އެމްއެމްޕީއާރްސީގެ ހިޔާނާތުން ލިބުނު ފައިސާގެ ބޮޑު ބައެއް ހަރު މުދަލަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ބޮޑުބައެއް ރާއްޖޭގައި ނެތް ކަމަށެވެ. އެ ފައިސާގެ ބޮޑުބައެއް ވަނީ ރާއްޖެއިން ބޭރުގައި ކަމަށް އައްސަދު ވިދާޅުވީ ރާއްޖޭގައި އެނބުރެމުން އަންނަ ފައިސާތައް ހޯދުމުގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ތިބޭފުޅުންނަށް، ރާއްޖޭގެ އެނބުރޭ ފައިސާގެ ބޮޑުބައެއް ވަނީ މިހާރު އެސެޓަށް ބަދަލުކޮށްފައި،"

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިން 37 ރަށަކާއި 12 ފަޅު ދޫކޮށްފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ބެލީ އެ ފަޅުތަކާއި ރަށްތައް ދޫކޮށްފައި ވަނީ ގަވާއިދާއި އެއްގޮތައްތޯ ކަމަށާއި ނަމަވެސް އެކަން ކޮށްފައިވަނީ ގަވާއިދުތަކާއި ގާނޫނުތަކާއި ހިލާފަށް ކަމަށް އައްސަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ

އައްސަދު ވިދާޅުވީ ފަޅުތަކާއި ރަށްތައް ދީފައި ވަނީ ޓްއަރިޒަމްގެ ގާނޫނުން ލިބިދޭ ޕްރިވިލޭޖެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތަކީ ރާއްޖޭގެ މުއްސަނދިކަމުގެ ގޮތުގައި ހުރި އެންމެ ބޮޑު ވަސީލަތް ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އެކަން ކޮށްފައިވަނީ ރޭވިގެން ގުޅިގެން ކަމަށްވެސް އައްސަދު ވިދާޅުވިއެވެ. އަދި އެކަން ކުރެވުނީ ދައުލަތުގެ އިދާރާތައް ނުވަތަ މުއައްސަސާތައް ފެއިލްވެގެން ދިއުމުން ކަމަށް އައްސަދު ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެން ނުދާ އެއްވެސް އިދާރާއެއް ނެތް ކަމަށް އައްސަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚަޗިސް

    ބަލަ އެހަރު މުދާތަށް ދައުލަތައް ނަގާފައި ވިއްކައިގެން އެފައިސާ ނުހޯދޭނަމަ ތީކީއްކުރާ ބައެއް؟

    17
    1
  2. އައްޑޫ މީހާ

    ރައީސް ސާއްލާއަށް ވެސް އެފައިސާ ލިބުނު އެކަން ސިއްރުކުރަނީ ބިރުން ކޮމިޝަނުން ދޮގު ހަދާކަން ފާހަގަކިރެވޭ

  3. ރީނދޫ ކާޅު ކާ ކާ

    ރަ އްޔިތުނަށް ހުރިހާކަމެ އް ވަރަށް ސާފު ތިމާ ދޮގުހެދީމަ ބޭޒާރުވާނީ ހުދު ތިމާ ތިވާހަކަތަ އް ގަބޫލުކުރާ ދިވެހިރަ އްޔިތަކުނެތް އަނގަ އޮތިޔަ ކާޅެ އެ އް ނުކާނެ ގިނަ ދޮގު ހެދިވަތަކަށް ބޮޑަށްބޭޒާރުވާނެ!

  4. ޢަފްލާ

    ހަރު މުދަލުގެ ތެރޭގަ މިހާރުގެ ވެރިކަންވެސް ހިމެނޭ

  5. އައިފާނު

    ޚިޔާނާތުން ހޯދި ފަ އިސާ ހަރުމުދަލަށް ބަދަލު ކށްފައިވާނަމަ ކީއްވެ އެމުދާސަރުކާރަށް ނުނެގްވީ.؟