ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެ ކުންފުނީގެ ވަޒީފާ އިން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

އޭނާ ވަޒީފާއިން ރިޓަޔާކުރައްވާފައި މިވަނީ މެދުނުކެނޑި އެމްއޭސީއެލްގައި ޚިދުމަތް ކުރައްވާތާ 39 އަހަރު ފުރުމަށް ފަހުގައެވެ. މޫސާ ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑު ބޭބޭފުޅުވެސްމެއެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަމާ މޫސާ ސޯލިހު ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބުވެވަޑައިގެންފައި ވަނިކޮށް، އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ 2018 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެކްޓިން މެނޭޖިން ޑިރެކްޓަރގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މޫސާ ސޯލިހު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައެވެ. އެމްއޭސީއެލް އިން މޫސާ ސޯލިހު ރިޓަޔާ ކުރެއްވިއިރު އޭނާގެ އުމުރަކީ 65 އަހަރެވެ.

މޫސާ ސޯލިހު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެމްއޭސީއެލުން ވަނީ ޚާއްސަ ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި މޫސާ ސޯލިހްގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމްއޭސީއެލްގެ މުވައްޒަފުންގެ ނަމުގައި އޭނާ އަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްއޭސީއެލް ހިންގުމުގެ އެންމެ އިސްވެރިޔާ މިއަދު ރިޓަޔާ ކުރައްވާފައިވާއިރު ދާދިފަހުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ބޭފުޅެއް ވަނީ ހަމަޖައްސަވާފައެވެ. އޭނާ އެމްއޭސީއެލްގެ ޚިދުމަތަށް ރަސްމީކޮށް ޚިދުމަތަށް ނުކުންނަވާނީ މި ހަފުތާގައި ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ބަންދު ދުވަސްތަކަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސާ

    ހަމަ ދިވެއްސަކު ނެތީތޯ އެއާރޕޯރޓު ހިންގާ ކުންފުނި ހިންގޭވަރުގެ. މިއީވެސް ހަމަ މިނިވަން ކަމާއި ގުޅުން ހުރި ކަމެއް. ކުރީފަހަރު ޖީ.އެމް.އާރ އަށް އެއާރޕޯރޓު ދިނީ

  2. މުހައްމަދު

    ޚިދުމަތް މެދުނުކެނޑި 39 އަހަރެއް ނުވާނެ! 1992 ން 1994 އާއި އެދުވަސްވަރު މޯލްޑިވްސް ޕޯސްޓްގަ މަސައްކަތް ކުރެއްވި! އޭގެފަހުން އަނެއްކާވެސް މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ އާއި އަލުން ގުޅިވަޑައިގަތީ!

  3. މޯދީ

    ވަރަށް ރަނގަޅު ނިންމުމެއް. ކުންފުނީގައި ލާރިކޮޅެއް އޮތްވައި އަވަ ހަށް ރިޓަޔަރކޮށްފަ ރިޓަޔަރމެންޓް ބެނިފިޓްސްގެ ގޮތުގައި އެތައް މިލިއަނެއް ނެންގެވީ. ފަސްކުރި ނަމަ މުކޮސްވެސް ނުލިބޭނެ. މުޅި ދައުލަތް ބަނގުރޫޓްވާއިރު ހުރި ހާ ތަނެއްވެސް ބަނގުރޫޓްވާނެ.

  4. ލައިޓް

    މޫސާ ސޯލިހު ދެކެ އެއާރޕޯރޓް ސްޓާފުން ލޯބިވީ ހިތް ތިރިވީމަ، ތެދުވެރީމަ، ކޮށްދެއްވި ހިދުމަތަށް ވަރަށްގިނަ މީހުން ޝުކުރުވެރިވޭ.

  5. ލޫޓުވާ

    ރިޓަޔާ ކުރެއްވީކީނޫން 65 ހަމަވީމަ އޮޓެމެޓިކުން ރިޓަޔާވީ. އެއްމެ ދުވަހެއްވެސް ދޫނުކުރާނެ ދައުލަތް ދެވުމުގަ އަވަދިނެތި.

  6. ނީމް

    65 އެކަމް ވ ޒުވާން ކޮށް ހުންނަ މީހެއް! ވ ފެންނަ މީހެއް ތީ!