މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާާރާ (މެޓް)އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ހިމެނޭ އަތޮޅުތަކުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިއްޔެވެސް ބައެއް ރަށްތަކަށް ވިއްސާރަވެ ގެއްލުންތައް ވިއެވެ. އަދި އިއްޔެ މެންދުރު ފަހު މުޅި ރާއްޖެއަށް އޮތީ އުދަ އަރާފާނެ ކަމަށް ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 19:00 އަށެވެ.

މެޓް އޮފީހުން ވަނީ، މިއަދިވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އަދު ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވަނީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.