ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހްގެ ހާލު ކުޑަކޮށް ރަނގަޅުކަމަށް، ކަރެކްޝަންސް އިން ދެއްކި ވާހަކަ އާއިލާއިން ދޮގުކޮށްފިއެވެ.

ޔާސިރް ހާލު ދެރެވެގެން އައިޖީއެމްއެެޗްއަށް ގެންގޮސް ފަރުވާދޭން ފެށީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

މިއަދު ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެެ ވާހަކަތައް ދޮގުކޮށް، އާއިލާގެ ފަރާތުން "ވަގުތު"އަށް ބުނީ، ޔާސިރްގެ ހަލަތު ރަނގަޅު ނުވާ ކަމަށެވެ. އަދި ލޭގެ ޕްރެޝަރު ދަށްވެ، ސީޓީ ސްކޭން ނެހެދިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް އާއިލާއިން ބުންޏެވެ.

"އައިސީޔޫން އާއިލާއަށް ގުޅާފައި ރަނގަޅު ވާހަކައެއް ނޫން ބުނީ، ބްލަޑް ޕްރެޝަރ ދަށްވީމަ ސީޓީ ސްކޭންވެސް ނުހެދޭނެ ކަމަށް. ހާލަތު ރަނގަޅުވީމަ ކަމަށް ސީޓީ ސްކޭންވެސް ހެދޭނީ، ކަރެކްޝަންްސް އިން އޮޅުވާލަނީ". އާއިލާ އިން ބުންޏެވެ.

ޔާސިރުއަށް ދިމާވެގެން އުޅެނީ ކޮން ކަހަލަަ ސިއްހީ މައްސަލައެެއްކަން އާއިލާއަށްވެސްް އަދި ނޭނގޭ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އާއިލާއިން ބުނީ، ޔާސިރް އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި، ހާލަތު އަދިވެސް ރަނގަޅު ނޫން ކަމަށެވެ.

ޔާސިރް ހައްޔަރުކޮށްގެން ގެންގުޅޭތާ މިހާރު ތިންއަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭނާ ރާއްޖޭގައި އުޅެނީ ދިވެއްސަކާއި ކައިވެނިކޮށްގެންނެވެ. އޭނާގެ ދަަރިއަކުވެސް ހުރެއެވެ.

ޔާސިރު ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރު މާރިޗް މަހުގެ ތިންް ވަނަ ދުވަހުއެވެ.

އޭނާ ރާއްޖެ އައިސް ވަޒީފާ އަދާ ކުރަމުން ގޮސްފައި ވަނީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހައްވަ

    ތިމީހާގެ މަރާ ދައުލަތުން ހަވާލުވާނެ ޖެހޭ ގޮތެއް ނޭގެ. މިހާރުވެސް 3 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ތެޅުވިއްޖެ. ދެކޮޅަށް ދަޢުވާއެއ ނުކުރެވުނެ. ވަގުތުން އޭނާ ދޫކޮށްލާ!

    55
    3
  2. ހަސަން ތަކުރު

    ނަހަދާނެ ތެދެއް.މި ސަރުކާރަކީ އޮޅުވާލުމާއި މަކަރާއި ހީލަތުން އުޅޭ ސަރުކާރެއް.ހުރިހާ ކަމަކުންވެސް އޮޅުވާލުން.

    44
    2
  3. ޖިމް

    ހަމަ ތަނަކުން މީހަކު ފެންނައިރަށް އިންނަނީ..ކޮންކަަހަލަ މީހެއްތޯވެސް ނުބަލާ.. އެމީހުންގެ ބޭނުމަކީވެސް މި

    22
    27
  4. ލައިލާ

    އަޅެ ފަހެ ޔަހްޔާ ކީއްވެގެންތަ ނުކައިހުރެ ހަޅުތާލު ކުރަންވީ އަމިްްލަ ހަށިގަނޑަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ދީނުގަ މަނާ ކުރައްވާ ފަވާ ކަމެއް ، އޭނާގެ ހާލުގެޒިންމާ އު ފުލަން ޖެހޭނީ އޭނާ

    24
    14
  5. އަލީ އަލީ

    ޓެރަރިސްޓުން ތިބެންޖެހޭނީ ޖަލުގަ!

    16
    30
  6. މުހައްމަދު

    ހޯމް މިނިސްޓަރު ޝޭހް އިމްރާން ބުނަނީ މި ޔާސިރަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަަމަށް.
    އަޅުގަނޑުމެން ގަބޫލުކުރަނީ ޝޭހަކު ހަމަ ހުރެލާފައި މީހަކަށް އަނިިޔާއެއްދިނުމުގެ ގޮތުން ދޮގެއް ނަހަދާނެކަމަށް. އެހެންވީމައި ގައުމީ ސަލާމަތަށް ނުރައްކާ ހުރި މީހަކަށްވަންޏާމު ތިޔަމީހާ ގުޅިފައިވާނީ ކޮންމެ ވެސް ޓަރަރިޒަމްގެ ލައިނަކާއިކަމަށް ބެލެވެނީ. އެހެންކަމުން މިފަދަ މީހުންގެ މައްޗަށް ހަމްދަރުދީވުމަކީ ބޭކާރުކަމެއް. ހަރުކަށި އަދަބު ދިނުމަށް ގޮވައިލަން.
    ޔާސިރަކީ ރަނގަޅު މީހެއްކަމުގައި ވެފައި ޝޭހްއިމްރާންމެން ހަދަނީ ދޮގުކަމަށްވެފައި އަދި މިރާއްޖޭގެ ސަރުކާރުން ޔާސިރަށް ލިބުނު އަނިޔާއަކީ ބޭއިންސާފުން ލިބުނު އަނިޔާކަމަށްވަނީނަމަ އެކަމުގެ ޖަޒާ ޔާސިރަށް ލިބޭނެ. ޔާސިރު މިކަމުގައި ދެރަވާނެ ކަމެއްނެތް. ދުނިޔެއަކީ ވަގުތީ ތަނެއް. އަނިޔާވެރި ކެހިވެރި ތަނެއް. ހަގިގީ މަންޒިލްގައި އިންސާފް ގާއިމްކުރެވޭނެ ކަމީ ޔަގީންކަމެއް.

    43
    2
    • ާ މޮހޮނަަ

      ހާދަރަގަޅުވާޙަނކެ

  7. ހުސެން

    މިއީ އެކަމަކު އިންސާފު ގާއިމު ކުރާނަމޭ ކިޔާފަ ގެނައި ސަރުކާރެއް.ހުކުމެއް ކުށެއް ސާބިތު ނުކޮށް އިންސާނަކު ހައްޔަރު ކުރެވޭނީ ކޮން ޤާނޫނެއް ނުވަތަ ކޮން އިންސާނީ ހައްގެއްގެ ދަށުންތޯ ނޫން ކޮން ވައްތަރެއްގެ ޑިމޮކޮރެސީ އަކުންތޯ؟

    27
    2
  8. ައަހުމަދު

    މީޤާނޫންނެއް ހަދައިފައި އޮތަސް އެއަކަށް އަމަލުކޮ ކުރާތަނެނޫން ، އެއީ ހަމަ ނަމެއްގައި އޮންނަ އެއްޗެއް ، ތިގޮތަށް މީހަކު، ހުކުމެއް ކުރުމެއް ދައުވާކުރުމެއްނެތި ނުގެންގުޅެވޭނެ، ކޮބާ ހިއުމަންރައިޓޮސް އޭކިޔާފައި ނިކުންނަ ގުރޫޕް ތަށް ގެއްލުނީދޯ ، ވަކިބަޔަކަށްވީމަދޯ އިންސާނީހައްޤުތައް އޮންނަނީ.

    18
    1
  9. ގައުމުގެ ދޫ

    ހަމަ ކޮންމެ ސަރުކާރެއްގާވެސް ބޮޑު އިންސާފާއި ކުޑަ އިންސާފު ގާއިމުކުރުން އޮވޭ. ބަދަލުވަނީ ސަރުކާރު، އާންމު މީހާއަށް ލިބޭ މަންފާއެއް ޔަގީންކަމެއް އިންސާފެ ނުމެނެތް.

    12
    1