ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ދިނުމަށާއި ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ބ. ބޮޑުފިނޮޅުގައި މި މަހުގެ ދެވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ފުލުހުން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

އަދި މިދިޔަ އާދިއްތަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވެސް ފުލުހުންގެ ފަރާތުން ހުރަސްތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ ކައުންސިލުގެ މެމްބަރުންނަށް ލިބިފައިިވާ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެގޮތުން މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖެއްސުމާއި، އެނޫންވެސް މުޒާހަރާގައި ހިނގަމުންދާ ކަންކަން ކަވަރުކުރަން ހުރަސް އެޅޭ ފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ލިބުނު ކަމަށް ބަޔާނުގައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަކުރު

    ސާބަހޭ ގައުމުދެކެ ލޯބިވާ މީޑިއާކައުންސިލް ތިގޮތުގައި ދެމިތިބުމަށް ގޮވާލަން ސޯލިބޭވެސް ވެރިކަމަށް އައުމަށްދެއްކި ހުވަފެން ހަގީގަތަކަށް ހަދަންތަށްޔާރަށް ތިބިކަން ނޫސްވެރިންނަށް މިއަދުދަށްކަން ފޫގަޅައިގެން ތިބީތީވެ ޝުކުރުވެރިވަން .

    15
  2. ޙެހެ

    ވެއްޓެން ކައިރިވެއްޖެ ވެއްޓެނީ ވެއްޓެނީ

    14
  3. ހަޔާތްކުޑަސް ފުކެއްބޮޑުވަރު

    އެމްޑީޕީ އާއި ޖެހުނީމަ ނުސްވެ ރީން ގެ މިނިވަންކަން ކޯދުލާ އަ ރާތަން އެބަފެނެއެއްނު އަދިވެސް މިނިވަން ކަމޭ އަނިޔާއޭ ކިޔާފަ އަނގައި ރާކަށް ރީނދޫގުންޑާތަ ލަދެއްނުގަންނާނެދޯ!

    16
  4. ކިނބޫ މިހާރުން މިހާރަށް ހަޔަރުކުރޭ

    ނޫސްވެ ރީނަށް މިނިވަންކަން ހޯދަދޭން ވޯޓުން ވައްކަން ކޮށްގެން އައިސަ ރުކާ ރެކޯ މިނިވަންކަން ކޯދުލައިގެން ގޮސް ހު ރިއްޔާހު ރި ދޮ ރަކުން މިއޮށްނިކުންނަނީނު އިންޑިޔާގެ ޤާނުނާއި އެއްގޮތަށް ދިވެހިރާއްޖޭގެ ވެ ރިކަން ކު ރާކަށް ޖާގައެއް ރައްޔިތުން ނުދޭނެ ފުލުހުން ހައްޔަ ރުކު ރަން ޖެހޭނީ ދިވެހިރާއްޖޭގެ ޤާނޫނު ެެެެެެެެެެެެެެެެެެެެެ އަސާސީއާއި ޚިލާފަށް މިހާ ރުވެ ރިކަންކު ރަމުން އެދާ ކިނބޫ ރައީސް ޢާމު ރައްޔިތުން ނާއި ކުޅެއްޏާ މަސްލަހަތު ރަނގަޅެއް ނުވާނެ!

    11
  5. ޢަންސާރު

    ވައްޓާލާ.....

  6. ރިހި ރާންބާގަސް

    އަޅުގަނޑުމެންވެސް އެދެނީ ހުރިހާ މީޑިޔާތަކުގަވެސް މަސައްކަތްކުރާ ނޫސްވރިންނަށް މިނިވަންކަން އޮތުން. ނިމިދިޔަ ސަރުކަރުގަވެސް މިމަންޒަރު މިގޮތަށް ފެނިފަވޭ! އަދި ނޫސްވެރިންނަށް އެކި ގޯނާތައް ކުރިމަތިވާތަންވެސް ފެނޭ! ކޮންމެ ސަރުކާރެއް އޮތްކަމުގަވިޔަސް ނޫސްވެރިނޮނަށް މިނިވަންކަމުގަ މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާ!