ރާއްޖޭގެ މިނިވަންކަން އަތުން ބީވެ ދިއުމުގެ ބިރު ކޮންމެ ރައްޔިތެއްގެ ހިތުގައި އެބައޮތް ކަމަށާއި މި ދަނޑިވަޅުގައި މިނިވަންކަން ދެމެހެއްޓުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަ ކުރާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުލިގެން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިނިވަން ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.

އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ނެތިގެން ހިނގައިދާނެކަމުގެ ބިރު ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އުފެދިފައިވާ މި ނާޒުކު ދަނޑިވަޅުގައި މިނިވަންކަން ދެމެހެއްޓުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރާއްޖެއިން މިނިވަންކަން ގެއްލިގެން ގޮސް ދާނެކަމުހެ ބިރު އޮތްކަމަށް އިދިކޮޅުގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ހާއްސަކޮށް މި ސަރުކާރަށްފަހު ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮތް ވަރުގަދަ ގުޅުމާއި ގުޅިގެން އެފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިންޑިއާއިން އާދައާއި ހިލާފަށް ގިނަ އެހީތަކެއް ރާއްޖެއަށް ފޯރުކޮށްދެމުން އަންނާތީ، އެއީ އިންޑިއާގެ ބޮޑު އެދުމެއް އޮވެގެން ކުރަމުން އަންނަ ކަންތައްތަކެއް ކަަމަށް އެފަރާތްތަކުން ބުނެއެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަސަދު

    މިނިވަންކަމޭ، ދީނޭ ކިޔައިގެން ގައުމުގައި ހަޅޭއްލަވާ މީހުން ސިޔާސީ ދާއިރާ އިން ފޭ އަށް ޖެހުމަށް ދަންނަވަން. މިގައުމު މިމީހުންގެ ކިބައިން ސަލާމަތް ވާން އެބަޖެހޭ.

    7
    28
    • ކޮން ހަސަދެއް

      ދީނަކީ މިނިވަންކަން. ކިތަންމެ އެއްޗެއް ކިޔަސް އިސްލާމްދީނަކީ އުދަގުލަކަށް ނަހަދާ. ސިޔާސީކަންކަންވެސް ހުޅަނގުގެ ގައުމުތަކުގައިވާ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި އިސްލާމްދީނުގައިވާ ގޮތަށް ބެހެއްޓީމާ މިގައުމު މިނިވަންވާނީ.

    • މަގޭ ޚިޔާލު

      ކަލޭމެން ކަހަލަ ދެބަންދިހާރުން ގެ ކިބައިންވެސް މިގައުމު ސަލާމަތްކުރަން ޖެހޭ. ކުޑަފައިސާ ކޮޅަކަށް ދީނާއި ގައުމު ވިއްކާ ބައިގަނޑާ ގުޅުން ބާއްވާނީ ކަނޑުކޮހުން.

  2. ވަތަނީ

    ރާއްޖޭގެ މިނިވަންކކ ކަން ހިމާޔަތް ކުރުމަށްޓަކައި މިހާރުން މިހާރަށް ކުރެވެން ހުރި ކ ކަންކަން ދެނެގަނެ އެ ކަން ކަން ތަންްފީޒް
    ކުރުން އަވަސް ކުރުމަށް ސަރު ކކ ކާރަށް ގޮވާލަމެވެ.

  3. ބޭޗާރާ

    މިނިވަންކަމުގެ ބިރު އޮތީއެއް ނޫން. ޔަގީން. އިންޑިޔާ ރުހޭހައި ގޮތަކަށް މިގައުމު ހިންގާކަށް ނުޖެހޭނެ.

  4. ގައުމު ގޮވަނީ

    މިގައުމު ގޮވަނީ މުހައްމަދު ތަކުރުފާނު ހުސެން އާދަމް ފަދަ ދިވެހި އިސްލާމީ ލޭހިނގާ ދަރިންނަށް ގައުމުގެ މިނިވަންކަމުގެ ރަހައެއް ނުލާ ނަސީދު އެވިދާޅުވީ ރަނގަޅަށް 55ވަނަ މިނިވަންދުވަސް ބަޔަކަށް ނޭގުނަސް ނަސީދު އެބުނީ ތެދެއް މިގައުގެ މިނިވަންކަމާ އިޖުތިމާއީ ފޭރަންވަނީ ހަލަކުވެގެން ގޮއްސަ ވިސްނާ ފިކުރު ކޮށްބަލަ މިގައުމުގެ ސަލާމަތީ ބަރުގެ އެންމެ އިސް އޮފިސަރު އެބުނި މިގައުމު މިއޮތީ ބޭރު ބައެއްގެ އިސްތިއުމާރީ ބާރެއްގެ ދަށުވެފައެ މީ ވަރަށްވަހަކަ ޒުވާނުންނޭ ގައުމު ހިމާޔަތްކުރުމަކީ ޒުވާނުންގެ ޒިންމާއެއް ހިންގާ ދަތުރުފަށަމާ ތުރާކުނުން ފެށިގެން އަށްޑުއާ ހަމައަށް ބޭރުގެ ކުލީސިފައިން ފަހާ ދުރަށް ލުމަށް ވަރުގަދަ ޖިހާދެއް ފެށުމަށް އިހުސާން ސާރ ގެ ކޮމާންޑަރު ކަމުގެ ދަށުގާ މަމިހިރީ އެކަށް ތައްޔާރު ކުލަޔަކަށް ޕާޓީއަކަށް ބެލުމެއް ނެތި މިދައުވަތު ގަބޫލް ކުރަށްވާ އެއަށްބފަހު ޕާޓީއާ ކުލަ އަންނަނީ ފުރަތަމަ ދީނާ ގައު މިނިވަންކަން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  5. މެކް

    މާބޮޑައްވެސް އެބިރުވެރިކަން އެބައޮތް މިހާރު ހިޔެއްނުވޭ މިވަންދުވަސް އަންނަހެނެއްވެސް

    7
    1
  6. އަލްޖިބްރާ

    ތިކަހަލަ ގަމާރުންނަށް އެހެންހީވާނެ ! މިއަށްވުރެ މާދަތި ފަޤީރު ދުވަސްތަކުގައިވެސް މިޤައުމު އޮތީ މިނިވަންކަމުގައި ! މިރާއްޖޭގެ މިނިވަންކަން ގެއްލި ދިއަސް ދާނީ ތިކަހަލަ އަމިއްލައެދުން ބޮޑެތި މީހުން މިޤައުމު ހިންގަން ދިމާކުރީމާ ! ކަލޭމެން ކޮށްފަހުރި ވައްކަންތައް ފަޅާއަރަމުން ދާވަރަކަށް ދިވެހިންދަނީ ދަރަނިވެރިވަމުން ! އެންމެފަހުން ފަޅާއެރީ ވެސް ޔާމީނު ތެލުގެ ވަގުވިޔަފާރި ހިންގައިގެން ކޮށްފަ ހުރިވައްކަން ! އަދިވެސް އަގަގަޅާތި !

  7. މައްކާރު

    މިތާނގަ މިނިވަންކަން މިހާރު އޮތީނަމެއްގަ ބޭރުގައުމެއްގަހުރި މީހަކު ބުނާގޮތަކައް ނޫންގޮތަކައް މިސަރުކާރައް ފިޔަވަޅެއްވެސް އަޅަންނުކެރޭ ދެން ކޮންމިނިވަންކަމެއް މިތާއޮތީ