ރައީސް ނަޝީދު އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި، އުސާމާ ބިންލާދިން އާއި ނަޝީދު އާއި ތަފާތެއް ނެތްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިރޭ ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަޙައްދުގައި މިހާރު ކުރިއަށްދާ "ހެސްކިޔާފަ" ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ރައީސް ނަޝީދަކީ ދުނިޔޭގައި ހުރި ބޭފުޅެއްކަންވެސް މިހާރު ނޭގޭ ކަމަށެވެ. އަދި ހަމައެކަނި މިހާރު ފެންނަނީ އެމަނިކުފާނުގެ ޓްވީޓްތައް އެކަނިކަމަށް ފަލާހް ވިދާޅުވިއެވެ.

"ހަމަ އުސާމާ ބިއްލާދިންއެކޭ ރައީސް ނަޝީދުއެކޭ އެއްގޮތް. އަޅުގަނޑުމެންނަށް ކޮންމެވެސް އޯޑިއޯއެއް ނޫނީ ޓްވީޓެއް އެއްޗެއް ކުރާތަން މި ފެންނަނީ މިއީ ހައްޔަރުކޮށްފައި ހުއްޓާ ފިލައިގެން މައިބަދައިގެ ރިއްސާތީ ގޮސް ހުރި މީހަކު މި އޮތީ އެމްޑީޕީގެ ޕްރައިމަރީގެ ވާދަކުރަން" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާނީ ރައީސް ނަޝީދުކަން އެމަނިކުފާނު އިއުލާނުކޮށްފައިވާކަަމަށެވެ. ނަމަވެސް "ޢަޅުގަނޑުމެން ދާދި ފަހުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެސް ޕާޓިއެއްގެ އިންތިހާބު މަގާމެއް ގައިދީއަކަށް ނުކުރެވޭނެޔޭ" ފަލާހް ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނީ ރައީސް ނަޝީދު ކަމަށާއި، ނަމަވެސް އެ ވޯޓުލުމުގައިވެސް އޮންނާނީ މަކަރާއި އޮޅުވާލުން ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ޖިހާދަކީ މި އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބުކޮށްދެއްވުމަށްޓަކައި މިހާރު ކުރަމުންދާ ހިތްމަތް ބުރަ މަސައްކަތް ކަމަށެވެ.

ފަލާހް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތް 2013 ވަނަ އަހަރު ގާއިމްކުރެއްވިއިރު، ދިވެހި ދައުލަތް އޮތީ ފަގީރު ނިކަމެތި ދައުލަތެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން މިއަދު އެ ދައުލަތް މުއްސަނދި ދައުލަތަލަށް ހައްދަވާ ދެއްވައި އެ ދައުލަތާއި މެދު ދިވެހި ކޮންމެ ރައްޔިތަކު ފަހުރުވެރިވާ ގައުމަކަަށް މި ގައުމު ހައްދަވާދެއްވާފައިވާކަމަށެވެ.

"މީގެ ދެ ދުވަހެއް ކުރިން އަޅުގަނޑުމެންގެ ވަރަށް ގާތް ގައުމެއް މެލޭޝިޔާގެ އިންތިހާބު ކަންތައް ނިމުނީ. އިދިކޮޅު މީހުންނަށް މި އިންތިހާބު ސިފަކުރެވުނީ ނުބައި މާނައެއްގެ. މެލޭޝިޔާ މީހުން އިހްތިޔާރު ކުރީ 22 އަހަރު އެ ގައުމަށް ތަރައްގީކޮށްދެއްވި ބޭފުޅަކީ މިހާރުގެ ފަހުން އިންތިހާބު ކުރެވުނު މަހާތީރު މުހައްމަދު. އެބޭފުޅުން ތަރައްގީއަށް އެދިގެން ވެރިއަކު މި އިހްތިޔާރު ކުރީ. މި އަހަރު އަޅުގަނޑުމެންގެ ބޭއްވޭ ރިޔާސީ އިންތިހާބުވެސް ވެގެން ދާނީ މިހެން" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ﷲގެ ހެޔޮ ރަހުމަތްފުޅާއެކު، ރައީސް އަބްދުﷲ ޔާމީންގެ އުމުރުފުޅު 100 އަހަރަށް ދިގު ކުރައްވައިއެމަނިކުފާނުވެސް 90 ވަރަކަށް އަަހަރުގައި ރާއްޖޭގައި ވެރިކަމަށް ރައްޔިތުންގެ ތާއިދާއެކު އިންތިހާބްކޮށްފާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެވޭނެ އެއްވެސް ފަރާތެއް އިދިކޮޅު ޕާޓީއަކު ނެތް ކަމަށްވެސް ފަލާހް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެޑަން

    ފަލާހު މެލޭޝިޔާގެ ރަތްޢިތުން ނުނެކޭބުނީ އޭރުގެހުރި ރައީސް ކަރަޕްޓް ރައީސަކަށް ވީމަ މިޤައުމުގަވެސް އެންމެންކިޔަނީ ހަމަ އެކަހަލަ ބޭފުޅެކޭ ހުރީ ވެރިކަމުގަ ދެންވާނިކިހިނެތް ފަލާހު އެހެންވިޔަ؟

  2. ނަސީ

    މަހަމަހިނި އަންނަނީ ކުރިމަތިލާމީހާގެ ސަރުތުބަލަނީ ފަލާހްތަ

  3. ޖިހާދު

    ވަރަށް ތަފާތު ދެމީހުން މިސާލަކަށް ތިނެގީ... އުސާމާ އަކީ ﷲގެ މަގުގައި ޖިހާދު ކުރި ބޭކަލެއް... ނަޝީދަކީ ޑިމޮކްރަސީގެ މަގުގައި "ޖިހާދު" ކުރާ މީހެއް.. އުސާމާ އަކީ ﷲ ބާއްވާލެއްވި ޝަރީއަތް ބިންމަތީ ޤާއިމް ކުރުމަށް މަސައްކަތް ކުރި މީހެއް... ނަޝީދަކީ ﷲ ބާއްވާލެއްވި ޝަރީއަތް ބޮލާލާ ޖަހާފަވާ މީހެއް..

  4. ހުޅުޖެހި ރައީސް

    ފަލާހު ބުނީ ރަނގަޅަށް

    މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖެ.

    ޖަޒީރާ ރާއްޖެއެކޭ. އަނެއް ދިވެހިރާއްޖެ އޭ ، ދޮންމީހުންގެ ރާއްޖެ އޭ

    ފެނު ކެއްކި ފަތަފޮޅި އޭ ކިޔަސް ދިވެން ނެއް ނޫޅޭ މިޑްޓާރމް އިލެކްށަނޭ

    ކިޔައިގެން ވެރިކަން ލިބުނީމަ ކާމިޔާބީގަ ބުދު ބަހައްޓާފަ ނާކާމިޔާބީގައި ދައުލަތުގަ

    ގެ ހަރުމުދާތަކުގަ ހުޅުޖެހި ރައީސް އެއް މިގައުމުގެ ވެރިއަކަށް އައްޔަން ކުރާކަށް

  5. އެނގޭތަ

    ކާފަރަކާ މުސްލިމަކާ މިީނަޔައް ތަފާތު ނުވުމަކީ މިސޮރުގެ މުސްލިމް ކަމާއި މެދު ޝައްކު އުފެދޭ ކަމެއް. އަންނި އަކީ މުސްލިމެކޭ ބުނެވޭ ވަރުގެ މީހެއް ނޫން

  6. ައާބި

    ފަލާހު އަށް އެނގޭތަ މެލޭޝިޔާގެ އިނިޚާބަށް ވީގޮތް

  7. އަލީ

    ރައީސް ޔާމީންއަށް 2018 އިންތިހާބު ކީމިޔާބު ކޮށްދެއްވާށި. އާމީން.

  8. ރަށްދު

    މީމެލޭސިޔާއެއްނޫން މީ ދިވެހިރާއްޖެ