މިރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒް ކައިރީގައި ޕީއެސްއެމްގެ ނޫސްވެރިއަކު ހިފެހެއްޓުމަށްފަހު، އޭނާ ނަގާފައިވާ ވީޑިއޯއެއް ޑިލީޓް ކުރަން އެފަރާތްތަކުން އަންގައިފިއެވެ.

އިދިކޮޅަށް ތާއީދު ކުރާ ފަރާތްތަކުން އެ ނޫސްވެރިޔާ ހިފަހައްޓާފައި ވަނީ، އެފަރާތްތަކުން ހިންގި ހަމަނުޖެހުމެއްގެ ވީޑިއޯ ނެގުމުންނެވެ. އެއާއެކު އެފަރާތްތަކުން ވަނީ އެ ނޫސްވެރިއާ ވަށާލުމަށްފަހު އޭނާ ނަގާފައިވާ ވީޑިއޯ ޑިލީޓް ކުރުމަށް އަންގާފައެވެ.

ނަމަވެސް އިދިކޮޅު މުޒާހަރާގެ ބައިވެރިންގެ އެ އެންގުމަށް ޕީއެސްއެމްގެ ނޫސްވެރިޔާ އެ ވީޑިއޯ ޑިލީޓް ކުރިކަމެއް ނޭނގެއެވެ. އޭނާ ހިފަހައްޓާފައި ހުއްޓައި، އެތަނުން ގެންގޮސްފައި ވަނީ އިތުރު ނޫސްވެރިންތަކެއްގެ އެހީތެރިކަމާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްގު

    ދެން މީހުންގެ ހައްގޭ ކިޔައިގެން މި ބައިގަނޑު ވާހަކަ ދައްކާނެ.

  2. ޙައްވަ

    ތިޔަދައްކަނީ ގޮތް ހުސްވެއްޖެކަން. ޗީ.ޗީ.

  3. އ.ޖ.އ

    މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާ މީހުން ދިވެހިންނަށް އޮޅިފައެއް ނޯންނާނެ.. މިނޫހަކީ ސިޔާސީ ނޫހެއް ކަމުން އެތައް ދޮގެއް މިހާރު ވެސް ވަނީ ހަދާފަ. ވީޑިޔޯ ޑިލީޓް ކުރަން ބުނިއްޔާ ބުނީ އެތާ ތިބި ފުލުހުން.