އުތުރާއި މެދުރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ މި ބޯޓު އޮޔާ ދަނީ ބ. އަތޮޅާއި ޅ. އަތޮޅާއި ދޭތެރެއިން ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ބޯޓު އޮޔާ ގެންދަނީ އިރުދެކުނަށް، ކާށިދޫ ކަނޑުތެރެޔަށް ކަމަށެވެ.

"ވީމާ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު، 191 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯނު އެދުރު

    މމ މެދު ރާއްޖެ ތެރެއާ އުތުރުގެ ކަނޑުން އެއީ ބ. އަތޮޅާ ޅ. އަތޮޅާ ދެ މެދު ކަ މަށް މިއޮތީ.. ޢެހެންވީ މާ އުތުރު އެއީ ބ. އަތޮޅުން ފެށިގެން އުތުރުތަ. ޙަބަރުގަ ވާގޮތުންނަ މަ ދޭހަވަނީ ޅ. ފެށިގެން މެދުރާއްޖެ ތެރެ ފެށުނީ ކަ މަށް. މީގެ ކުރިން އަހަރު މެނަށް ހީވީ ޅ. ވެސް އެއީ އުތުުރުކަ މަށް. މެދުރާއްޖެ ތެރެ ކިޔަނީ ތ. ލ ހިސަާބަށް??

    1
    2
  2. ކާފަ

    މިފަދަ އެއްޗެހީގަ ސޯލާއިން ދިއްލޭކަހަލަ ނޫނީ އޮޑިފަހަރުފަ ހުންނަ ކަހަލަ ނެވިގޭޝަން ބައްތި ގަނޑެއް ހަރުކޮލާނަމަ ވ ރަނގަޅުވީސް އެއިރުން ވ ދުރައް އަލި ފެންނާނެ.
    ނޫނީ އަޑިއަށް ފަށްތާލާނަމަ، ނޫނީ ކޮންމެވެސް ރަށަކަށް ކަފުޖަހައިގެން ގެނަނަނަމަ.