ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން އައި ގެސްޓް ހައުސް ވިޔަފާރިތަކަށް އައި ހީނަރުކަމާއެކު، އެތަންތަން އަލުން ފަށައިގަތުމުގައި އެހީވުމުގެ ގޮތުން، އެތަންތަނުން ނުއްދަކާ ކަރަންޓް ބިލާއި ފެން ބިލްތައް ދެއްކުމުގައި ލުއިތަކެއް ދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު، ގެސްޓް ހައުސްތައް ވަނީ ބަންދުކޮށްފައެވެ. މިއާއެކު އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ، އަލުން ގެސްޓް ހައުސްތައް ހުޅުވުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ކަރަންޓް ބިލްތަކާއި ފެން ބިލްތައް ދެއްކުމުގައި އެކަށީގެންވާ ލުއިތަކެއް ލިބިފައި ނުވާތީ އެކަމުގެ ޝަކުވާތައް ލިބުނު ކަމަށް ޖީއޭއެމް އިން ބުނެފައި ވެއެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް އެ އެސޯސިއޭޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއާ ބައްދަލު ކުރި ކަމަށާއި، އެ މިނިސްޓްރީގެ ޖަވާބެއް އެކަމުގައި މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަަމަށް ޖީއޭއެމް އިން ބުނެފައި ވެއެވެ.

އެގޮތުން ފެން ބިލްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާ ޖީއޭއެމްއިން ބުނެފައި ވެއެވެ.

އަދި މިގޮތަށް ބިލްތައް ދެއްކުމުގައި ކުންފުނިތަކާއި ގުޅައިގެން ކުރިއަށްގެންދިއުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މޮޔަސޮރު

  ހުރިހާ މޮޅެއްވެސް މިވެރިންނަށް. ނިކަމެތި ރައްޔިތުންނަށް ސަރުކާރަށް ޖިޒީ ދިނުން ނޫންކަމެއް ނެތް

  • ބާރީ

   ނިކަމެތި ރައްޔިތުންނަށް އޮތީ ވޯޓް ދިނުން

 2. Anonymous

  ކޮބާ ކުދި ފިހާރަތަކުގެ ކަރަންޓް ބިލް..ހުސް ކަންމަތީ ފިޙާރައެއްނޫން ހުންނަނީ.. ނީވަރަށް ދެރަކަމެއް. އިމާރާތުގެ ވެރިމީހާގެ އައިޑީކާޑު ބޭނުންވޭ އޭނާ އުޅެނީ ޖަރުމަނުގަ ކުއަޔަށް ނަގާ މީހާ ހަފުސްވަނީ

 3. ޙަސަން

  ބަލަ ގެސްޓް ހައުސްތައް ބަންދުކުރީ ޑިސެމްބަރަކު ނޫނޭ. މާޗްމަހު. ދެނަ ކީއްވެ ކުރީ 3 މަހެއްގެ ވާހަކަ ދައްކަނީ. އެހެންވިއްޔާ އަހަރެމެން ގޭގެ ބިލްތަކަށްވެސް ލުއި ދޭންޖެހޭނެ.

 4. ހަސަނާ

  ބަލަ ގެސްޓް ހައުސްތައް ބަންދުކުރީ ޑިސެމްބަރަކު ނޫނޭ. މާޗްމަހު. ދެނަ ކީއްވެ ކުރީ 3 މަހެއްގެ ވާހަކަ ދައްކަނީ. އެހެންވިއްޔާ އަހަރެމެން ގޭގެ ބިލްތަކަށްވެސް ލުއި ދޭންޖެހޭނެ.