ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ފަތުރުވެރިން ވީހާވެސް ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރުން މުހިއްމު ކަމަށާއި އެކަމަށް ގައުމުތަކުގެ އެހީ ރާއްޖެއަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއަށް ކަނޑައަޅުއްވަވާފައިވާ ސަފީރުންނާއެކު ވާޗުއަލްކޮށް ފޮރިން މިނިސްޓްރީއިން ބޭއްވި ރެސެޕްޝަންގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިގުތިސޯދީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއްވީ ނަމަވެސް ބޯޑަރު ބަންދު ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މިއަދު އަލުން ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލާފައިވާ ކަމަށާއި ގެއްލުމުން އަރައިގަތުމަށް ވީހާވެސް ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން މުހިއްމު ކަމަށެވެ. އަދި އެކަމަށް ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އެނގިގެން ދިޔައީ އެއްވެސް ގައުމަކަށް އެހެން ގައުމުތަކުގެ އެހީތެރިކަމާއި ނުލާ ނޫޅެވޭނެކަން ކަމަށާއި އެއްވެސް ގައުމަކަށް އެކަނި މިކަން ހައްލު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށާއި، އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަވެސް ވައުދުވެ ވަޑައިގެންނެވި ގޮތަށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ މިންގަނޑުތަކަށް އިހުތިރާމުކުރާ، ހުރިހާ ގައުމަކާއި ވެސް ގުޅިގެން މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އިސްތިއުފާ

    ރާއްޖެ އަށް ޗައިނާގެ އެގްޒިމް ބޭންކް އިން އަދި ޖަޕާނުގެ ނެޝަނަލް ބޭންކް އިން ލޯން އެހީ ނުލިބުން ނުވަތަ ނުހޯދުން އެއީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަދި ފޮރިންގް މިނިސްޓަރުންގެ ގަމާރު ކަމާއި އަދި އެމެންގެ ބީތާ ކަމުން އެމެންނަށް ވާނުވާ ނޭގޭތީވެ ނުލިބުނު ފައިސާއޭ ކަން މިހެން ހުރުމުން ތަމެން ދެ މިނިސްޓަރުން ވެސް މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    28
  2. ހަނި

    ކުރިގަ ބެރު،މިހުން ނަނައް ގޮވަލި، މިހަރު އެގިޖެ ވަދަތި

    26
  3. އިންކާރުނުކުރާށޭ

    ބޭރުގެ ގައުމު ތަކުގެ އެހީ ބޭނުންވެއޭ ރައީސް އިބޫ ވިދާޅުވިނަމަވެސް ބޭރުގައުމު ތަކުގެ ހިލޭ އެހީ އާއި އަދި ލޯން އެހީ އަކީ މިހާރު މިސަރުކާރުގައި ހިމެނޭ މަޖްލީހުގެ ރައީސް އަމަލު ތައް ހުރި ގޮތުން އެހާ ފަސޭހައިން ލިބޭނެ އެއްޗެއް ނޫނޭ އޭގައި ޚުދު ރައީސް އިބޫ އާއި ނައިބް ރައީސް އިސް ނަގައިގެން އެބަޖެހެއޭ ޗައިނާ އާއި ގާތް ގުޅުމެއް ބާއްވަން ޗައިނާގެ އެމްބެސެޑަރަށް ރައީސް އޮފީހަށް ދައުވަތު ދެއްވާ އަވަހަށް މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ބިން ތައް ވިއްކުމަށް ޓަކައި 20 ބިލިއަން ޑޮލަރުގެ ލޯނެއް ނަގަންވީއޭ ޗައިނާގެ އެގްޒިމް ބޭންކް އިން ތަމެން މިކަމަށް އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ އިންކާރުނުުކުރާށޭ

    24
  4. ކަނަމަނަ

    ލާރިއައްޓަކައި ފުރާނަ ނުރައްކަލައް ލެވޭގޮތައް ކަންތައްތައް ނުރާވާތި މޮޔަރައީސް

    37
  5. މަރުމޯލް

    ދެރަ ދޯ! ދެން ރޮއެ އާދޭސްކުރަންވީ މިކަމަށް. އަވަހަށް އާދޭ ، އަވަހަށް އާދޭ އެންމެން އާދޭ.

    24
    2
  6. ސެލްފީ

    ﷲގެ ކުޅަދުންވަންތަކަން. މިއޮތީ އެކޮޅު މިކޮޅަށް ޖަހާފަ. ކޮންބައެއްތަ އޭރު ގޮވީ ފަތުރުވެރިން ރާއްޖެ ނައުމަށް . ރާއްޖެ ބޮއިކޮޓުކުރުމަށް. ވ.ސަލާމް.

    45
  7. ނަގާށޭ

    ގެއްލުމުން އަރައިގަތުމަށް ފަތުރުވެރިން ގިނައިން އައުން މުހިއްމު، އެކަމަށް ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މިއަހަރު ނާންނާނެއޭ

    26
  8. އޮޅުވާލި ވޯޓު

    މިހާރު އެތެޅިގަތީ ރައްޔަތުން މަރާފަވެސް ފައިސާގެ ފަހިވެތިކަން އިސްކޮއްގެން ކޮވިޑުވިއްކާގެން ގައުމުތަކުން ހޯދިހާފައިސާ ރައްޔަތަކައް ނުދީހުސްކޮއްލާފަ އެވަތުންވެސްނުފުދިގެން ޔާﷲ މިނުބާނުލަފާމީހުންގެ ކިބައިން މިގަުމާރައްޔަތހުން ސަލާމަތްކުރައްވާށި

    28
  9. ދިސްވޭ

    ރައީސް އިބޫގެ ސަރުކާރުން އެބަޖެހޭ ދެން ގައުމު ތަކަށް ސަލާމް ޖެހުން ވެސް ހުއްޓާލާ ރާއްޖޭގައި ހުރި އިގްތިސާދީ ފުރުސަތު ތައް ވެސް ބަލަން އެގޮތުން ބަލާއިރު ތިލަފުށި އެއްކޮށް ހިއްކާލެވޭނެއޭ މާބޮޑު ޚަރަދެއް ނުގޮސް ބީއެމްއެލް އިން ސަރުކާރުން ލޯނެއް ނަގައިގެން އެމްޓީސީސީ އަށް ތިލަފުށި ފަޅު އެއްކޮށް ހިއްކާލާ އެތަނުން 5 ހާސް އަކަފޫޓްގެ 50 ހާސް ގޯތި ގޯއްޗެއް 5 ލައްކަ ރުފިޔާ އަށް ވިއްކާލާނީއޭ އެއިރުން ދެން އެ ގޯތި ތައް ގަންނަ ފަރާތް ތަކުން ގަންނަ ތަކެތީގެ ސަބަބުން ޖީއެސްޓީ އިތުރު ވެގެން ދާނެއޭ މިފަދަ ވިޔަފާރި ފުރުސަތު ތައް މިދަނޑިވަޅުގައި އުފައްދަންވީއޭ ޓޫރިޒަމަށް ބިނާ ވެގެން ނުތިބެންވީއޭ އެއިރުންނޭ މިރާއްޖޭގެ އިގްތިސާދަށް ދެން ހިންދެމިލެވޭނީ....

    13
    • Anonymous

      ކަމެއްކުރަން އެނގޭ އެކަކުވެސް މިސަރުކާރުގަ އެބަހުރިތަ. ގައުމުގަ ހުރިބފައިސާކޮޅު ބަދަލުގަ މިނިސްޓަރުންނަށް ބައިއަޅާފަ ދީ ހުސްކޮށްލިތަނުން މިކަމެއް މިޖެހުނީ. ބާކީހުރި 36 މިލިއަން 10 ވެންޓިލެޓަރުގަންނަން ދިނީ. 3 މިލިއަނަށް ލިބޭވެއްނޓިލޭޓަރެކޯ. އަދި އުފެއްދުމުގެ މަރުހަލާގަހުރީ. 2030 އަށް ލިބިދާނެ.

  10. ވެދުން

    ރައީސް ކީރިތި ކުރައްވައިފި. ދެން ފަތުރުވެރިން އަންނަން ފަށައިފި. ދެން އިގްތިސާދު ރަނގަޅު ވެއްޖެ. ދެން ޕާޓީ ކުދިންނަށް ބަދަލު ދޭން ފަށައިފި. ދެން ޚަޒާނާ ހުސްވީ.

    18
  11. ދަންނާތި

    ކޮވިޑާއި ދެކޮޅަށް ރާއްޖޭން ބޭރުގެ އެހީއެއް ހޯދާނަމަ އެންމެ ރަނގަޅު ބޮޑު އަދަދެއްގެ އެހީއެއް ކުޑަ އިންޓަރެސްޓް ރޭޓް ގައި ބޮޑު ގްރޭސް ޕީރިއަޑް އަކާއި އެކު އަދި ވެސް ލިބޭނީ ޗައިނާ އިންނޭ ރައީސް އިބޫ ބައްލަވަންވީ ރައްޔިތުންގެ މަޖްލީހުގެ ރައީސް ގޮވާ އެއްޗަކަށް ނޫނޭ ސަބަބަކީ ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރެއްވީ ރައީސް އިބޫ އާއިއޭ އިގްތިސާދު ފުނޑިއްޖެނަމަ ހުރިހާ ބަދުނާމެއް ވާނީ ރައީސް އިބޫއޭ ޗައިނާ އަތުގައޭ މިއަދު ފައިސާ އޮތީ އިންޑިއާ އަތުގައި ނެތޭ ނެތޭ ނެތޭ ފައިސާ އެއް މިހަގީގަތް ގަބޫލުކުރަންވީއޭ ރައީސް އިބޫ ވެސް އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ބުނާ ގޮތަށް ކޮންމެހެން ރައީސް އިބޫ ހަދަން ނުޖެހޭނެއޭ އެމެން ނަކީ އެއްވެސް ތަޖްރިބާ އެއް ހުރި ބައެއް ނޫނޭ އެއީ އަދި އޮށްވަޅުގޮނޑި ކުޅެން އެކަނި ދަންނަ މީހުންނޭ މިކަން ދަންނަން ޖެހޭނެއޭ ރައީސް އިބޫ...

  12. އެބަޖެހޭ

    ޖަޕާނުގައި ހުންނަ ސަފީރު ކުރަނީ ކޮން ކަމެއްތޭ ކިއެއްތޭ ވާނީ ޖަޕާނުގެ ވަރުގަދަ ކޮންޓްރެކްޓަރުން ކަމަށްވާ ތަކެނަކާ ކޮންސްޓްރަކްޝަން އެން އިންޖިނިއަރިންގް ކުންފުނި ފަދަ ކުންފުނި ތައް ގެނެސްގެން ހުޅުމާލޭގައި 250 ބުރީގެ 1 ހާސް ޓަވަރު ޖަޕާން ބޭންކްއިން ލޯން ނަގައިގެން ބިނާ ކުރިއްޔާ ހުޅުމާލޭގެ މިހާރުގެ މާސްޓަރ ޕްލޭން އެއްގޮތަކަށް ވެސް ކަމަކު ނުދެއޭ މާބޮޑަށް ސިންގަޕޯރ ސްޓައިލްއޭ ސިންގަޕޯރ ބިލްޑިންގް ސްޓައިލް މަމެންގެ ރާއްޖެ އަށްވުރެން މާބޮޑަށް ފަހަތުގައޭ

  13. އެބަޖެހޭ

    ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު ކަމަށްވާނަމަ ސިންގަޕޯރ ގެ އިންވެސްޓަރުން ރާއްޖެ ގެނެސް ގެން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް އެމެންނަށް ކޮންމެ ފަޅެއް 10 މިލިއަން ޑޮލަރަށް ވިއްކާލަންވީއޭ މަހަކު ވިއްކާލާނީ 100 ފަޅު ޝަރުތަކީ ހުރިހާ ފަޅެއްވެސް ހިއްކާ ބިން ވިއްކަން ޖެހޭނީ ދިރިއުޅުމަށާއި ވިޔަފާރި ކުރުމަށާްއި އަދި ގެސްޓް ހޮޓާ ތައް ހެދުމަށް އެއިރުން ޔަގީނޭ އަންނާނެ ކަން އިންވެސްޓަރުން އަންނާނެއޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އެބަޖެހޭ

    3
    2
  14. ދެކެނީއޭ

    ހަމަ އެކަނި ބޭރު ގައުމު ތަކުން ހިލޭ ލިބޭ ފައިސާ އާއި އަދި ލޯން އެހީ އަށް ބުރަވުމުގެ ބަދަލުގައި މިގައުމުން ބަލަންވީ ފައިސާ އުފެއްދޭތޯ އެގޮތަކީ އެއީ ވަރަށް ކުޑަ ޚަރަދަކުން ހުޅުމާލެ އިރުން އޮތް ބޮޑު ފަޅު ހިއްކާލެވިދާނެއޭ އެއީ ކޮންމެހެން ސަފާރީ އަޅަން އޮތް ފަޅެއް ނޫނޭ ސަފާރީ ތައް ހުޅުމާލޭ ފަޅުގައި އެޅުމުން ހުޅުމާލެ އަށް ރާއެތެރެ ކުރުމަށް ދޮރުވަނީ ހުޅުވިފައޭ ދެން އެގޮތުން ހިއްކާ ބިން ތައް ވިއްކާނީއޭ މަހަކު ވިއްކާނީ 2 ހާސް އަކަފޫޓްގެ 10 ހާސް ބިން އެއިރުން ސަރުކާރަށް އެފެނުނީ ވިޔަފާރީގެ ތެެރެެއިން އާ މޮޑެލް އެކޭ މިކަން ކުރަން މިސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ފަސް ނުޖެހޭނެ ކަމަށޭ މަމެން މިދެކެނީ...

  15. މާމީ

    މަނިކުފާނުމެން އެއިރު ގޮވީ ފަތުރުވެރިން މުޒާހަރާ ކުރަން މިހާރު ތިގޮވަނީ ރާއްޖެ އައުން ވަރަށް މުހިއްމުކަމައް މަނިކުފާނުމެން މުޅިދުނިޔޭގަ ރާއްޖެބޯއިކަޓު ކުރަން ގޮވަމުން ދަނިކޮއް ރައީސް އަބުދުﷲޔާމީން ދިވެހި ރާއްޖެ ތަރައްގީ ކުރިގޮތުން މަނިކުފާނާ މަނިކުފާނުގެ އައުވާނު މިހާރު ތިތިބީ5އަހަރައް ސޮނިބޭލިފަ އަމއްލައައް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލައްވަދެފަ ތިތިބީ.

    17
  16. ބުނާތި

    ރާއްޖޭން ބޭރުގެ ލޯން އެހީ ވެސް އަދި ހިލޭ އެހީވެސް ރާއްޖެ އަށް ލިބޭނެއޭ ރާއްޖެ ވަކި ގައުމެއްގެ އުނގުތެރެއަށް ވެއްޓިގެން ނޫޅޭނަމަ ކޮންމެހެން މަމެންގެ ގައުމު ނުޖެހޭ އިންޑިއާގެ އުނގަށް ވެއްޓެން މަމެން އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރަމޭ އިންޑިއާ ކަނޑުގެ މަސްލަހަތު ގުޅިފައިވަނީ އިންޑިއާ އާއި ކަމަށް ރާއްޖޭގެ ޓެރިޓަރީ ތެރޭގައި އިންޑިއާ އަށް އަމުރު ނުކުރެވޭނެއޭ ޗައިނާ އިން ޖެޓް ފައިޓަރ އެއް ރާއްޖޭގެ ސަރަހައްދަށް ވަންނަން ނުނަގާނެއޭ 15 މިނިޓް ދެން ކޮން ކަނޑުކޮސް ވާހަކަ އެއްތޭ ކެނެރީގެ ނަޝީދު އޭނާ އަށް މިލިޓަރީ އިންޖިނިއަރިންގް ގައި ވާނުވާ ނޭގޭ އިރު ދައްކަނީ އޭނާ ގާތު ރައީސް ވިދާޅުވޭ އޭނާ ސައިޒުން އޭނާ ވާހަކަ ދައްކަން މިލިޓަރީ އިންޖިނިއަރިންގް ވާހަކަ އެއީ އޭނާ އަށް ވުރެން މަތީ ވާހަކަ އެކޭ...

    10
  17. ދަވޭ

    ރައްޔިތުންގެ މަޖްލީހުގެ ރައީސް އިއްޔެ ވިދާޅުވަނީ އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރާނީ އިންޑިއާ ކަނޑުގެ ތެރޭގައި ވާ ގައުމު ތަކޭ ދެން ކިއެއްވެތޭ އިންޑިއާ ކަނޑުގައި ޔޫއެސްގެ އެއާރކްރާފްޓް ކެރިއަރ ތައް ދަތުރުކުރަނީ އެމެން ފަހަތުން ޗައިނާ ގެ އެއާރ ކްރާފްޓް ކެރިއަރ ދަތުރު ކުރެއޭ ހުވަދޫ ކަނޑު ހުރަސް ކުރާ އިރު އެތަން ފެންނާނެއޭ އަދި ހޯރަފުށި ބޭރުން އެމެން ފެންނާނެއޭ އިންޑިއާގެ އެންމެ މަނަވަރެއްވެސް ނުފެނެއޭ އިންޓަރނޭޝަނަލް ވޯޓަރ އެއީ ހުރިހާ ގައުމެއްގެ ތަނެކޭ އެއީ ވަކި ގައުމެއްގެ އުޅަނދު ތަކަށް ދަތުރު ކުރެވޭނެ ތަންތަނެއް ނޫނޭ...

    11
  18. ވަރައްދެރަ

    ތިއުޅެނީ އަނެއްކާވެސް ރައްޔިތުން ނުރައްކަލައް ހުށަހަޅަންތަ
    ބޭރުންއަންނަމީހުންވެސް ޕޮޒިޓިވްވަނީ އަނެއްކާ ރައްރަށުގަތިބޭ
    މީހުންވެސް ޕޮޒިޓިވްވަނީ މިހެންވީމަ ކިހިނެއް އަންނާނީވެސް

  19. ޖައްސާތި

    މަމެން އުފާ ކުރަމޭ ރައީސް އިބޫ ރާއްޖޭން ބޭރުގައުމު ތަކުގެ އެހީ ތައް ހޯދަން ރާއްޖޭން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނަށް ދެންނެވުމުން ފޮރިންގް މިނިސްޓްރީން އެބަޖެހޭ ކޭޕީއައި އެއް ތައްޔާރު ކުރަން އެމެން ދުނިޔޭގެ ބޭރުގައުމު ތަކުން މިގައުމަށް ގެންނާނެ ބޭންކްސް ތަކާއި އަދި ފޮރިންގް އިންވެސްޓްމެންޓްސް ތަކާއި އަދި އެމްބަސީ ތައް ކުރިއަށް އޮތް 3 އަހަރު ދުވަހު މިހާރު ފޮރިންގް މިނިސްޓްރީ ދަނީ އެއްވެސް އަމާޒެއް ނެތިއޭ އެއީއޭ ނަތީޖާ ނުނެރެވޭ ކަމަކީ ޖައްސަންވީއޭ ޖައްސާ ޖައްސާ ޖައްސާ...

    1
    1
  20. އެބަޖެހޭ

    ރާއްޖެ އަކީ އެއީ އޮންނަ ތަނެއް ކަން ވެސް އަދި ވެސް ސިންގަޕޯރގެ ޓެކްސީ ޑްރައިވަރުންނަށް ނޭގެއޭ އެކަމަކު ރާއްޖޭގެ އެމްބަސީ އެއް ސިންގަޕޯރގައި އެބަހުރެއޭ އެކަން އެގޮތަށް އެވަނީ ރާއްޖޭގެ މިނިވަން ދުވަސް ފަދަ މުހިއްމު ދުވަސް ތަކުގައި ސިންގަޕޯރގެ ގައުމީ މީޑިއާ އަށް ދައުވަތު ދެއްވައިގެން ސިންގަޕޯރ ގައި ހުންނަ ރާއްޖޭގެ އެމްބަސީން ރާއްޖެ ޕްރޮމޯޓް ކުރަން ލިބޭ ފުރުސަތު ތަކުގައި މަސައްކަތް ނުކުރާތީއޭ މިފަދަ ކަންކަން އެބަޖެހޭ ޑެޑް ސީރިއަސް ކޮށް ރަނގަޅު ކުރަން އެބަޖެހޭ...

  21. ޖައްސާޖައްސާ

    ބޭރުގެ އެހީ ހޯދާ އިރު ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ބޭރު ގައުމު ތަކުގެ ގައުމީ ޔުނިވަރސިޓީ ތަކާއި ގުޅިގެން އެބަޖެހޭ ގުޅިފައިވާ ކޯސްތަކެއް ހިންގަން އެއީ މިސާލަކަށް ސިންގަޕޯރގެ ގައުމީ ޔުނިވަރސިޓީ އާއި އަދި ރާއްޖޭގެ ޔުނިވަރސިޓީ އާއި ގުޅިގެން ސިންގަޕޯރގެ ޔުނިވަރސިޓީން ހިންގާ ކޯސް ތައް ރާއްޖޭގައި ހިންގިދާނެއޭ ސިންގަޕޯރގެ ގައުމީ ޔުނިވަރސިޓީން ހިންގާ ފެންވަރަށް އެއިރުން އެއިން ރާއްޖޭގެ އިންސާނީ ވަސީލަތް ތައް ވަރަށް ބާރަށް ކުރިއަރައިގެން ދާނެއޭ މިފަދަ ކަންކަމަކީ އެއީ ރާއްޖޭން ބޭރުގެ ގައުމު ތަކުގައި ތިބޭ އެމްބެސެޑަރުން ކުރަން ޖެހޭ ކަންކަމޭ ޖައްސަންވީއޭ ޖައްސަންވީއޭ ޖައްސަންވީއޭ...

  22. ކޮކީ

    ބަނގުލާ ގެސްޓުން ގެނެސް މާލެޔެރެޔައް ދޫކޮއްލާފަ ގޮވާލާ މިތެއް ހާސް ޓުވަރިސްޓުން މިއަދު ރާއްޖެ އައްއައިސްސި

  23. ށާރީ

    ރައީސް ކީރިތި ކުރައްވައި އާދޭސް ދަންނަވައިފި

    7
    1
  24. މުހުންމާ

    ރައީސް އިބުރާހީމު، ތިޔާއީ ހަމަ ރަނގަޅަށް ވިސްނާފައި ވިދާޅުވި އެއްޗެއްތޯ؟ މަނިކުފާނަށް އެނގިލައްވާތޯ ދުނިޔޭގެ ގައުމުތަކުން ގެސްޓުން އައިސް ރިސޯޓްތަކަށް ފޭބުމާއި އެކު މަނިކުފާނުމެން ސަރުކާރުގެ އިސްވެރިންގެ އަރާމު ދިރިއުޅުމަށް ހޭދަކުރަން ފައިސާލިބުނެއްކަމަކު، ފަތުރުވެރިންގެ ފަރާތުން ރިސޯޓްމުވައްޒިފުންގެ ފަރާތުން ރަށްރަށުގައި ތިބި ރައްޔިތުންނަށް މިބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކޮށް އެބައޮތްކަން. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް މިބަލި ފެތުރިއްޖެއްޔާމު ރާއްޖޭގައި ދެވޭނެ ހަމަ އެއްވެސް ފަރުވާއެއްނެތް، މަނިކުފާނުމެން ޓީވީތަކަށް އަރައި ބާރުބާރަށް ކޮވިޑް ސެންޓަރތަށް ހުޅުވައިފީމޭ ބުންޏަކަސް އަދި ވެސް ރާއްޖޭގޭ ގިނަރަށްރަށުގައި ބަލިމީހުން ހެލްތްސެންޓަރަށް ހޮސްޕިޓަލަށް މިގެންދަނީ ބަރޯ ގާޑިޔަލުގައި ނޫނިއްޔާމު އަތްދަނޑިމަތިން. މިއަހަރު ޖަނަވަރީ މަހު ދުވަހެއްގައި ކޫއްޑޫ އެއަރޕޯޓުން މާލެގެންދަން ބޯޓަށް އެރުވި ބަލިމީހަކު ބޯޓާއި ހިސާބަށް ރަންވޭއަށް ގެނައީ ޕިކަޕެއްގައި ބޯޓަށް އެރުވީ އަތްދަނޑިމަތިން، މިބުނަނީ އޮކްސިޖަން ގުޅާފައި އޮތް ހާލުބޮޑު ބަލިމީހެއްގެ ވާހަކަ. ދެން މިއަދު ހާލަތު ހުންނާނީ ކިހިނެތްތޯ. އެހެންވީމައި ފައިސާކޮޅެއް ނުލިބުނަކަސް ގެސްޓުން ގެނައުމާއި މާލޭގައި ތިބިމީހުން ރަށްރަށަށް ދަތުރުކުރުން މިވަގުތަށް ހުއްޓުވާ.

  25. Anonymous

    މިހިރަ މޮޔަސޮރެއް. ބަލަ ދުނިޔޭގެ އެންމެން ތިބީ ހާލުގައޭ. އިންޑިޔާ އެކަނި އޮތީ ކޮވިޑްނެތް. އަސްލެއްނޫނަސް އެމީހުން ކަންކަން ހުންނަގޮތުން ދިވެހިންނަށް ދައްކަނީ އއމަންޒަރު. އެތަނުން ލޯނުނަގާބަލަ. ކަރަންސީ ސްވޮޕަކީ އިގްތިސާދަށް އެމީހުން ވެރިކުރުވުން. ދުނިޔޭގެ އެންމެ މުއްސަނދިގައުމަކީވެސް އިންޑިޔާނު އިބޫ ގަބޫލުކުރާގޮތުގައި. ގެނެސްބަލަ ފައިސާތައް.

  26. Anonymous

    ދިވެހިރާއްޖެ މުއްސަނދިކުރަން ދިނިޔޭގެ އެންމެން ހުރިކަމެއް ހުރިހޮތަކަށް ބަހައްޓފަ އެއޮއް އަންނަނީ. އިބުރާހިމު ބުނުން ލަސްވީ.

  27. Anonymous

    މިސަރުކާރަށް ސަލާންޖެހުން ނޫން ކަމެއް ނޭނގެނީއޭދޯ. ބަލަ އެމީހުން އަޔަސްނަޔަސް ގައުމުގެ އިގްތިސާދު ރަނގަޅުކުރަން އެނގެން ޖެހޭނެ. އެހެން ގައުމުތަކުން އާދޭސް ކޮށްގެން އެމީހުންގެ ހެޔޮކަމުން ނޫނީ ރައްޔިތުންނަށް ކަމެއްކޮށްނުދެވޭ ގަމާރެއް ވެރިޔަކަށް މިހުރީ. ނުވާނެންޏާ ފައިބައިގެނ ރައްކާވޭ. ބޮޑުވެއްޖެކަމެއްމީ. ހީވަނީ ދުނިޔެއަށް ބަލަދު އަރާފައޮތް ގައުމެއްހެން.

  28. Anonymous

    މިހިރަ ބުރާންޗާ. ވާންޗޯ ހެދިގެން ތިއުޅެނީ ތިމާގެ ހައިސިއްޔަތު ނެތްބކަމަކަށް ފައިނެގީމައޭ. ތިކަހަލަ ސޮހޮލު މީހުނަކަށް ގައުމުގެ ވެެިކަމެއްނުކުރެވޭނެ. ގައުމުތަކުން މިގައުމަށް އެހީވާންޖެހޭތަ؟ ބަލ އަމިއްލަ ވެރިކަމެއްކުރެވޭނީ އިގްތިސާދެއްވެސް އޮވެގެންނޭ. ނާށިގަނދުބހިފައިގެންހިނގާ ބައިގައިގެ މީހުނަކަށްނުވަންޏާ ވެރިކަމުން ފައިބާ.

  29. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ކުރިން ގޮވީ ނާދޭ ނާދޭ މިހާރުގޮވަނީ އާދޭ އާދޭ ކޮންވައްތަރުހުންނަނީ

  30. ކަޅުބެ

    ހެހެހެ ދެން ކަޅުތުންފަތް ބޭރަށް ނެރެގެން ރޮއިއާދޭސް ކުރިޔަސް ގެސްޓުންނެއް ނާންނެ .

  31. Anonymous

    ކޮންހާ ވާހަކައެއް!! ތީ ދުނިޔޭގެ 4 ބިތަށް ދަތުރުކޮށް ރާއްޖެއަށް ފަތުރުވެރިން އަޔަނުދިނުމަށް ތަފާތު އެތައް ހާސް ދޮގެއް ހަދައި ރާއްޖޭގެ އިގްތިސާދު ފުނޑުކޮށްލަން 5 އަހަރުވަންދެން މަސައްކަތްކުރި ޔަހޫދީ ބައިގަނޑެއް!! އެންމެފަހުން އައްޑޫ އިން ކިލޯމީޓަރެއްގެ ބިން ވަގަށް އިންޑިއާ ސިފައިންނަށް ވިއްކާލި ނުލަފާ ބައިގަނޑެއް!! ފަތުރުވެރިންނޭ ފައިސާއެއް ނުލިބެޔޭ! ކިޔާނެކަމެއްނެތް!!! ކަލޭ މެނަށް ހަލާކު ހުރި!!