މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކުގެ މަސައްކަތް ނިންމާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔައިރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އެ ސަރަހައްދު ތަރައްގީ ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ފެހި ގަސްތަކުން ޒީނަތްތެރި ކޮށްފައިވާ އެ ޕާކުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ.

"ތެދެއްމެ ޕާކުގެ މަސައްކަތް ހަމަ ގާތްގަނޑަކަށް އޮތީ ނިމުމަކަށް އައިސްފަ. ޕާކު ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންވެ. އެކަމަކު ވެސް އަދި ސީދާ ވަކި ތާރީހެއް އެހެން ދަންނަވާކަށް އަޅުގަނޑު ނެތިން،" "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އަދި ރައްޔިތުންނަށް އެތަން ހުޅުވާލާއިރު އެތަނުގެ ގަސްތައް ބެލެހެއްޓުމާއި އެކަންކަން އެކަށީގެންވާ ރަނގަޅު އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތް ހެދުމަށްފަހު ނޫނީ އެތަން ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތަށް ވެސް ނުވާނެ ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓި މޭޔަރު ޝަމާއު ޝަރީފް މިއަދު ވަނީ އަންނަ ހަފްތާގެ ތެރޭގައި އެ ޕާކު ހުޅުވާނެ ކަމަށް ވިދާޅުވެފއެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހުޅުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ކަންކަން ކަމަށް ޝަމާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނ

    ތިޔައީ ކެރަފާ ކަޕްޝަން ޕާކު ކެރަފާނަސީމް ވަނީ
    ޢެތައްމިލިޔަން ރުފިޔާއެއް ގެ ޚިޔާނާތް ވެފައި
    މިކަން ޝިފާ އަށް ރަނގަޅަށް އެނގޭނެ
    ސަންފްރަންޓްއިން. ހިލޭދިން ލައިޓް ތަކަށް ބިލްހެދިކަން
    ސިޓީ ކައުންސިލް މުވައްޒަފުން ނަށް ވެސް އެނގޭ
    މިހާރު ތިތަނަށް 20 މިލިއަން ރުފިޔާ ޚަރަދު ކޮއްފި

    25
    1
  2. އަބޫ އިބްރާހިމް

    މައުލޫމާތު ލިބޭގޮތުގަ ތިޔަ ޕާކް ހަދަން 25 ބުރީގެ ދެ ޓަވަރު އެޅޭވަރަށްވުރެ ބޮޑު ހޭދައެއްކޮށްފި. ގަސްތައް ގަތުމުގެ ނަމުގައި އޮޅުވާލައިގެން ބޮޑެތި އަދަދުން އެކި އިންވޮއިސްތަކަށް ބަހާލައިގެން ފައިސާދޫކޮށްފައިވޭ. މެޓީރިއަލްސް ގަނެފައިހުރީ ދެގުނަ އަގުބޮޑުކޮށް ކަމަށްވޭ.

    22
    1
  3. ނާސިރު

    ތިޔައޮތީވާ ކަމެއްކުރެވިފަ. ދެން އެމްޑީޕީ މީހުން ބޮނޑިބަތް ކައްކާ.

    24
    1
  4. ކަމަނަ

    ޔަޤީން ރައްޔިތުން ހުލިވާވަރަށް މިތަނަށް ޚަރަދުކޮށް ވައްކަން ކޮށްފައިވާނެ.

    22
  5. ޓ

    ޜައީސް އޮފީހުގެ ބަޖެޓުން ފުރަތަމަވެސް 16 މިލިޔަން
    ޜުފިޔާ ދިން....
    ޢަމަލީ މަސައްކަތްފެށި2019 ފެބްރުއަރީގައި
    ސަލްޓަންޕާކު ގައި ހުރި ބޮޑު ހިލަތައް ވެސް ގެނައި
    ބިޑް ކުރުމެއް ނެތި ފާޚާނާ ބަރި ހެދީވެސް
    ޢޭސީސީ އަކަށް އެކަމެއް ނުހުއްޓުވުނު..
    ކެރަފާ ނަސީމް އޭސީސީ ގެ ރައީސާ އާއި ދިމާއަށް
    ބަވާލީ...ެެެެެެެ

  6. ޢލަިިނު

    ކެރަފާ ނަސީމް އަށް އެތައް މިލިއަން ރުފިޔާ އެއް ނަހަމުގޮތުގައި ދީފައިވޭ އަދި ތީ ވަކިމީހަކައް ފައިސާ ދިނުމައް ރޭވިފައި އޮއް ޑީލް އެއް މީ އަބަދުވެސް މިހިންގާ ކަންކަމަކީ ވޯޓެއް ދެން ނުލިބޭނެ ހަނޑާ

  7. ދަރަނި ދަންތުރަ

    ގައުމު ދަވާލައިގެން ކަމެއްކޮށްފި ، ސިފާ ގެސްޓުހައުސްއެއް ނިންމާލައިފި ކެރަފާ ނަސީމު ކާލިއަދަދު އިނގޭނީ ސިފާޔަށް ސަމާހު ސަރީފު ދަމާލިވަރުވެސް މަދެއްނޫން ކަމަށްވަނީ ބޮޑެތި ވަގުން ކޮރަޕުސަން ޕާކު....

  8. ނަނޯ

    މަލްޓި މިލިއަން ޕްރޮޖެކްޓެއް. މި ސަރުކާރުން ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް. ދައުލަތުގެ ތަންތަން ހަދާ ނަމުގަ ޓެކްސް ފްރީ މުދާ އެތެރެކޮށް ހިންގީ ކިތައް ޕްރޮޖެކްޓްކަމެއްވެސް ނޭނގޭ. 3 އަހަަރު ވަނީ ވިއްޔާ މިލިއަނުން ތިކަމަށް ހަރަދު ކުރާތާ.

  9. ބާރީ

    ކެރަފާ ޕާކް ، ކުރަފި ޕާކު ، ކެރެއްޕާ ޕާކު

  10. ބާަދުރު

    30 ހަކަރުއް ޖަހާފަ ، ކާޕެޓްގުރާސް ހެއްދީމަ ޕާކު .... ވަޓް؟؟

    2
    1
  11. ވާރޭ

    ނިވަލެއް ، ހިޔަލެއް ނެއް ޕާކް؟؟؟