ރާއްޖޭގައި ކޮވިޑް-19 ހާލަތު ގޯސްވެ ވަރަށް އަވަހަށް ރާއްޖޭގެ ސިއްހީ ނިޒާމަކަށް ނުކަތާވަރު ވެދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ދުންޔާ ޓްވިޓާގައި ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރަން ދެވަނަ ފަހަރަށް ފުރަބަންދަކަށް ދާން ސަރުކާރުން ނުނިންމަނީ ކީއްވެކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ދުންޔާ ވިދާޅުވީ ފަތުރުވެރިން ވެސް ރާއްޖެ އަށް އަންނާނީ ހާލަތު ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ދައްކާ ގާބިލްކަމަށް ބަލާފައި ކަމަށެވެ.

ހާލަތު ގޯސްވެ، ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާވަރު ވެދާނެ ކަމަށް ދުންޔާ ވިދާޅުވިއިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް އިތުރު ވެފައެވެ. މިހާރު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 60 އަށް ވުރެ ގިނައެވެ.

މާލެ ސަރަހައްދުގައި ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުން ދާއިރު، މާލެ ސަރަހައްދުން ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގައި ހުރީ 300 މީހުންގެ ޖާގައެވެ.

ޖުލައި މަހު ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ފުރަބަންދު އުވާލައި ގާތްގަނޑަކަށް ހުރިހާ ފިޔަވަޅުތަކަކަށް ވަނީ ނިމުން ގެނެސްފައެވެ. ހުރިހާ ކެފޭތަކަކާއި ރެސްޓޯރެންޓްތަކެއް ވެސް މިހާރު ހުޅުވާލާފައި ވާއިރު މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓްތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ުފފސ

    ކޮންމެ މީހަކުވެސް އަރރާ ފާޑުފާޑުގެ އިންޒާރު އެބަދޭ. ކަންކަން ރަގަޅުކުރުމަށް ފިޔަވަލުއަޅާކަށް ނެގޭ. އަޅާނެ ފިޔަވަޅު ނެތިއްޔާ އަނގަ މައިތިކޮށްގެން ހުރޭ ބައްޕާފުޅު ވެރިކަން ކުރިއިރު ގަެުމުގަ އޮތީ ހަމައެކަނި މާލެ. އެކަމުގެ ހިތި މިއަދު މިފެންނަނީ

    18
    5
  2. ޝަރީފް67

    ޢެހެންމީހުން ތިބެނީ ބަޑަށް ކަލޭމެން އަތުގައި ފައިސާހުރީމާ ލޮކްޑައުން ދޯ

    7
    1
  3. ހާލަތު

    ކެފޭ ރެސްޓޯރަންޓް ތައް މިހާރުން މިހާރަށް ބަންދުކޮށް ޕާޓީތަކާއި އެއްވުންތަކާ ހަފްލާތައް ބޭއްވުން މަނާކުރަންވީއެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރުންވެސް ހުއްޓުވަންޖެހޭ. އާންމު ވިޔަފާރިތައް ފިޔަވަޅުތަކާ އެކު އަދި ކުރިޔަށް ގެންދެވިދާނެއެވެ.

    5
    1
  4. ތެދު

    ކޮވިޑްއަށްވުރެއް ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާތީމާކަންބޮޑުވޭ ކޯފާއަށްބިރުނުގަންނަނީތަ...!؟އާބައްޕާފުޅުވިދާޅުވީކޯފާއެއްނޫނޭދޯ ...؟!!އައުރަނިވާކުރާކައްވެސްނުޖެހޭނެޔޭ...!؟! ސުބުހާބަﷲ.

  5. ޟިމް

    ބަލަ ކަމަނާގެ ބައްޕާފުޅު 30 އަހަރު ވެރިކަން ކުރި އިރު ހަމަޗއެކަނި މާލެ އަށް މީހުން ބަރޯސާ ކޮށް މާލެ ކުރިއެރުވާފަ އޮތީ ދެން މި މާލެ ބަންދު ކޮށްގެން މީހުން ވާނީ ބަނޑަށް މަރު.. ލާރި ހޯދޭނެ ގޮތެއް ނެތި ކުދި ތަންތަނުގަ ފިތި ތިބެ ކޯވޮޑް ނުޖެހުނަސް މަރުވެދާނެ އެހެން ބަލި ބަލި ޖެހިގެން...އޯކޭ ސޯ ބީ ހަންބުލް...ޕީޕަލް އާ ވެރީ ޕުވަރ އިން ޖެނެރަލް ...ނޮޓް ރިޗް އެންޑް ރޯޔަލް ލައިކް ޔޫ..

    4
    1
  6. ލަދުކޮބާ؟

    ދުންޔާ، ކަލޭ ކޮން އަނގައެއް ތަޅުވާކަށް! މިޤައުމަށް ބަންގާޅީންނާ ހުރެ ނުރައްކާވެފައި ވާތަން، ކަލެއަކަށް ނުފެނޭތަ! އެކަމާ އެއްޗެއް ބުނުން ކަލެއަށް މާ ޙައްގެވެ! ބޮޑު މުނާފިޤު!

  7. އޮޅުވާލި ވޯޓު

    ކީވެގެންތޯނުކަތަންވީ މިއޮންހުރިހާޒަމާނު ގަމައް ލިބުނުހާ ފައިސާކޮބާ ޔާމީނުގެ 5 އަހަތުގާލިބުނު ފައިސާ އެކަނިފެންނަންހުރީ 30 އަހަރުގެ ވެރިކަމުގާވެސް ކުރެވުނުކަމެނެތް ދެންމިހާރު މިއޮތީ ކޮވިޑުވަގުން އުޅޭސަރުކާރެ އަހަރުމެން ނުހިޓުވޭނެ ވަރިހަމަ އެކަނި ނިކުންނަންޖެހުނަސް ނިކުންނާނަން ނުހުޓުވޭނެ ނުވެސްހުޓާނަން