ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ނޫހެއް ކަމަށްވާ "ޒިންހުވާ" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ. ޝާހިދު ވަނީ ޗައިނާއަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ މިހާތަނަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ގައުމެއްކަން ފާހަގަ ކުރައްވައިފައެވެ.

"ކޮވިޑް-19 ގެ ހާލަތުގައި ވެސް ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައި. މީގެ ކުރިންވެސް ޗައިނާ އިން ވަނީ ރައްޖޭގައި ތަރައްގީގެ ގިނަ މަޝްރޫތަކެއް ކުރިޔަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދީފައި، އަދި ކުރިޔަށް އޮތް ތަނުގައިވެސް ޗައިނާއިން ރާއްޖޭގައި މިފަދަ މަޝްރޫތައް ކުރިޔަށް ގެންދިއުމަށް ރާވައިފައި އެބަހުރި،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާގެ އެހީތެރިކަމާއިއެކު ހުޅުލެއާއި މާލެއާއި ދެމެދުގައި ގާއިމްކޮށްފައިވާ "ސިނަމާލެ ބްރިޖް"އަކީ ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި ބާއްވަމުން އަންނަ ގާތް ރަހުމަތްތެރިކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާލުވެފައެވެ.

ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު ގިނަ އެއްބަސްވުންތަކެއްވެ ރާއްޖޭގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު، މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަވަށްޓެރި އިންޑިއާ އާއި އޮންނަ ގުޅުން އިތުރުކުރުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލޫޓުވާ

    ޗައިނާއިން ޝާހިދަށް ލިބުނުވަރު މަދީތަ. ނޫނީ ޗައިނާއިން ޑޮލަރުކޮޅެއް ބޭނުންވީތަ. ޗައިނައިން ބޭނުންވާވަރަށް ފައިސާ ލިބުމާއެކު އިންޑިޔާއަށް ސަނާކިޔަނީ. ޗައިނާއަކީ ކަލަގޮވާ ގައުމެއްނޫން ކަމުން ވާނުވާ ނޭނގެނީތާ.

    15
  2. މާމީ

    އިއްޒައްތެރި ޝާހިދު ޗައިނާ އިން ނުއުޅޭ ކަލޭމެނާ ވާހަކަދައްކާކައް ކަލޭމެން ރަނގަޅުވާނީ ލޮލާލޯ ދިމާވާ މޯދީއާ ވާހަކަކުރިއައްގެން ދިއުން.

    21
  3. ގްރެފިޓީ

    ކަންބަޅި (ސީޕް) ކެހެރީގައި ތިބި ހިޔަޅުންތަކެއް. ކުރިން ދުވަހަކު މީނަބުނި ޗައިނާއިން އަޅާފައި އޮތީ ފަންފުޅަފެކޭ. ބޮއްޅަބޭ ބޭނުން ނުވާކަމެއް ކަލެޔަށް ކުރެވޭތަ؟ ޢަޅުވެތި ކުރުމުގެ ވިސްނުން ޗައިނާގަ ނެތީ.

    16
  4. ކާޕެޓް

    މޯދީކޯފާވާނެ

    19
  5. ޢެކަމަކު ވާ

    ގައްދާ ރު .ޔާ ﷲ މި ނުބައި އަނިޔޥެ ރިކަން މުލުން ލުހެލެވޭނެ ފަދަ ގޮތެއް އަޅަމެންނަށް މިންވަރު ކު ރައްވާނދޭވެ.އާމީން

    14
  6. އަލީ

    ޗައިނާ ނުއުޅޭ ހޭބަލިވެގެން ކަލޭމެނާ ވާހަކަ ދައްކާކައް. ސޮރީ ކާރޕެޓު

    17
    1
  7. އަސްލަމް ޝާކިރު

    ދިވެހިންނަށް ކަޅުބިލަމަސް އޮޅުވާލަން ދައްކާކަހަލަ ވާހަކައެއް ތިޔަ ދައްކަވަނީ، ރަށްޔިތުންގެ އަޑުގަދަވާން ފަށާ ކޮންމެ ފަހަރަކު ތިޔަ ވާހަކަ ދައްކަވާ ކަންވެސް އެއީ ރަށްޔިތުން ދަންނަ ބޮޑު ސިއްރެއް.

    15
  8. ލޮލް

    މިމީހުން ބުނާއެއްޗެއް އަޑުއަހަނީ ވަނީ އެކޮޅުކޮޅުން ތިބެގެން

    12
  9. ޣަނީ

    ރޔ ސަރުކާރުގައި ޖެހި ފަންފުޅަފިންވެސް ފަންކޮޅެއް ކަޓުވައިލެވޭތޯ ބަލަނީތަ، ކާޕެޓް ބްރޯ

    13
  10. ލ.ލިންކު ރޯލްޑު

    ޗައިނާ އެހީނުވެއްޖެ ނަމަ މިސަ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ސަ ރުކާ ރު ވަޅުޖަހާނެ!

  11. ިބޯކިބާ

    މިިމީހުންގެ ވާހަކަ އަޑުއަހައިފިއްޔާ ހީވާނީ ރާއްޖޭގައި މަޝްރޫއުތައް ނުހިންގިގެން ޗައިނާމީހުން ދެރަވެގެން ރޮއެރޮއެ ތިބޭހެން.