މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައި ނުވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފަސް މީހުންނަށް ދައުވާ ކުރުމުން ކޮމިޝަންގެ މަސައްކަތްތައް ދަނީ ރަނގަޅަށް ކަމާ މެދު އާންމުން އުފައްދާ ސުވާލަށް ޖަވާބު ލިބޭނެ ކަމަށް ވެސް ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

އެ ކޮމިޝަންގެ ވާހަކަތައް އެގޮތަށް ހާމަކުރުމާ ގުޅިގެން މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ނިންމި ކަމަށް ބުނެ މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އަދި މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ލިސްޓެއް ވަނީ ދައުރުވާން ފަށައިފައެވެ.

ނަމަވެސް ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް "ވަގުތަށް" ވިދާޅުވީ މީސްމީޑިއާގައި އާންމުވެފައިވާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

" ސައްހަ ލިސްޓެއް ނޫން އެއީ. އަދި ދައުވާ ކުރަން އެދި ޕީޖީއަކަށް ނުފޮނުވާ. ފޮނުވީމަ ދައުވާކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ނަމަ ކުރާނަން. ބަންދަށް ފަހު އަލުން ހުޅުވާލީމަ ކަމަށް ބެލެވެނީ ދައުވާ ކުރަން ލިސްޓު ލިބޭނީ،" ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުން ލިބުނު ފައިސާގެ ބޮޑު ބައެއް ހަރު މުދަލަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެއެވެ.

އަދި އެ ފައިސާ ލިބުނު މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް އަރާ ކަމަށާއި އެ ޚިޔާނާތްތަކަކީ ރާވައިގެން ހުރިހާ ފަންތިއެއްގެ މީހުން ހިމެނިގެން ކޮށްފައިވާ ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަައީމް

    އެމްއެމްޕީއާރުސީ ގެ ފައިސާ ނަހަމަގޮތުގަ ކެއީ 300މީހުން ހަމަގޮތުގަ ކެއީ 200 މީހުން ނަހަމަގޮތުގަ ކޭމީހުނައް ދައުވާކުރުން އެވެސް ސިއްރެއް މި މީދިއަށް ހުޅުވާލައިގެން ގެންގޮއްސިނަމަ ރައްޔިތުން ނަށް ވަރަށްސާފުކޮށް އެގިގެންދާނެ ޔާމީންގެ ކުށެއްނެތްކަން އެފައިސާ އެކައުންޓަށް އައުމުގަ މިސަރުކާރަކަށް ނުކެރޭނެ ލައިވު ކުރާކަށެއް ބަލަންތިބޭތި ނުކުރާނެ ހަމައެކަނި އަދީބުގެ ވާހަކައިން ހާމަވެގެންދާނެ ދެން އިތުރު ބޭފުޅުންގެ ވާހަކަތަށް ކަނުލާ އަޑުއަހާ ރައީސް ޔާމީސް މިހާރުވެސް ބުނުއްވަނީ އިންސާފުވެރި ގޮތަކަށް ބަލައިފިނަމަ ހާމަވާނޭ

    13
  2. މާމީ

    ކަލޭމެން ދައުވާކުރަން ވެސް އެހެންކަމަކު ވެސް ދަމާނީ ކަލޭމެންގެ ރިއާސީ ވައުދު ކަމައްވާ ރައީސް ޔާމީން އިން ނުނެއްޓިގެން ﷲ ގެ އިރާދަ ފުޅުން ކަލޭމެނައް ތިހުރިހާ ކަމެއްގެ ހިތިނަތީޖާ ފެންނާނެ.

    16
    1
  3. އަނގަ ރީތިމީހާ

    އެކަމު އަދި ލިސްޓް ނުލިބޭ ދެން މަހްޅުފްގެ ނަންނެތްކަން ކިހިނެތްއެގުނީ

    13
    1
  4. ތަޚާނުގެ ޢަލިދީދީ

    މީ ދެން ކޮންކަމަކަށް ދައުވާކުރާންޖެހޭ މީހެއް. ޅޮހަކަށްވެސް ކަމުދާމީހެއްނޫން.

    12
    2
  5. މާމީ

    ކަލޭމެންގެ ތެރެއިން އެއްވެސް ވަގަކައް ދައުވާ ނުކުކަން ކިނބޫ އެންގިނު.

    15
  6. ޓަކަފިރޯށި

    އެހެންވިއްޔާ އަލީ އާޒިމަށާއި ސަހިންދާއަށް އަދި އުތެމަ ޖަމްއިއްޔާއަށް ވަރަށްބޮޑަށް ސަލާމް!!

    12
  7. މާމީ

    ޕީޖީ އަކައް ނުކެރޭނެ އެން ޑީ ޕީ އައް ނިސްބައްވާ އެއްވެސް މީހަކައް ދައުވާކީއްކުރަން ސުވާލެއްވެސް ކުރާކައް ސަބަބަކީ ވަގުތުން މަޖިލިހައް ހުށަހަޅާގެން ވަޒީފާ ދުއްވާލާނެ، ބިރުގަންނާނެ އެންޑީޕީ މީހުންދެކެ މަހޭމެން އަލީއާޒިމް މެން ދެންވެސް ކނބ މެން

    13
    1
    • ކަނީރު

      ކަލޭ ފުރަތަ ވެއްޖެއެއްނު ޕާޓީގެ ނަން ރަނގަޅަށް ދަސްކުރަން. އޭގެ ފަހުން ކޮކެންޓް ކުރާނީ

      • Anonymous

        މޯލްޑިވިއަން ދީންވިއްކާ ޕާޓީ. ދެއުޅިއެއްނުވާ ޕާޓީ. ދެފުއްކެހެރި ޕާޓީ. ދަވާލާ ޕާޓީ. ސާފުވެއްޖެތަ؟

  8. ރާއްޖެ

    ފައިސާ ލިބުނަސް ކުއްވެރި ނުވާ މީހުންގެ ލިސްޓްގެ މީހެއް

    12
  9. އަބްދޫ

    އެސްއޯއެފް ކުންފުނީގެ އެކައުންޓްގަ ހުރީ އެމްއެމްޕީއާރުސީގެ ފައިސާކަމުގައިވާނަމަ އެފައިސާއަކުން ޑޮލަރ އެކްސްޗޭންޖެއްނުކުރެވޭނެ.އެމްއެމްޕީއާރުސީގެ ފައިސާކަން އެގިހުރެ އެއިން ދިވެހިފައިސާދީފަ ޑޮލަރު ގަތް ކަމުގަ ވިޔަސް އެކުރެވެނި ކުށެއް. އެއީ އެމްއެމްޕިއަރުސީގެ ފައިސަ ޖަމާކުރެވެންޖެހޭނީ ސީދާ ބޭންކް ނުވަތަ އެމްއެމްއޭގެ އެމްއެމްޕިއާރުސީގެ އެކައުންތަކަށް ކަމުގަވާތީ

  10. ކަމަނަ

    އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކޮންމެމީހަކުވެސް ބައިވެރިވެފައިވާނީ ކޮންމެވެސް ބޭނުމެއްފުއްދަން ޔާމީނެކޭ އެއްފަދައިން އަދިވެސް ޙުކުމް ކުރީ ޔާމީނަށް ވަގުބައެއްމީ