މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ވައިގަދަވުމުގެ ސަބަބުން މާލޭގެ ދެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ދެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 17:24 ހާއިރު އާއި 17:48 ހާއިރު ކަމަށެވެ.

ފުރާޅުން ބައެއް އެއްލާލި އެއް ގެއަކީ ހެންވޭރުގައި ހުންނަ ގެއެކެވެ. އަނެއް ގެއަކީ މާފަންނުގައި ހުންނަ ގެއެކެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ދަނީ ގެއްލުންވަމުންނެވެ. ރާއްޖެ މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވަނީ ގެއްލުންވެފައެވެ. އަދި ބައެއް ރަށްތަކަށް ދަނީ އުދަވެސް އަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްއަލީ

    ހާދަ ފައްކާ ސޭފްޓީ ބެލްޓެއް އެހުރީ އަޅުވާލާފަ

    • ސާޖަންޓް އައްމަޑޭ

      ލޮލް.