"މިއުޒީޝަންސް އޮފް މޯލްޑިވްސް" ގެ ނަމުގައި ދިވެހި ދިވެހި މިއުޒީޝަނުންގެ ޖަމިއްޔާއެއް އުފައްދައިފިއެވެ.

މި ޖަމިއްޔާ އުފެއްދެވިކަން ހާމަކުރައްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ، އެ ޖަމިއްޔާއަކީ ދިވެހި މިއުޒީޝަނުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ އެ ދާއިރާގެ ފަންނާނުންގެ ކަންކަން ބެލުމަށް އެކުލަވައިލިި ޖަމިއްޔާއެއް ކަމަށާއި، އެ ޖަމިއްޔާ މިހާރު ރެޖިސްޓްރީ ކޮށްފައި ވާނެ ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވަނީ، މިއީ ދިވެހި ފަންނާނުންގެ ހައްގުތަކުގައި މަސައްކަތް ކުރަން އެޅި މުހިންމު ފިޔަވަޅެއްކަން ފަހަގަކުރައްވާފައެވެ.

"އެ ޖަމިއްޔާ އާއި ގުޅިގެން މިއުޒީޝަނުންގެ ކަންކަމާއި އެމީހުންގެ ޝަކުވާތައް ކުރިއަށް އޮތް ތަނުގައި ގާތުން ބަލައި އެމީހުންގެ ހައްގުގައި މަސައްކަތް ކޮށްދޭނަން"، މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި މިއުޒީޝަނުންނަށް ހާއްސަ ޖަމިއްޔާއެއް އުފެއްދިއިރު، މީގެ ކުރިން އެ މިއުޒީޝަނުންވެސް މަސައްކަތްކޮށްފައި ވަނީ ދިވެހި ފިލްމް އެސޯސިއޭޝަންގެ ނަމުގައި ހިންގަމުންދާ ޖަމިއްޔާއެއްގައެވެ. އެ ޖަމިއްޔާއަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްކޮށްގެން، އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަބުޅޮ

    ތިޔަވެސް ލާދީނީ ޖަމިއްޔާޔަކަށް ހަދާ ބޭން ކުރުން އެކަށީޖެންވޭ.

    12
    6
  2. ކާފަރު

    ހުދު ގަމީހެއްގަ އަޅި ފަޓުލޫނުގަ ތިހުރީ ސޭކެއްތަ..

    5
    1
  3. ކަމަނަ

    ސީދާ ޝައިތޯނީ ޖަމްޢިއްޔާއެއް. މިޔުޒިކާއި، ޑީޖޭ، މިކަންކަން ކުރިއަރުވަން ވަރަށް ފޯރި ހުންނާނެ.

    6
    2
  4. #ކެނަރީގޭވާންޗޯ

    ކޮންމެ ޖަމިއްޔާއެއް ވިޔަސް ލާދީނީ ވެއްޖިއްޔާ ބޭން ކުރާނަން...

    6
    2
  5. ހާލުފޮޅި

    މިވަގުތައް ވަރަށް މުހިންމު ކަމެއް ދޯ.. މިހާރަކު ނޫޅޭ މިއުޒީޝަނުން ނެއް.. ލަވައެއް ކިޔަން ލަވައެއް ހަދަން އިނގޭ މީހަކު މިހާރަކުނެތް.. ތިޔަ މިއުޒީޝަނުން ފެނުނީމަ ހިނި އަންނަނީ

    3
    2
  6. ޙަސަނު

    އާޚިރުގަ ތި ނިމޭނީ ލާދީނީ ސަބްލިމިނަލް މެސެޖް ހިމެނޭ ލަވތަކުން

    5
    1
  7. Anonymous

    މިއުޒިކަކީ ﷲ ތަޢާލާ ޙަ ރާމް ކު ރައްވާފައިވާ ކަމެއް.
    މީ ޚިލާފީ ކަމެއްނޫން.
    އުންމަތުގެ ބޮޑެތި ހު ރިހާ އިލްމުވެ ރިން އިއްތިފާގުވާ މައްސަލައެއް.

    މިއީ މިބިން ފަސާދަ ކު ރުމަށް އިތު ރުކޮށްލި ބޮޅެއް.

    9
    2
  8. محمد

    ޚަބަ ރުދާ ރު.. ހަަަމަ މިހާ ރު ހުއްޓާ މިކަންތައް..

    މި ޙަ ރާމް ކަންކަމަށް އުފެއްދި ޖަމިއްޔާ މިހާ ރުން މިހާ ރު އުވާލާ...

    މިބިން ފަސާދަ ކު ރަން އެދޭ ބައެއްގެ ކިބައިން ﷲ ގަދަފަދައަށް ހިއްޕަވާށި.

    6
    2
  9. Anonymous

    މީ މުންކަ ރެއް (ނުބައެއް)
    މިކަން ހުއްޓުވާ..

    ކޮންމެ ކަމެއްގަ ދަޑިބު ރި އާއި ހަމައަށް ދާންޖެހުމީ ލަދުވެތި ކަމެއް

    6
    2
  10. Anonymous

    މަހުލޫފު ކަލޭ ތިތާގައި ހުރެ ތިޔަކަހަލަ ޙަރާމް އަދި ލަދީނީ ޖަމްޢިއްޔާ ތައް އުފައްދާތި. އެކަމަކު ކަލޭ ތީ ފާފަ އުފުލާނެ ބޮޑު ސޮރު

    3
    2
  11. އޭ އާރު

    ދިވެހިން ކުރަން ނޭދޭ އެކަމް ހިންދީން ފިލްތަކާއި ލަވަތައް އަމިއްލަ މީީހާގެ ފޯނާއި ގޭސިޓިންގް ރޫމް ޓީވީގަ އޯކޭ މީހުންގެ މިއުޒިކް ޖަމިއްޔާ މިރާއްޖޭގަ މާހިނގާނެ.

    3
    1