ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލް ޣަފޫރް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އަދީބާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ބަންދު ކުރުމަށް އަމުރު ކުރީ، ޝަރީއަތަށް ހާޒިރު ނުވެ، އަދީބު ފިލާފާނެ ކަމަށް ޝަރީއަތަަށް ގަބޫލު ކުރެވޭތީ އެވެ.

އަދީބު ބަންދު ކުރަން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އަދީބުގެ މައްޗަށް ހުށަހެޅިފައިވާ ހަތް ދައުވާއަށް ބަލާއިިރު، އެ މައްސަލަތަކަކީ ޖިނާއީ އިޖުރާތުގެ 22 ވަނަ މާއްދާގައި ހިމެނޭ ބޮޑެތި ކުށްތަކެއް ކަމަށް ވާތީއާއި، ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން، އަމުރުކޮށްފަނިކޮށް، މީގެ ކުރިން، އަދީބު ފިލައިގެން ގޮސްފައި ވާތީ، މި ދައުވާތަކާއި ގުޅިގެންވެސް ރާއްޖެ ދޫކޮށް، ފިލައިގެން ގޮސްފާނެ ކަމުގެ އިހުތިމާލު، އޮތުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާތުން 199 މާއްދާގެ ށ އާއި ހަވާލާދީ އެ މާއްދާގެ ހ ގެ ދަށުން، އަދީބު ޝަރީއަތް ނިމެން ބަންދުގައި ބެހެއްޓުމަށް ނުވަތަ ހައިކޯޓުން ވަކިގޮތެެއް ކަނޑައަޅަންދެން، އަދީބު ބަންދުގައި ބެހެެއްޓުމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައި ވެއެވެ.

ހައިކޯޓުން ކުރި މި ހުކުމުގެ ކުރިން، ދައުލަތުން އެދިފައިވާ، ބަންދު އަމުރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަދީބުގެ ގާނޫނީ ވަކީލް މަހްފޫޒް ސައިދު ވިދާޅުވީ، އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާއަށް ބަލާއިރު، އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ، ޖިނާއީ އިޖުރާތުގެ 199 މާއްދާގެ ދަށުން ކަން އެނގެން އޮންނަ ކަމަށާއި، ނަމަވެސް މި ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ނެރޭނެ ޖާގައެއް ނެތް ކަަމަށް ޝަރީއަތް ކުުރުމާއި ބެހޭ ގަވާއިދުގެ 168 ވަނަ މާއްދާއަށް ބެލެމުން އެނގެން އޮންނަ ކަމަށެވެ.

"އިއްޒަތްތެރި ފަނޑިޔާރުން. ދައުލަތުން ހުށަހަޅާފައިވާ ބަންދުގެ އަމުރު، ނެރުމާއި ގުޅޭގޮތުން ވާހަކަދައްކާއިރު، ދެ ކަމެއް ފާހަގަކޮށްލަން އަޅުގަނޑު ބޭނުން، ފުރަަތަމަ ކަމަކީ ފިލައިގެން ދިޔަ ކަަމަށް އެ ވިދާޅުވާ ވާހަކަައާއި ގުޅިގެން ފާހަަގަކޮށްލަން ބޭނުންވާ ކަމެއް، އަދީބު ފިލި މައްސަލާގައި އޭނާ ހައްޔަރުކޮށްގެން މާލެ ގެނެސް ބަންދާއި މެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެނައުމުން، އަދީބު ބަންދު ކުރުމަށް އެރޭ އަމުރެއް ނެރުން. އޭގެ ހަފްތާއެއް ފަހުން އަދީބު ގެއަށް ބަދަލު ކުރި، އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ، ދެވަނަ ފަހަރަށް އަދީބަށް ފިލައިގެން ނުދެވޭނެ ކަމަށް ދައުލަތުން ހުށަހެޅި ދެ ޝަރުތާއެކު، ފުރަަތަމަ ޝަރުތަކީ އަދީބު ދިރިއުޅުއްވާ ގޭގެ ވަށައިގެން ކެމެރާ ހަރުކުރުން، ދެވަނަ ޝަރުތަކީ އަދީބު ބެލެހެއްޓުމަށް ކަރެކްޝަންގެ އޮފަސަރުން އެގެ ކައިރި އަބަދުވެސް ތިބޭނެ އިންތިޒާމް ހަމަޖެއްސުން. އިއްޒަތްތެރި ފަނޑިޔާރުން. މިއަދުވެސް އެދެ ހާލަތު ދެމި އެބަ އޮތް، އެކެމެރާތައް ހުރީ ހަރު ކުރެވިފައި، ފުލުހުންގެ ދެ ބޭކަލަކު އަބަދުވެސް އަދީބާއެކު އެބަ ތިބި. އެހެންކަމުން މިއީ ދައުލަތުންވެސް އެއްބަސްވެފައިވާ ދެ ޝަރުތު ކަމަށްވާއިރު،މި ދެ ޝަރުތުވެސް ނެތި ދިއުމުން މެނުވީ އަލުން ހައްޔަރަށް އެ މީހަކު ގެންދަން ޖެހޭ ހާލަތެއް ނެތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ". މަހްފޫޒް ސައީދު ވިދާޅުވިއެެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުން ވިދާޅުވީ، އަދީބަކީ މިހާރު މިނިވަނެއް ކަަމަށާއި، އަދީބަށް ސެކިއުރިޓީ ހަމަޖައްސާފައި އެވަނީ އަދީބުގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަމުގައި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި، އަދީބު ބޭނުން ކޮންމެ ވަގުތަކު އެނިންމުން ބަދަލު ކުރެވިދާނެ ކަމަށެވެ. އަދި އެފަދައިން މެދުވެރިވެއްޖެ ނަމަ އަލުން ހައިކޯޓަށް ހުށަހަޅައިގެން، އަދީބު ހައްޔަރު ކުރުމަށް އަމުރެއް ހޯދުމަކީ އެ ހާލަތަށް ބަލާއިރު، ކުރަން ފަސޭހަ ކަމެއްކަމަށް ދައުލަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޝަރީއަތް ނިމެންދެން އަދީބު ހައްޔަރު ކުރުމަށް، ކުރި ހުކުމްގެ ކުރިން، އަދީބަށް ދެއްވި ފުރުސަތުގައި އަދީބު ވަނީ އޭނާގެ ބަލި ހާލަތާއި ގުޅިގެން ގިނަ ވާހަަކަތަކެއް ދައްކާފައެވެ. އެގޮތުން އަދީބު ވިދާޅުވީ، މީގެ ކުރިން ރާއްޖެ ދޫކޮށް އެހެން ގައުމެއްގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އެއީ އެޅުނު ކަތިފިޔަވަޅެއް ކަމަށެވެ.

"އިއްޒަތްތެރި ފަނޑިޔާރު. އަޅުގަނޑަކީ 2015 އިން ފެށިގެން ބަންދުގައި ހުންނަ މީހެއް، އަޅުގަނޑު ފިލައިގެން ދިޔަ ވާހަކަދައްކާއިރު، އަޅުގަނޑާއި، މެދު ދައުލަތުން ކަންތައް ކޮށްފައިވާގޮތާއި، މެދުވެސް ވިސްނާލަން ޖެހޭ. އެތައް ދިގު މުއްދަތަކަށް ހުކުމް ކުރުމަށްފަހު، އަޅުގަނޑު ބޭއްވީ ދޫނިދޫ ކަސްޓޯޑިއަލްގައި، އެއީ ރިމާންޑް ޖަލެއް ނޫން، އެތަނުގައި އަޅުގަނޑަށް ތަފާތު އަނިޔާތައް ލިބުނު، ލޮލަށް ގުލްކޮމާ ޖެހި ދެ ފަހަރެއްގެ މަތިން އަޅުގަނޑުން އަށިންވެސް ވެއްޓުނު، އަދި އަޅުގަނޑަކީ މެޝިނެއް ގުޅައިގެން ނިދާ މީހެއް. ކޮވިޑް-19ގެ މި ހާލަތުގައި އަޅުގަނޑު އަނެއްކާ ބަންދުކޮށްފިނަމަ، އަޅުގަނޑުގެ ވަކީލަކާއިވެސް ބައްދަލެއް ނުވާނެ. އަޅުގަނޑު މިއައީ ބަލި ހަލަތާއި ގުޅޭ ލިޔުންތައްވެސް ހިފައިގެން، އަޅުގަނޑު އެދެން ފަނޑިޔާރުން މި ލިޔުންތައް ބައްލަވާލެއްވުން. އެހެންކަމުން އަޅުގަނޑު އެދެނީ ޝަރުތުތަކާއި އެކު ނަމަވެސް، އިސްތިއުނާފީ މަރުހަލާގައި، އަޅުގަނޑަށް ގޭގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުން. އެއީ އަޅުގަނޑަކީ މިހާރުވެސް ދައުލަތަށް އެއްބާރުލުން ދެމުން ގެންދާ މީހަކަށް ވާތީ". އަދީބު ވިދާޅުވިއެވެ.

އަދީބުގެ މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބައްލަވަމުން ގެންދެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މީގެ އިތުރުން، ފަނޑިޔާރު ހުސައިން މަޖީދު ފަނޑިޔާރު އަހްމަދު ނިޔާޒުވެސް އަދީބުގެ މައްސަލަ ބައްލަވާ ބެންޗުގައި އިންނަވައެވެ.

އަދީބުގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ ހަފްތާގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަޅި

    އަހުމަދު އަދީބުގެ އެދުމުގެމަތިން އޭނާއައްސެކިޔުރިޓީދޭންޖެހުނީ ކީއްވެގެންބާ މިސަރުކާރުން މީހުންނައް ކަންތައް ކޮއްްދެނީ ދުވަހުގެ އިރު އުދަރެހުންއަރާގޮތުންދޯ

    24
    2
  2. އަރީ

    ގެންގޮސް މިހާރު ޖަލަށްލާ.. ތީ ބޮޑު ޣައްދާރެއް.. އުމުރުދުވަހު ޖަލުގަ ބާއްވަންޖެހޭ މީހެއް.

    36
    3
  3. ކަނަމަނަ

    ޢަދިމިމީހުން ކޮމެންޓްކުރިއަސް ހިތައްއެރިއްޔާ ޖަހާނީ

    19
    • ކައިޒީން

      އަދީބުގެ ގަމީސްތައް ބާރުވެއްޖެ

  4. ޙަސަނު

    އެހެންވެ މި ބުނަނީ ލާދީނީ އެމް ޑީ ޕީ ބޯގޯސް ބައިގަނޑު ދެން ްްްްްްްްް އަތް ޖަހާ

    27
    2
  5. އަރީ

    އަލްހަމްދު ލިއްﷲ

    25
    1