ރާއްޖޭގެ ތާރީހުގައި ވެސް ޖުޑީޝަރީ އަށް ނުފޫޒު ވަދެފައި ނުވާ ވަރަށް މިއަދު އެ ދާއިރާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ތާރީހުވެސް މި މިންވަރަށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވި ދުވަސްތަކެއް ނާންނަ ކަމަށެވެ. ޝަރުއީ ނިޒާމަށް ފޯރުވާ ނުފޫޒު ހުއްޓުވަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި ޖޭއެސްސީގައި މިހާރު އޮތީ ބަދަލު ހިފުމުގެ ރޫހު ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖޭއެސްސީ "ޕެރެލައިޒް" ކުރުވާފައިވާ ކަމަށް ބުނެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބުމާއި އެކުގައި ވަނީ ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޖޭއެސްސީ އަށް ބޮޑެތި ބާރުތަކެއް ދިނުމާއި އެކުގައި އެ ކޮމިޝަނުން ވަނީ ގިނަ ފަނޑިޔާރުންތަކަކާއި ގުޅުންހުރި މައްސަލަތަކެއް ބަލަން ފަށާފައެވެ.

އަދި އެ މަސައްކަތުގެ ދަށުން ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަތައް ބަލާ އެންމެ ފަނޑިޔާރެއް ނޫން ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން މަގާމުން ވަކި ކުރެއްވިއެވެ. ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓާއި ހައިކޯޓާއި މެޖިސްޓްރޭޓު ކޯޓުތަކުގެ ގިނަ ފަނޑިޔާރުންގެ މައްސަލަތައް މިހާރުވެސް އަންނަނީ ޖޭއެސްސީން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަމަނަ

    އިންސާފެއްނެތް މާޙައުލެއްގައި ހަމައެއް ލަމައެއް އޮންނާނެބާ! އެންމެ މީހެއްގެ ފަރާތުން ތިޔަދުވަނީ

    13
    4
  2. ނިހާން

    ކަލޭ ވަރު ޔަ ހޫދީއެއް ވެސް މީގެ ކުރިން ނުދެކެން.

    7
    49
  3. މާމެންދުވާ

    ޝަހހހހހހޙީމްގެ ޢާއިލާ އަށް ނިސްބަތްވާ ދެޤާޒީން ސަސްޕެންޑް ކުރުމުން އެއީ ނުފޫޒު ފޯރުންތޯ؟؟؟ ޤާޒީން އުޅުނު ގޮތް ހަނދުމަ ނެތުނީތޯ؟؟؟

    6
    19
  4. މޫުސާ

    ޟަހީމުއަށް އިސްލާމް ދީނުގައި ފަޑިޔާރެއްގެ ތެދުވެރިކަމާއި ޢަދުލުވެރިކަމާއި މެދު އެތަނެއްގައި ދިރިއުޅޭ މީހުންނަށް ތުހުމަތު ކުރެވޭ ފަޑިޔާރު މުޖުތަމަޢު ފަސާދަ ކޮށްފާނެ ކަމަށް ޓަކައި ޝަރީޢަތް ކުރުމަށް ބެހެއްޓުން ހުއްދަނުވޭ މިހެންކަމުން ޝަރީޢަތް އޮންނަދުވަހުގެ ކުރީދުވަހު ޤާޟީގެ އެކައުންޓަށް މިލިއަން ރުފިޔާ ޖަމާވަންޏާ ޤާޟީއަކަށް ބަހައްޓައިގެން ނުވާނެ އަދި ބެހެއްޓުމުން ޤިޔާމަތް ދުވަހުގައި ޙާކިމާ ކުއްވެރިވާނެ މިހެންކަމުން ދީނުގެ ޢިލްމު ކިޔަވައިގެން ތިބެ އަތުޖެހުނު ގޮތަކަށް ދުނިޔެކާން ނުކުމެތިބި މީހުންނަށް މިފަދަ ފުރުޞަތު ނުދިނުމަކީ އެމީހުންނަށާއި އެހެންމީހުންނަށްވެސް ހެޔޮގޮތް ޝަހީމުއަށް ވ ސަލާމް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    4
    13
    • Anonymous

      އާނ. ހުސްނުސުއޫދުމެން ހުރިހާ ކޯޓަކަށްލާ ނިންމާ. އެއްގޮތަކަށްވެސް ފަސާދަ އުފައްދާކަށް ނޭނގޭނެ. ރީނދޫ މީހުން ލީމަ އިންސާފު އުތުރި އަރާނެ. މަށަށް ފެންނަނީ ބޮޑުވަޒީރާ ރޯޔަލް ރޭޕިސްޓުންވެސް ލާން.

      16
      6
  5. ސަމްސު

    ނުފޫޒު ފޯރުވާން އެހާވަރަށް ދަސްކޮށްދިނީ ޔާމީނު.. ބޮޑު ސޯބު އުޅޭގޮތަށް ކުދިސޯބުތައް އުޅޭނީ.

    7
    18
    • ބެލޫންބޮޓް

      އާނ ޔާމީނާ އަޅައިގަނެގެން ނެއްޓޭކަށް އަހަރެމެންނަކަށް ނޭނގުނު. ކޮރޯނާވެސް ޔާމީން ފެތުރީހަމަ. ގައުމުގަ ހުޅުޖެހީވެސް ހަމަ ޔާމީން. ބޮޑު ވަޒީރުމެން އަތަށް ރާތަށި އެރުވީވެސް ޔާމީން. މަށަށް އިވުނު ސަފާރީ އެއްގަ ރޭޕްކުރީވެސް ހަމަ ޔާމީން. އެރޭ ޖަލުން ނިކުމެ ފަތާފަ އައީ ހަމަ ޕާޓީ ކޮށްލާ ހިތުން.

  6. ކަހަބު

    ޝަހީމުގެ މުނާފިގު ކަމާއެވެ. ޢިމްރާނަށް ހުކުމްޖެހީ ޝަހީމު ބުނެގެނެއް ނޫންތަ.ގާޒީން ތިބީ އޭރު މާ ނުބައި ހާލަތެއްގަ. ޚާއްސަކޮށް ގ އަތޮޅަށް ނިސްބަތްވާ ގާޒީން. ޝުޖާއު.ދީދީ.ނަޖީބު. ޝުކޫރު މިއީ ގާޒީންގެ ގޮތުގައި ތިބެ ހުކުމުން ވިޔަފާރި ކުރި މީހުން.

  7. Koyya

    ދެލޯ ކަނުވެ ލޮލަށް މިރުސް ދުން އެޅުނީމަ ނުފެންނަނީ ތޯއްޗެ މިއުޅޭބައިގަނޑު ތަކަށް މިޤައުމުގައި މިހިގަމުންދާ މަކަރުވެރި ކަންތައްަތަ ރޯމާދުވާލުގަ ނިކަން ފާޅުކަންބޮނޑުކަންމަތީ ކުރާ އިރުވެސް ކުޑަސޯބޭ ކިޔާފަ ކޮންވާހަކަޔެ މިދައްކަނީ.. އަދިފަހުން ކަލޯމެން ރޯތަން ބަލާނަން
    ﷲގެ އިރާދަފުޅާ މިންވަރުޅުން...

  8. ނުކިޔަވާ ބަކުރުބޭ

    ދޭ ދޭ ފަރުދުންގެ މެދުގައި ޝަހީމަކީ ސިޔާސީ ފިތުނަ ފަސާދަ އުފައްދާ އިލްމު ވެރި މުފައް ކިރެއް