ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު، ތައިލޭންޑުން މި ބަލި ޖެހުނު މީހުންނަށްވުރެ އިތުރުވެއްޖެ އެވެ.

ތައިލޭންޑަށްވުރެ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިތުރުވެފައި މިވަނީ، އިއްޔެވެސް ރާއްޖެއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ތައިލޭންޑުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 3291 މީހެކެވެ. ރާއްޖެއިން އިއްޔެ އިތުރު ގިނަ ބަޔަކު ހިމެނޭހެން ޖުމްލަ 3302 މީހަކު ވަނީ ފައްސިވެފައެވެ.

ރާއްޖެއިން އިއްޔެ އިތުރު 50 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. ތައިލޭންޑުން އިއްޔެ ފައްސިވެފައި ވަނީ 9 މީހުންނެވެ.

ރާއްޖެއަށްވުރެ ބަލި ޖެހުނު މީހުންގެ އަދަދު ތައިލޭންޑުގައި މަދުވިނަމަވެސް އެޤައުމުން މިހާތަނަށް 58 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ހަތަރު ބިދޭސީއެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ތައިލޭންޑުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 3109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެނީ 124 މީހަކަށެވެ. އޭގެތެރެއިން ސީރިއަސް ހާލުގައި ފަރުވަދެނީ އެންމެ މީހަކަށެވެ.

ރާއްޖޭގައި މިވަގުތު 738 މީހަކަށް މި ބަލީގައި ފަރުވާދެމުން ދެއެވެ. މީގެތެރެއިން 60 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އަދި އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

މި އަދަދުތަކަށް ބަލާއިރު 69 މިލިއަން މީހުންގެ އާބާދީއެއް އޮތް ތައިލޭންޑަށްވުރެ، އާބާދީ ކުޑަ ރާއްޖޭގެ ހާލަތު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެތައް ގުނައެއް ގޯހެވެ. ރާއްޖެއަކީ މިވަގުތު ދުނިޔެއިން 105 ވަނައަށް ކޮވިޑްގެ އެންމެ ގިނަ ވޭދަނަ (ކޭސް) ފެންމަތިވި ޤައުމެވެ. ރާއްޖެ ހިމެނޭހެން މިހާތަނަށް މި ބަލި ފެނިފައި ވަނީ ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޔޫސޭ

    ތައިލެންޑުގަ އެކްޓިވް ކޭސްތައްވެސް ހުރީ އެންމެ 85 . ރާއްޖެއަށްވުރެ އާބާދީވެސް ބޮޑު ޤައުމެއް. ކީއްވެބާ ކޮންޓްރޯލް ނުވެގެން މިއުޅެނީ މިޤައުމުގަ

    25
  2. ދިދަ ދަނޑި

    ފައްސިވާ އަދަދުތައް ކިޔުމުގެ ބޭނުމެއް ނެތް.. ކޮންޓްރޯލް ކުރަން ބޭނުންވާ ނަމަ ސްކޫލްތަކެއް ނުހުޅުވީސް.. އޮފީސްތަކާ ހޮޓާ އަދި ކެފޭ ރެސްޓޯރަންޓްތަކެއް ނުހުޅުވީސް...ކުޅޭ ތަންތަނާ ޕާރކު ތަކެއް ނުހުޅުވީސް.. ހުއްދަނެތި ބޭރަށް ނުކުމެވޭގޮތް ނުހެދީސް.. ބަލި ފެތުރޭކަން އިނގިހުރެ ބަލި ފަތުރަން ފުރުސަތު ދީފަ ފައްސިވާ އަދަދު ގިނަވެގެން އުޅުމަކީ ބޮޑު ޖޯކެއް.. ކޮންޓްރޯލް ކުރަން ބޭނުމިއްޔާ ކުރިން އޮތް ގޮތަށް ބަންދުކޮށްލަންވީ..

    26
  3. ހޭބަލި

    ބަލި ކޮންޓުރޯލު ކުރެވިގެން އުފަލުން ހޭކެނޑިފަ ސަރުކާރުގެ މީހުން! ދިވެހިން ގަމާރެއްނޫނޭ! ކަލޭމެން ހޭބަލި ނުވެބަލަ! މިހާރުން މިހާރަށް މާލެ ލޮކްޑައުންކޮށް 5 ހަފްތާވަންދެން ގޭގަ ބައިތިއްބާ! ހަމައެކަނި ބަންގާޅުބޭފުޅުންތަ ހިމާޔަތްކުރަންވީ ؟؟؟؟

    15
    3
    • ޒަމްޒަމް

      ކޮރޯނާއަށްވުރެ ކުރިން ޑިޕްރެޝަނުން ގިނަ މީހުން މަރުވެދާނެ. 100އަށްވުރެ ގިނަ ދުވަހު ގޭގަ ތިބެވިއްޖެ އިތުރު ލޮކްޑައުނަކަށް ދާނެ ހިތްވަރެއް ނެތް.

      3
      11
  4. ޢައިންތު

    ސާބަސް ދިވެހިންނަށް

    5
    2
  5. ބެންކޮކް

    މިއަދުވެސް މަގޭ މޫނު މައްޗަށް ސައިކަލަކު ދުއްވާފަ ދިޔަ މާސްކު ނާޅާ ހުރިމީހަކު ކިނބިއްސެއް އެޅީ. ކިރިޔާ ހޮޑު ނުލެވުނީ . ދިވެހިން ދުވަހަކުވެސް އިސްލާހެއް ނުވާނެ

    13
  6. އައިޝާ

    މިވަރު ނުވެގެންނު އެ އުޅެނީ. ކޮލެޖް އާ ތަންތަން ނުހުޅުވިގެން އުޅޭއިރު ހީވަނީ އެހެންފަދަ ކަމެއްހެންނޭ. އަދިވެސް ފައްސިވާ މީހުން މަދު ކަމަށް.

  7. މނ

    ތައިލެންޑް ރަށުތެރެއިން ބަލި ނުފެއްނަތާ މަހަކައްވުރެ ގިނަދުވަސް ވެއްޖެ. ބޭރު ގައުމުތްކުން ގޮސް ކަރަންޓީން ފެސިލިޓީތަކުގަ ތިބި މީހުންގައިން އެކަނި ބަލިފެންނަނީ. .. ވރށ ސލމ

  8. ނާދިރާ

    ސަރުކާރު ބަދަލުކޮށްގެން ނޫނީ ހެޔޮގޮތެއް ވާކަށްނެތް.

    2
    1
  9. ބިދޭސީ

    މިއަދު އޮފީހަށް ދާން ނިކުތް ތަނުން ފެނުނީ ބިދޭސީ ބޭފުޅަކު ނޭފަތް ފޮޅާލާފަ ކައިރީގަ ހުރި ގަހަކަށް އަތް ފޮޅާލި ތަންް. ދެން އޭނަ އަތުގަ އޮތް ޕާން އެރުވީ ވަލެއްގެ އެހީގަ 3 ވަނަ ފަންގިފިލާ އަަަށް. އޭރުވެސް އޭނަ ނޭފަތް ފޮޅާލި އަތް ސާފެއް ނުކުރޭ !! މިވަރުން ކިހިނެތް ސަލާމަތް ވާނީ ކޮވިޑުން !

  10. ހޯގުޅާ އަހަންމަދު

    ކިިކޭ ބުނާނީ ދޯ

  11. ބެގީ ރަސީދު

    ކަންޓުރޯލު ނެތީ..މީހުން ގިނަ ވަނީ

  12. ޙާލިދު

    އޭކީ މައްސަލަ އެއް ނޫނޭ? ތައިލެންޑް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަށްވުރެ ރާއްޖޭގެ އާބާދީވެސް ބޮޑެއްނު
    އެހެން ވީމަ އެވަރުގެ ކަމެއް ވެދާނެ?