ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މަންފާތަކެއް ލިބުނުކަން މިހާތަނަށް ތަހުގީގު ކުރެވިގެން ދިޔަ ހިސާބުން އެނގިގެން ގޮސްފައި ނުވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައްސަދު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގު މިހާތަނަށް ގޮސްފައިވާ ހިސާބަށް ބަލާ ނަމަ ރައީސް ސޯލިހަށް ހިޔާނާތުގެ ފައިސާ ލިބުނުކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އައްސަދު ވިދާޅުވީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ބައެއް ފަރާތްތައް ހާޒިރު ކޮށްފައިވާނެ ކަމަށެވެ. އަދި އެއިން އެއްވެސް ބޭފުޅެއްގެ ވާހަކައިން ވެސް ރައީސްގެ ނަންފުޅު ވެސް އައިސްފައި ނުވާ ކަމަށް އައްސަދު ވިދާޅުވިއެވެ.

"އަތުވެއްޖެ ނަމަ އަޅުގަނޑުމެން ބަލާކަށް ފަހަތަކަށް ނުޖެހޭނަން،" ރައީސް ސޯލިހަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ވާހަކައާ ގުޅޭގޮތުން އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ ސޯޝަލް މީޑިއާގައި ހިޔާނާތުގެ ފައިސާ އާއި ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް ވެސް ތަހުގީގުތަކުގައި ރިއާޔަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ވަނީ ރައީސް ސޯލިހަށް ހިޔާނާތުގެ ފައިސާ ލިބުނުކަން ފާހަގަނުވާ ކަމަށް ވިދާޅުވެފައެވެ.

އައްސަދު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއެއް ކަހަލަ ގޮތަކަށް ހިނގަމުން ދިޔައީ ސަރުކާރު ބޭނުންވާ ގޮތަށް ކަމަށެވެ. ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް 37 ރަށް އަދި 12 ފަޅު ދޫކޮށްފައިވާއިރު އެ ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އަދި އެރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ ނުއަގުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެކަނި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނާ 3.4 ބިލިއަން ދައުލަތަށް ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގު ކުރާ ކަމަށްވާ ނަމަ ހަތަރު ބިލިއަނަށް އަރާނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ަމާމީ

  ކަލޭމެން ނުބުނާނެނު ޖޮބު ގެއްލޭނެ ވިއްޔާ އެކަމަކު 35 މިލިއަން ރުފިޔާ ލިބުނުވާހަކަ ކިއާ..

  51
 2. ސަޒާ

  ސޯލިހު އެކުލަވާލި ކޮމިޝަނަކުން ސޯލިހުގެ ކުށެއް ދައްކާނެތަ. މިހާރުވެސް އެމްޑީޕީ ހިންހަމަ ނުޖެހޭގޮތައް ހުކުމެއް ކުރިޔަސް ކޮންމެސް އެއްޗެއް ކިޔާ ފަ އެ ފަޑިޔާރަކު ސަސްޕެންޑްކޮށް ވަކިކުރަމުން އެގެންދަނީ

  52
 3. Anonymous

  ސުބުޙާނަﷲ

  40
 4. ކަހުރަބު

  އެނގޭ މީހުން ތިބި ކަމަށް ވަނީ

  44
 5. ލަންސިމޫ

  ލިބުނަސް މިހާރަކު ނުކެރޭނެބަލާކައް އެހެންވިއްޔާ ތިގޮނޑީގަ ނީންދެވޭނެ

  51
 6. ޣޮޅުެަލަ

  ތިކަން އެގޭނީ ދެން އަންނަ ވެރިޔަކަށް!

  25
 7. އިބޫއަކީ ބޮޑުުވަގެއް ދޮގުނހަދާ މީހުންނަކީ މުނާފިޤުން

  މިވެރިކަމުގައި އިބޫއާއި ދެކޮޅު ވިމީހެއްގެ ދުވަސްދުއްވާލާނެ އެހެންވީމަ ރީނދޫ ސަރުކާރުގެ އެވެސް ގުންޑާއެއްގެ މައްޗަކަށް ޝަރިޔަތެއްނުހިގާނެ މިސަރުކާރާއި އެކޮޅު ވަގުންގެ ސަރިޔަތް ބެލުމަކީ ފ ފޫނެތް ފަޔަށް ފެން ފުރުން ފަފފދަކަމެއް:

  27
 8. މިތުރު

  އިބޫ ރެކެންވެގެން ކުރާކަމެއްތީ. މިކޮމިޝަނަކުން އިބޫގެ ކަމެއް ނުބަލާނެތާ. އެކަމަކު އިބޫއަށްވެސް ލިބުނޭކިޔާ. އެހެންވެ އަދީބު އަބަދު ޖަލުގައި ބަހައްޓާފަހުންނަނީ. އެވާހަކަ ބުނެފާނެތީ. އިބޫ ދުނިޔޭގެ ހުރިއްޔާ ޤާނޫނު އަރާހަމަކުރާނެ.

  24
 9. ހުސެން

  ދެން އަންނަ ސަރުކާރަކުން އެކަން ބަލާނޭ ބުނެލިނަމަ

  21
  1
 10. Anonymous

  މަހުޝަރުދުވަހުން ހުރިހާކަނެއްވެސް އެގޭނެ

  22
 11. ވަގު

  އަދި އެނގޭދުވަސް އަންނާނެ!

  26
 12. އައްޑޫ މީހާ

  ބަލަ ލިބުނަސް ބުނާނެތަ ލިބުނޭ ؟ އަދި އޭނަ އުފައްދާފައި އޭނަ މުސާރަދޭ ކޮމިޝަނަކުން އޭނަގެ ވާހަކަ ތެދަށްްް ބުނާނެތަ؟

  26
  1
 13. ޙހހހ

  ޢޮތަސް ނުބަލާނެ ، ތީ ހަމ ހިތާއިހިތުގެ ގުޅެމެއް ، ތި ލިސްޓްގައި އޮންނަނީ އިންތިހާބެއްގައި މި މީހުން ބަލިކުރާކަހަލަ އިދިކޮޅު މީހުންކޮޅު ، އެހެންނޫނީ މިމީހުންނަށް އެމް. ޑީ.ޕީ މީހުންނެކޭ ނުކިޔާނެ ،

 14. ހަޔަސިންތް

  އައްސަދު މޫނާ ލޮލުންވެސް އެބަހީވޭ ދޮގުހަދާހެން

  11
 15. އައްސަދު

  ހިޔާނާތުގެ ވަހަކަ ދައްކަން ކެރޭތީ ހައިރާންވާންޖެހޭ؟