެހެންވެގެންނޭ ކުއައިޓް ވެގެން މިހުރިހާ ދުވަހު ހުރީ، ތިމަންނާ ރޭޕިސްޓުން ދިފާއުނުކުރަމޭ،އެކަމަކު ފަގީރު ގައުމެއްގެ މީހަކައްވެފައި މަނީ ލިބުނީމާ ހިފީއޭ، އިންސާފު ނުލިބޭނެ ކަން ރަނގަޅަށް އެނގޭތީ ޑީޕޯޓުކޮށްލާފަ ބޭރު ކޮށްލާނެކަމުގެ އިންޒާރު ލިބުނީމާ ހެދޭން އޮތް އެންމެ މޮޅު ގޮތައް ހެދީއޭ،މީނުދައްކާ ވާހަކައެކޭ

    200
    6
  9. ވިސްނާލުމަށް އެދެމޭ

    ކަލޯނޭ ލާރިއާ ޖެހު މުން ހުރިހާކަ މެ ހަދާންނެތުނީއުތަ... މެންދުރުގަ ދައްކާ ވާހަކަ ހަވީރު ހަދާންނެތި ފަތިހު ހޭލާގޮތަށް އަވަސްވެ ސަންޝައިންގަ ޖެހު މުން ދެންވީގޮތެ ވަގުތުއޮޅި މިވަރުވަނީ މިނޫންދުވަހެއް އޮތްކަންނޭގެނީތަ...ރޯޔަލް މީހުން ރޭޕުކުރިއަސް އެއީ ދައްކައިގެން ނުވާނެ ވާހަކަޔަކަށްވެ ދެއްކި މީހަކު ކުއްވެރިވަނީ މީއަޅެ ހާދަހާވާ ޝާހީބައެކޭދޯ..ވަގުތުނޫހުން އަހަރެން ރޭޕުގެ ޙަބަރުކިއީ އެއް މެފުރަތަ މަ މެންދުރުއޮންލައިންގު ލިޔުނުގޮތަށް އޭގެ ހަވާލާގަ..ދޮގުހެދީތަ ވަގުތުނޫހުންވެސް..ދެން ކިހިނެތް ކަލޭ މެންދައްކާ ވާހަކަ ގަބޫލުކުރާނީ...

    80
    4
  10. ލައިލޫ

    "މެންދުރު އޮންލައިން" ގެ ވާހަކަ ޤަބޫލުކުރަން ދަތި!
    ހީވަނީ ތިއުޅެނީ ނިގޫ ފިތިގެންހެން! އެއީ:-

    އެ މައުލޫމާތުން ދިނީ އާޒިމާކަމަށްވީރު އެމައުލޫމާތަކީ ސިޔާސީގޮތުން ބަޔަކު މަންފާ ހާސިލްކުރަން ދީފާނެފަދަ މައުލޫމާތެއްކަމަށް ނުބެލީ ކީއްވެތޯ!

    އަދި މިހާ ފަސްކޮށްފައި ތިވަރުގެ އަސާސީ މައުލޫމާތެއް ތި ހާމަކުރީ ކީއްވެތޯ!

    ޙަބަރު ފަތުރާއިރު އޭގެ ޞައްޙަކަން ކަށަވަރު ކުރާކަށް ނުޖެހޭތޯ!
    މިހާރު ފެންނަން ހުރި ހެކިތަކަށް ބަލާއިރު، އެފަދަކަމެއް ހިނގާފައިވެދާނެ ކަމުގެ ހެކިޤަރީނާ ވަނީ މީޑިޔާއިންވެސް ވަނީ ތިލަވެފައި، ކޮބޯތޯ ޖީހާން، ކީއްވެތޯ ހައްޕު ކިޔައގެން އެއުޅެނީ..
    ހައްތަހާވެސް ސުވާލު...

    104
    6
  11. ސޭކްސްތާން

    މެންދުރެއް ރޭގަނޑެއް ކިޔާނެކަމެއް ނެތް. ތިޔޮތީ ގަނެލާފައި. ރޯޔަލް ކޭހެއްވީމަ ވާނެގޮތް ތިޔަވީ. ބަލަ ރޭޕް ހަބަރު ތިޔަ ނޫހުގައި ޖަހާފައި އޮތީ ސީދާ ވިކްޓިމްއާ ހަވާލާދީ. އޭނާގެ ވާހަކަތައް އަލިފުން ޔާޔަށް ކުރު ވާހަކައެއްހެން ލިޔެފައި ދެން ސަލާމަތްވާން އުޅޭނެކަމެއް ނެތް. ކީއްވެތަ އޭރު ތިޔަ އާޒިމާއެއްގެ ނަން ނުގެނައީ.

    133
    4
  12. ރަނގަބީލު

    މެންދުރު އޮންލައިން އިން ބޮޑު ލާރި ގަނޑެއް ނެގީ.ތިޔަ ސާން ތިއީ މީހުންގެ ބޯ ކާން ވަރަށް މޮޅު މީހެއް.

    121
    5
  13. ޑަރޭ

    ތިވަރުބައެއް މިހާރުތިދައްކާ ވާހަކަތައް ގަބޫލް ކުރަންވީ ސަބަބެއްވެސް ނުވިސްނޭ.

    18
    1
  14. ހެހެހެހ

    އެޕްސްޓެއިންވެސް މަރާލީ އާޒިމާ. 11/9 ފަހަތުގައިވެސް ވަނީ އާޒިމާ.

  15. ދެލޯ

    ކޮބާ ސޯސް ހިމާޔަތްކުރުން، ހާދަ އަން ޕްރޮފެޝަނަލް އޭ ދޯ؟ މެންދުރަށް ކިތައް މިލިޔަންބާ؟ އިތުބާރު ގެއްލިއްޖެ. މެންދުރު ކިޔާހިތެއް ނުވޭ

    21
  16. Anonymous

    އާޒިމާ އަންހެން ދަރިފުޅުގެ ކާރީ ކެންޔާ އަންހެން މީހާ އެވާހަކަ ކިޔާދިނީ، އަސްލު ވެސް އެމީހުން އޭނާ ރޭޕްކުރި، މިހާރު ފޮރުވަންވެގެން ދޮގުހަދަނީ، އަންބިލީވެބަލް، މިއީ ރޭޕިސްޓުންނަށް ދެވޭ ހިތްވަރެއް،

    18
  17. މޫސަ

    މެންދުރު އޮންލައިންއަކީ އަދީބު ބްރޯ އަތުން ޖިޒީ ހޯދައިގެން ހިންގާ އެއްޗެއްބާ އަނެއްކާ..އަދީބުގެ ބޯއީސްތައް މިކަމާއި ފުމޭތަން ބޮޑިތަނުން ފުމޭތީވެ

    4
    1
  18. ރިހި ރާންބާގަސް

    މިގޮތައް 2އިރު ދެގޮތަށް ހަބަރު ފެތުރެންޏާ ތެދެއް ދޮގެއް ވަކި ނުވާތާ ރޭގަނޑާ ދުވާލުވެސް އޮޅުން އަރާފާނެ! މީޑިޔާތަކުން ފަތުރާ ހަބަރު މިގޮތަށް ބަދަލު ވަމުން އަންނަނަމަ މީޑޔާތަކަށް ކުރާ އިތުބާރު ގެއްލޭނެ!

    10
  19. ކަލްދޯބަޖޭ

    ބުދަ ބުރާސް ފައްޗަކައް ބަދެލެއް ނުވާނެ ދެން ކިތަންމެ ވަރެއް ކުރިޔަސް ބަސް ބުނުމުގެ ކުރީގައި ބަސް ވަނީ ތިމަގެ އަޅަކައް ބަސްބުނެ ދޫކޮއްލުމައްފަހު ތިމާ ތިވަނީ ބަހުގެ އަޅަކައްވެފައި ކޮންމެ ނޫހެއްގަ ޖެހިޔަސް އެނގޭ ކަމަކީ ތިޔަ ކިޔާ ކަންތައް ހިގައިގެން އުޅޭކަން އހެންނޫނީ ދުވާލަކު ގޮތަކައް އެކި ކަންކޮޅުތަކުގަ ތިޔަވާހަކަ ޖަހާ ހުސްނުވެގެން ތިއުޅެނީ މިސްކިތް ހުޅުޖެހިމީހާހެން މަށޭ ކިޔާހޭ

  20. މމމމމމ

    އަނެއްކާ އާޒިމާ ބަޔާން ނެރެފާނެ “އަަޅުގަނޑު މެންދުރު އޮންލައިން ނޫސް ކިޔާ ނޫހެއް ނުދަންނަން” ދެނޯ!

    4
    2
  21. ޞަކީލް

    މެންދުރު އޮންލައިން މިއޮތީ އިރުމެދުޖެހި އަވާމެންދުރުގަޖެހިފަ. ވަރަށް ސަލާން.

    11
  22. ކީއްކުރާނީ

    މަންނާނު ވިދާޅުވީ މެންދުރު އޮންލައިން ކިޔާ ނޫހެއް ރަޖިސްޓްރީ ކޮއްފަނެތް ވާހަކަ ވީމާ އާޒިމާ ކިހިނެއްބަ މައުލޫމާތު ދޭނީ.

    10
    1
  23. ޢާޒިމާ

    އެއްކަލަ މުސްކުޅި ހާލުވެސް ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަ ސަމާލުކަން ހޯދަން. ދެން ހުއްޓާލަން ވެއްޖެއްނުން އާޒިމާ މިހާރު އެއްވެސް މީހަކު ބަލައިގަންނަ މީހެއްނޫން ތީކީ...

    18
  24. ސަލީމު

    ގަނެލީ މިސަރުކާރައް ލިބޭ ލާރިގަނޑު ތަޅާބުރުއްސަނީ މިގޮތައް.

    15
  25. ބށރފ މފހދ

    މެންދުރު އޮންލައިން އަވާމެންދުރު އޮންލައިން އަށް ބަދަލުވީތާ ދޯ

    13
  26. ހައްހާ

    ކާކު މިހާރު ދެން ތި ވާހަކަ ޤަބޫލުކުރާނީ؟ ރާއްޖޭގެ ގިނަ ނޫސްވެރިން ގެ ފެންވަރަކީ މީ. ލާރި ލިބެންޏާ ކޮންމެ ކަމެއްވެސް ކޮށްފާނެ.. މެންދުރު އޮންލައިން ފެއިލް..

    12
  27. ޢެޑްމުންޑޯ

    މެނދުރު އޮންލައިން އަށް ކިހާވަރެއް ދީގެންބާ ލިއުންބަދަލުކޮއް މިފަދަ ނޫސްބަޔާނެއް މިނެރުނީ

    12
    1
  28. ކަމަނަ

    މީވާކަމެއް ކޮންމެއަކަސް ރޭގަނޑު ކަނުއަދިރީގައި ބޮޑުސަފާރީއެއްގެ މަތިން މޫދަށް ފުންމާލައި ހަލޭލަވައި ފުލުސްޓޭޝަނުގައި ރޮއިހޭރެމުން ދެއްކިވާހަކަތަކެއް ހެކިދެއި އޭނައަށް ކަމެއްވެއްޖިކަން ކުރީކޮންކަމެއްކަން. އާޒިމާވެސް ދެއްކީ އެވާހަކައެއްނު

    9
    1
  29. ޞާރި

    މިސަރުކާރަށް ތަރައްޤީ ނުގެނެވެނީވެސް އާޒިމާ ތަރައްގީގަ ހިފަހައްޓައިގެން ހުންނާތީ،

    8
    1
  30. ާއަފްލާ

    ތިހާވަރައް ސަރުކާރު ދކެ ބިރުގަންނަ ބަޔަކު ކީއްކުރަންތޯ؟ނިއުސް ހިންގަނީ

    10
    1
  31. ޙހހހ

    ހާދަ މަޖާ ވާހަކައެއް މެންދުރުން ތިކިޔަނީ ، ކަލޭމެންނަށް ނިންމޭނެތަ ރޭޕްކޭސް އެއް ނުހިނގާކަމަށް ، ބަލަ ފުލުހުންނަށް ވިކްޓިމް ދިން ބަޔާނުގައިވެސް އެބައޮތް ރޭޕް ކުރުކަމަށް ، އަދި ފުލުހުންވެސް އެވާހަކަ ދޮގެއް ނުކުރޭ ، މިހާރު ހާދަހީވެޔޭ މެންދުރު ފިއްތާލީކަަމަށް ، ހެޔޮނުވާނެ ނޫސްވެރިންވެސް ﷲ އަށް ބިރުވެތުވާންވީ ، މަދު ފައިސާބކޮޅަކަށް ތިބޭފުޅުންގެ އަނބުރުވެސް ވިއްކާ ނުލަންވީ

    12
  32. ގަމާރު

    ތީ ދުވަހަކު ވެސް ނޫހަކުން ކުރި ކަމެއް ނޫން. ސޯސް ހަމަ އެއް ނުކުރާނެ.. ތީ ބޮޑު އޮލުވާލުމެއް. މެންދުރު ގަ ލިޔެފަ އޮތް ޢާޓިކަލް އަކީ ހަމަ އެކަނި ލިބުނުމައުލޫމާތަކައް ޖަހާފަ އޮތް ހަބަރެއް ނޫން.. މައުލޫމާތު ދިނީ އާޒިމާ ކަމައް ވެދާނެ، ނަމަވެސް މުލި ތަހުޤީގު ހިންގީ މެންދުރުން ދޯ.. މުލި އާޓިކަލް ކިޔާލީމަ ޕޮލިސް ތަހުޤީގު ރިޕޯޓައް ވުރެ ފުރިހަމަ. ޥަރައް ފެންވަރު ދައް އަމަލެއް.. ހަމަ ދޮގު.. ދެއް ކަަކުތޯ ތި ނޫހައް އިތުބާރު ކުރާނީ .. ހަބަރެއް ދޭނީ ކަަކު.. ޖާނަލިޒަމް އުސޫލާ ތި ހިލާފު ވީ.. އެއްވެސް ގައުމެއްގައި ސޯސް ހަމައެއް ނުކުރާނެ ނޫސް ބަޔާނަކުން.. ހާމަ ކުރަނީ ތަހުގީގީ މުއައްސަސާ ތަކައް.. ތިނޫހަކީ ރަޖިސްޓާރީ ނުކުރާ ނޫހެއްކައް ޕޮލިސް ހާމަ ކޮއްފަ ވޭ.. ތީ އަޒިމާ ބޮލައް ބުލާގަޑު ލާއް ކޮއްފައި ވާ ވަރައް ހަޑި އަމަލެއް

    13
  33. ކަޅުބެ

    ދެން ތިޔަ ސަފާރި ތިޔައީ ބަނދެފައިވާ ސަފާރިއަކަށްވެސް ނުވާނެ ހިޔާލީ ސަފާރިއެއް ވުޖޫދުގައި ނެތް ސަފާރިއެއް ......

    11
    2
  34. ޖުހާ

    ރޯޔަލުން މެންދުރުއޮންލައިން ގަނެލައިފި.

    13
    1
  35. މިއަދު

    ހަހަހަހާ ފައިސާކޮޅެއްލިބުނީދޯ ހިތްފުރުނީތާ ތިއީތަ ފުރިހަމަނޫސްވެރިކަމަކީ

    5
    1
  36. އިއްބެ

    މެންދުރު ނޫހަކީ ވަރަށް ކިޔާ ނޫހެއް. އެކަމަކު ދެން ވައްސަލާމް. އަމިއްލަ ގައިގެ ހަންގަނޑުވެސް ލާރިކޮޅަކަށްޓަކައި ވިއްކައިލަ ފާނެ ބައެއް ހިންގާ ނޫހެއްކަން ހާމަވެއްޖެ.

    7
    1
  37. ކީކޭ ބުނާނީ

    ފަތަން ނޭނގޭ މީހަކު ރޭގަނޑު ދަންވަރު ކަނޑަށް ފުއްމާލާނީ ސަބަބެއް އޮވެގެން.
    ފޮރުވަން އުޅުނަސް ބޮޑުވަރު

    10
    1
  38. ފަރެސް

    ތިކަމުގައި އެހެންގޯހެއްވާކަމަށް ޝައްކުވަރަށްބޮޑަށްމިހާރުކުރެވޭ މިހެންމިބުނީ މިކަންހިގާ ފުލުހުން
    ވަޑައިގެން ބަޔަކުހައްޔަރުކޮށްކަމުގެތަހުގީގާހަމައަށްދިޔައިރުވެސް މެންދުރުއޮންލައިންހިމޭނުންތިއްބަވާ
    މިހާރު ކުއްލިއަކަށް އެހެންބޭފުޅެއްގެބޮލުގައި ކަމެއްއަޅުއްވާ ބަޔާންނެރުއްވުމުން އުފެދޭސުވާލަކީ
    ކުރިންބަޔާންނެރުއްވާ ތިކަން ތިގޮތަށްހިގާފައިވާކަން ކީއްވެތޯއޭ ހާމަނުކުރެއްވީ ؟ މެންދުރުއޮން
    ލައިންއަކީ މީގެކުރިން އަޅުގަނޑުދަންނަ އޮންލައިނެތްނޫން އެއީ އަޅުގަނޑުގެ މައްސަލައެއްކަން
    ގަބޫލްކުރެއްވިއަސް މި ކަމާގުޅޭގޮތުން މެންދުރުއޮންލައިންއިން ނެރުއްވިބަޔާނުގައި އެހެންކަމެއް
    ވާކަމަށް އަޅުގަނޑު ގަބޫލްކުރަން

  39. ވަތަނީ

    މެންދުރު އޮންލައިން މާބޮޑަށް ސިޔާސީ ވެފައިވާކަށް މިހާރު އެބަ ބެލެވެއެވެ ރޭޕްކުރުން ނޫނަސް ޖިންސީ ގޯނާ ވެސް އެއީ ހުއްދަކަމަކަށް ނުވާއިރު އެކަން ތަހްޤީޤކޮށް އިސާފް ގާއިމުކުރުން އަވަސް ކުރުން މުހިއްމެވެ. މޑޕ މީހަކަށްވާތީ 25 އަހަރުވަންދެން މައްސަލަ ޕާކުކޮށްފައި ބޭއްވިގެން ނުވާނެއެވެ. ރޭޕް ކޭހަކަށް ނުވާތީ އެކަން އޮއްބާލަން މެންދުރު އޮންލައިލުން މަސައްކަތް ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

  40. ގލޅ

    މައްސަލައޮއްބާލާނެ އުކުޅުތަކާއި ރޭވުންތައް ރާވަނީ ސިޔާސީ
    އުކުޅުހަދަން މޮޅުކަމަށް ހެދިގެންއުޅޭ އެހެެރަ ބޮޑު މުލިވަގެވެ
    އޭނާގެފަރާތުން ގައުމަށް ލިފިފައިވާ އަދި މިހާރުވެސް ލިބެމުންދާ ގެއްލުންތަށް ގުނާ އަދަދު ނުކުރެވޭނެއެވެ
    ސަރުކާރާއި ދައުލަތުގެ ޚަޒާނާ ނާޖާއިޒްގޮތުގައި ބޭނުންކޮށް
    ގައުމަށް ހަރާންކޯރުވެފައިވާ މައްސަލަތައް ބެލޭނެ ދުވަހެއް
    އަދި އަނަނާނެއެވެ.

  41. އައްޑޫ މީހާ

    ޔަގީން ބިރުގަތީ އެހެންވިއްޔާ އެރޭ ހުޅުމާލެ ފުލުހުންގެ ޑިއުޓީގައި ތިބި ފުލުހުންވެސް. ހަދަނީ ދޮގުތާ!

    3
    1
  42. ޖާބިރު

    ކަލޯގެޔާ މި ޚަބަރު ރިޕޯޓް ކުރި އެންމެން ގަނެލާ ނިމިއްޖެ! ހީހީ ހަލާކުވެއްޖެ! ހުރިހާ ދިވެހިންނަކީ، ރީނދޫ ހުން ޖެހިގެން މޮޔަވާނެ ބައެއް ކަމަށް ހީ ނުކުރައްވާ!

  43. ޟ

    މިހާރު ނޫސް އަށް ވެސް އިންޓަވިޔް ދިނީ ޢާޒިމާތަ......