ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ ބޮޑު ނެޓްވޯކެއް ރާއްޖޭގައި އޮތް ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.
އދ.ގެ ސެކިއުރިޓީ ކައުންސިލުން ނެރުނު ރިޕޯޓަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އިސްލާމިކް ސްޓޭޓްސްގެ ހަރަކާތްތައް ރާއްޖޭގައި ހިންގަމުންދާއިރު، އެ ޖަމާޢަތުގެ ޖަރީމާތަކަށް ވާގިވެރިވާ ސަޕޯޓަރުން ހިމެނޭ ނެޓްވޯކެއް ރާއްޖޭގައި އެބައޮތް ކަމަށެވެ.
"އައިސިސްގެ ހަރަކާތްތައް ހިންގުމުގައި ރާއްޖޭގައި އެ ޖަމާޢަތަށް ވާގިވެރިވާ ގިނަ ބަޔަކު ހިމެނޭ ނެޓްވޯކެއް އޮތްކަމަށް ސެކިއުރިޓީ ކައުންސިލްގެ މޮނީޓަރިން ޓީމަށް ވަނީ މަޢުލޫމަތު ލިބިފައި،" ރިޕޯޓާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.
މިކަން ހާމަކޮށްފައިވާ ނޫހުން ބުނެފައިވާގޮތުން މަހިބަދޫގައި މިދިޔަ އޭޕްރިލް 15 ވަނަ ދުވަހު ލޯންޗުތަކެއްގައި ރޯކޮށްލި ހާދިސާއަކީ އިސްލާމިކް ސްޓޭޓްސް އިން ރާއްޖެއަށް ދިން ފުރަތަމަ ހަމަލާ ކަމަށް އެ ޖަމާޢަތުން ބުނެފައިވާ ކަމަށެވެ. މި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓްސްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތައް މެދުވެރިކޮށް އެ ޖަމާޢަތުން އުފުލާފައިވާ ކަމަށްވެސް ނޫހުގައި ބުނެފައި ވެއެވެ.
އެ ނޫހުގައި މިގޮތަށް ބުނެފައިވާއިރު، ނިރުބަވެރި އަމަލުތައް ދިރާސާކުރާ އިންޓެލިޖެންސް ސައިޓެއްގައި ވެސް މަހިބަދޫ ލޯންޗުތައް ރޯކޮށްލި ހާދިސާގެ ޒިންމާ އައިސިސްއިން އުފުލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެސައިޓުން ބުނެފައިވަ ގޮތުގައި އައިސިސްއިން އެކަން ހާމަކޮށްފައި ވަނީ، ޖަމާޢަތުގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ.
ހަމަ އެހެންމެ މަހިބަދޫގައި އައިސިސް އަށް ވާގިވެރިވާ ބަޔަކު، ލޯންޗުތަކުގައި ރޯކޮށްލާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ހަދާފައިވާ އާލާތެއް ބޭނުންކޮށްގެން ކަމަށާއި، މިއީ މިފަދަ ގޮތަކަށް ރާވައިގެން ރާއްޖޭގައި އެ ޖަމާޢަތުން ދިން ފުރަތަމަ ޙަމަލާ ކަމަށް ވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގާ ނިރުބަވެރި ހަމަލާތައްކާއި ބެހޭ މަޢުލޫމާތުތަކާއި ޖަމާޢަތްތަކުން އެ ހަމަލާތަކާއި ގުޅިގެން ދައްކާ ވާހަކަތައް ހާމަކުރާ އެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
މަހިބަދޫ ފަޅުގައި އަޅާފައިވަނިކޮށް ރޯކޮށްލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި އެ އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި އާއި އެޗްއެމްއެޗްއައި 2 ގެ އިތުރުން ދެ ޑިންގީ އެކެވެ.
ރާއްޖޭގައި މީގެ މަސްތަކެއް ކުރިންވެސް އައިއެސް އަށް ތާއީދު ކުރާ ބަޔަކު، އެ ޖަމާޢަތަށް ވާގިވެރިވާކަން ހާމަކޮށްދޭ އަމަލުތައް ބައެއް ރަށްތަކުގައި ހިންގާފައި ވެއެވެ. އެގޮތުން ށ. މާއުނގޫދޫގެ ފާރުތަކުގައި އައިސިސްގެ ލޯގޯ ކުރެހި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. މީގެ އިތުރުން އައިއެސްއަށް ވާގިވެރިވާ ބަޔަކު ވަކި ޖަމާޢަތްތައް ހަދައިގެން ބައެއް ރަށްތަކުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލަވެސް ކުރިން ފެންމަތިވެފައި ވެއެވެ.
ދުނިޔޭގެ ނޫސްތަކާއި މީޑިއާތަކުގައި އައިސިސްގެ އަޑުކެނޑެމުންދާތީ ފަޅުރަށްރަށުގައި ހުންނަ ފަންގެ ތަކުގައި ކަނޑުކޮހުން ލައްވާ ރޯކުރުވައިގެންވެސް އައިސިސްގެ ނަން ދެމެހެއްޓޭތޯ އެ ބަލަނީ .. އެމެރިކާ މީހުން އިރާގާއި ސީރިޔާއިން ތެޔޮ ވަގަށްނަގަން އެތަނަށް ޖަމާކުރި އިސްލާމީ ގައުމުތަކުގައި އުޅުނު ކަނޑުކޮސް ޖާހިލު ގަބުޅިގުނޑާ ގޭންގުތައް އައިސިސް އަކީ . އެކަން އެގޮތަށް ވިޔަ ނުދޭން ރަޝިޔާ އެތަނަށް ވަނީމާ އެމެރިކާއިން އެކަން ހުއްޓައިފި . ދެން ކޮން އައިސިސް އެއް . އެމެރިކާގެ އެހީއާ ނުލާ ކަނޑުކޮހުންގެ ޖަމާޢަތެއް އެއީ.
އިންޑިއާ ގެ މަގުސަދަކީ ރާއްޖޭ އެއީ ކޮންމެވެސް ބަހަނައެއް ދައްކައިގެން. ގަމާރު
ހަގީގަތް ވާނީ ހަގަތައް މިތާ ހަޢްދުފަހަނައަޅާފަ ތިބިބައިގަޑެއް އެބައުޅޭ
ލާދީނީ މީހުންގެ ބޮޑު ނެޓުވޯކެއްވެސް މިގައުމުގައި އެބައޮތެވެ.
އައްޑޫ ސިޓީ ހިތަދޫ ގަވެސް ތިފާޑައް އުޅޭ ބަޔަކު އުޅޭ
ތިޔަ ހުރިހާ ވާހަކައެއް ތިދައްކަނީ މިފަސްގަނޑުގައި ފައިހަރު ނުކުރެވިގެން.
ދިވެހިންނަށް ހެޔޮއެދޭ އަޑިން މި ދައްކާދެނީ ދިވެހިންގެ މިނިވަންކަން ދޮގު ޚަބަރުތައް ފަތުރާގެން ނަމވެސް ގެއްލުވާލެވޭތޯ އުޅޭ އިންޑާޔާގެ ހުންނަ ސިފަ.
އިންޑިޔާއިން ދިވެހިންނަށް ކޮށްދޭކަންތައްތަކަކީ ހެޔޮ ހިތުންކޮށްދޭ ކަންތައްތަކެއް ނޫން.
ދިވެހިރާއްޖޭގެ މިނިވަންދުވަހާ ދިމާކޮށް މިފަދަ ބަހެއް ބުނެ މިފަސްގަނޑު އިސްތިޢުމާރު ކުރަން ދައްކާހާ ބަހަނާ. ޤައުމިގެ ވެރިން ހޭލަކަށްނުވޭތޯ.
ހައްދަވާ ގެންގުޅުއްވާ އިލާހް އަޅަމެންގެ ޤައުމު އަޅުވެތިކަމުން ސަލާމަތްކުރައްވާ މިނިވަންކަން މަތީ އަބަދަށް ލަހައްޓަވާންދޭވެ. އާ މީން
ބަލަ ގެރިމަސްނުކާ ކޮހުންނައްވާނީވެސް އެހެން އެއުޅެނީ ގައުމުގަތިބި މުސްލިމުންގެދުވަސް ދުއްވާލަން މިވަރައް އިސްލާމުންނާ ދުޝްމިން ބަޔަކު މިކަހަލަ ވާހަކައެއް ދެއްކީމަ ހަޔްރާނެއްނުވޭ
ދިވެހިންގެ ތެރޭގަވެސް ހަރުކަށި ފިކުރު ގެންގުޅޭ މީހުން އުޅޭ މިހާރު ނޭނގޭ އައިއެސްއެއް ދިވެެއްސެއް ޝޭޙެއް ވަކި ކުރާކަށް އަމިއްލައަށް ގޮސް ޝަހީދުވާންވީނުން އަހަރެމެން އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލާ. މިނިވަންދުވަހުވެސް މިތިބެންޖެހެނީ އަޅުވެތިވެގެން ވިއްޔާ
ބޭނުން ވަނީ ތައުލީމީ މުގައްރަރު ބަދަލު ކުރާށެވެ.
ރާއްޖޭގެ އައިސިސް ގޮފީގެ ރައީސް އަކީ ނަޝީދު. އަދި އެއީ އިންޑިއާ އައިސިސް މޯދީގެ އަޅެއް.
އެއުޅޭ ކެނެރީގޭ ސޮރުތަ.
މިފަސްގަނޑުން ފެންނަނީ ދީނީ މިނިވަންކަން ނުލިބިގެން އުޅޭބައިގަނޑަކާ ދީނުގެ ނަމުގައި ހައްދުފަހަނަޅަފައިވާ ބައިގަނޑަކެވެ. ތިންވަނަ ބައިގަނޑަކީ މިޤައުމު ވިއްކާ ނުލެވިގެން އުޅޭބައިގަނޑެވެ. މިތިން ބައިގަނޑުވެސް އަޅުގަނޑުމެން ބޭނުމެއް ނުން!!!!
ތިޔަ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭނީ އިމްރާނާ ހުސްނުސުއޫދަށް
އިންޑިޔާގެ ބީޖޭޕީ ޕާޓީގައިވެސް ތިބެނީ ހައްދުފަހަނައެޅި ނިރުބަވެރިން.
ރާއްޖޭގައި އައިސިސް ޖަމާއަތުގެ ނުރަށްކާ ވަރަށްބޮޑު އެޖަމާއަތުގެ މެންބަރުން މިހާރުވެސް މަޖިލީހުގައި އެބަތިބި އަދި އެމީހުންވަނީ މާރާމާރި ހިންގާ މީހަކު ތަޅާ ހަފުސްކޮށްލާ ދޮރުން ބޭރަށް އެެއްލާލާފަ.
ލާދީނީ މީހުންގެ ބޮޑު ނެޓުވޯކެއްވެސް މިގައުމުގައި އެބައޮތެވެ.
ކޮންމެ އެއްޗެއް ކިޔަސް ގެރި މަސް ކާނަން.. ހެހެހެހެ..
ތީކީ އައި އެސްގެ ލޯގޯއެއް ނޫން.ތިއީ ތައުހީދުގެ ކަލިމައާއި ﷲގެ އިސްމުފުޅާއި ކީރިތި މާތް ނަބިއްޔާގެެެ ނަންފުޅު.އިސްލާމްދީނުގެ ނަން ހަޑިކުރުމަށް ހުޅަނގާއި އެމެރިކާ އަޑީގަ އޮވެެެގން ކުޅޭ ނުބައި ގޭމެއްތީ...މިޒަމާނަކީ ބޮޑު އަދަދުން ފައިސާ ދިނީމަ ކޮންމެ ކަމެއް ކޮއްލާ ޒަމާން.. އަމިއްލަ ދީނާއި ޤައުމާއި އާއިލާއަށް ބެލުމެއްނެތި ހިންގާލާ ޖަރީމާތަކުގެ ހަޤީޤަތް މާތްﷲ މޮޅަށް ދެކެދެެނެެވޮޑިގެންވޭ..
ބަނުލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކުއެކި ސަރުކާރުތަކުން ރާއްޖެއާއިމެދުގައި ކުރާ ތުހުމަތުތަކާއި، އަޅުވާ މިފަދަ އިލްޒާމުތަކަކީ، ހަމަ ދިވެހީންގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު، އެކިފަރާތްތަކާއި ކުރާ މުވާމަލާތްތަކުގެ ނަތީޖާ. އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ އެބަޔަކު ބޭނުންވަނީ، އެމީހުންގެ އަމިއްލަ (މުޑުދާރު) އެދުންތަކެއް، ކޮންމެ ގޮތެއްގައި ވިއަސް ޙާޞިލުކުރަން. ޤައުމަށް ކޮންމެފަދަ ގޮތެއްވިއަސް މިމީހުންނަށް ހެޔޮ. ގިނަބަޔަކަށް މިކަންކަން މިދާގޮތް އެނގޭވެސްމެ. ވެފަ މިތިބީ ކީއްކަމެއް ނޭނގެ. ގައިމުވެސް ވަށަވަށައިގެން މިއޮތް ވަމުންދާހާ ދެރަ ކަންތައްތަކާއި ދެކޮޅަށް، ހަމަ ހުރުވައިލަންކެރޭ އެކަކުވެސް އަދި ނުފެނޭ.
ބަންގާޅީނައް ވުރެކުރިން އެބަޖެހޭ މިގަުމުގަ ތިބި އިނަޑިއާމީހުން ރައްޔަތުންނިކުމެ ކޮމްމެރަށެއްގަވެސް އެރަށއްގެ ނެރުންބޭތުކުރަން
އިންޑިޔާއަކީވެސް މުސްލިމުންނަށް ނުރައްކާތެރި ޤައުމެއް. ތިއީ އަންހެެނުންނާއި އަންހެން ކުދިންނަށްވެސް އެހާމެެ ނުރައްކާ ޤައުމެއް ..ވަކި ބަޔަކަށް އިނގިލި ދިއްކުރެވޭކަށް ނެތް.ތިމާމެންގެ ހާލު މާދެެެރަކޮށް އުޅެނީ.... އަމިއްލަ ޤައުމުގަ ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ހިސާބު ކިތާބު ހަދާފަ ރިޕޯޓުނެރެފަ އާންމު ކޮށްބަލަ..
މިރާއްޖެއައް މިހާރު އޮތް އެންމެބޮޑުނުރައްކަލަކީ ދައުލަތުގެ މަތިފަޑީގަ އިސްލާމްދީނާ ﷲ އާއި ރަސޫލާ އައްނަފުރަތުކުރާ ދިވެހިންތަކެއް ތިބިކަން މިބައިމީހުންހެ އަމާޒު ހުރީ 2023 ގެ ކުރިން އެހެންދީންތަކައް މިތަނުންޖާގަދިނުން ތައުލީމީ މުގައްރަރު ބަދަލުކުރުން. އިސްލާމީ ގައުމުތަކުން މަތީ ތައުލީމު ފުރުސަތު ނުދީ ހުޅަގުގެ ގައުމުތަކުން ތައުލީމީ ފުރުސަތުތަކައްލޯނު ދިނުން މަދުވެގެން އިސްލާމްދީން ގަބޫލުނުކުރާ 25000 ދިވެހިން އުފެއްދުން މިކަމުގެ އަޑީގަތިބި މީހުނައް ބޮޑެތި އަދަދުތަކުން ފައިސާ ލިބެމުންދަނީ...
އިންޑިޔާއަކީ އިސްލާމް ދީނުގެ ދުޝްމަނެއް މު،ސްލިމުންނަށް ހުރި ނުރައްކަލެއް