މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

މި ފްލައިޓު ބާއްވަނީ އޭސް ޓްރެވަލްސް އިންނެވެ. މި ފްލައިޓު ބާއްވާނީ އަންނަ މަހުގެ 17ވަނަ ދުވަހުއެވެ. ފްލައިޓާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް އޭސް ޓްރެވަލަސްގެ ފޯނު ނަންބަރު 3336886 ނުވަތަ 7931334 އިން ލިބޭނެއެވެ.

މި ފްލައިޓުން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީގެކުރިންވެސް މެލޭޝިޔާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. އެ މީހުން ގެނެސްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީތެރިކަމާއި އެކުގައެވެ. ރާއްޖެއަށް އެނބުރި އައިސްފައިވާ ދަރިވަރުންގެ ތެރޭގައި މެލޭޝިޔާގައި ކިޔަވާ ދަރިވަރުންވެސް ހިމެނެއެވެ.

އަދި އެ ގައުމުގައި ތިބި ދިވެހިންނަށް އާއިލާތަކުގެ ފަރާތުން ތަކެތި ފޮނުވަން ބޭނުންވި ފަރާތްތަކަށް އެ ފުރުސަތުވެސް މީގެކުރިން ވަނީ ފަހި ކޮށްދީފައެވެ.

މެލޭޝިޔާގައި ކޮވިޑް-19 ފެތުރުމުން އެގައުމުން ވަނީ އެގައުމުގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދު ކޮށްފައެވެ. އަދި ޔުނިވާސިޓިތަކުގައި ކިޔަވާ ދެމުން ދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ބައެއް ޔުނިވާސިޓީތަކުން ވަނީ ކޮންމެހެން ޔުނިވާސިޓީޓަކަށް ގޮސް ކިޔަވައި ދޭންޖެހޭ މާއްދާތަކަށް ދަރިވަރުން ޔުނިވާސިޓީއަށް އަންނަން ޖެހޭނެ ކަމަށް ބުނެފައެވެ.

މެލޭޝިޔާ އަށް ދިޔަ ނަމަވެސް އެގައުމުގެ ސަރުކާރުން ވެސް ވަނީ އެގައުމަށް އެތެރެވާ ކިޔަވާ ކުދިން 14 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށް ބުނެފައެވެ. އެގައުމުގެ ބޯޑަރު އަދިވެސް ވަނީ ބަންދުކޮށްފައެވެ. އެގައުމުގެ ބޯޑަރު ހުޅުވާލާނީ އަންނަ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައިޒަން

    އަޅުގަނޑު ވެސް ކިއަވަނީ މެލޭޝިއާގަ... ޔުނިވަރސިޓީން އަންގާފަ ވަނީ މުޅި މިއަހަރު ކިއަވައިދޭނީ އޮންލައިންކޮށް ކަމަށް.... މެލޭޝިއާއަށް އަބުރާ ދާން ޖެހޭނީ މިއަންނަ އަހަރުގެ ސެމިސްޓަރ އަށް ކަމަށް..

  2. ޢިބްރާ މެލޭޝިއާ

    590 ޑޮލަރަށް އެއްކޮޅު ތިކެޓްވިއްކަނީ އަދި އެވެސް ދައްކަންޖެހެނީ ޑޮލަރުން! ކޮވިޑާހެދި މީސްތަކުން ފަހީރުވެފަތިއްބަ މިކަހަ ދަނޑިވަޅުބަލާފައި ބޮޑުފައިދާގަނޑެނަގަން މިވިސްނަނީ. ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުން އިތުރަށް ހަނާ މިވަނީ!!