ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިރޭ 11:49 ހާއިރު އެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިރޭ ނިޔާވެފައި ވަނީ އީރާނަށް ނިސްބަތްވާ މީހެއް ކަމަށެވެ.

މި މީހާއަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށާއި، އޭނާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

އޭނާ އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ހައްޔަރުކޮށްފައި ހުރި މީހެކެވެ.

"ރަހުމަތުﷲ ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ." ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން ބަންދުގައި ހުއްޓާ މިރޭ ނިޔަވި މީހާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އީރާނުގެ ބޯޓަކުން މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    މި ސަރުކާރު އޮތްހާދުވަހަކު ޖަލުގައި ގައިދީންނެއް މަރެއްނުވާނެ ތިވާނީ އޮޅުމަކަށް

    9
    1
  2. ކަމަނަ

    ބުނަން ޖަލުގަހުއްޓަސް ފައިވްސްޓާރ ހޮޓަލެއްގަހުއްޓަސް މަރުއައިސް ބައްދަލުކުރާނެ، ތިކަން ހިނގީ ކުރީސަރުކާރުގައިނަމަ އެމްޑީޕީން މުޒާހިރާކުރާނެ. ދޮގުއެވަރަށްހަދާނެ

    11
    1
  3. ޒީރޯ ޓްލޮރަންސް

    ކެންސަރަށް ފަރުވާދެވެން އައިޖީއެމްއެޗްގަ އެބަހުރިތޯ؟

    1
    2