ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅި ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި އޮތް ރިޕޯޓެއް ދޮގު ކުރައްވައި ހޫދު ވިދާޅުވީ އެއީ ކަނޑައެޅިގެން "ރޯ ބުހުތާނު ދޮގެއް" ކަމަށެވެ.

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް، އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނޯންނާނެ ކަމަށް ހޫދު ވިދާޅުވިއެވެ. އެއީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.

"އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!" މި ސުރުހީގެ ދަށުން "ދިޔަރެސް" ނޫހުގައި ޖަހާފައި އޮތް ރިޕޯޓެއްގައިވާ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ހުށަހަޅާފައި ވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެސިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައި އޮތް ކަމަށް އެ ނޫހުގައިވެއެވެ.

ދައްޕަރުގައި ބޭރު މީހުންނަށް މިލްކު ކުރެވޭގޮތަށް ވިލާތަކެއް އަޅަން ކުރިންވެސް އެމްޑީޕީ ސަރުކާރުން އުޅުނު ކަމަށް އެ ނޫހުން ތުހުމަތުކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް އެ ނޫހަށް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މަކަރުވެރި، ހީލަތްތެރި، ދޮގުހަދާ ސަރުކާރު

    12
  2. ޏަމް

    އެމްޑީޕީ މީހަކު ދޮގެއްބުނެފިތަ އެވާނީ ތެދަކަށް ތެދެއްބުނެފިތަ އެވާނީ ދޮގަކަށް މިއީ މިވެރިންގެ މޮޓޯ.

    11
  3. އޮޅުވާލި ވޯޓު

    ރާއްޖޭގެ 3 ސަރަހައްދެގަ މިއަދުވެސް އިންޑިއާ މީހުން ވަޒަންވެރިވެގެން މިތިބީ ކޮމްމެ ދުވަހަކު ލޯމައްޗަ ފެންނަން ހުރިހަގީގަތަވެސް މިހަދަނީފާޅުގަ ދޮގު ދެންކޮންކަމަކައް ތެދެހަދާނީ މި ނަހަލާލުސަރުކާރުގެ ނާގާބިލުވެރިން

  4. ރައްޔިތުމީހުން

    ތި ޓުވީޓްގެ ފަހުން އެބައޮތް ތިއީ ތެދެކޭވެސް ބުނެފަ

  5. ޝަފީޤް

    އުފާވޭ ބުނެލާވާހަކައިން އެކަމު ދިމާއިދިކޮޅައްކޮންމެކަމެއްވެސް ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން