ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ މެދު އުމުރުގެ ފިރިހެނެއް ކަމަށެވެ. އެމީހާއަކީ އެ ރަށުގައި ދުއްވާ ބޯޓެއްގެ ކައްޕި ކަމަށް ވެސް އައިމިނަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކައްޕިއަކީ ރަށުގައި ކަރަންޓީންވެގެން ހުރި މީހެއް ނޫނެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ރަށް ރަށުގައި ދިރިއުޅޭ މީހުން ކޮވިޑް-19 އަށް ދަނީ ފައްސިވަމުންނެވެ. ހާއްސަކޮށް، މާލެ އިން ރަށް ރަށަށް ގޮސް ކަރަންޓީންވެގެން ތިބޭ ބައެއް ދިވެހިންނާއި ބިދޭސީން ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެގޮތުން އިއްޔެ ރ. އިނގުރައިދޫގައި ކަރަންޓީންވެފައި ތިބި ދެ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކުރި ފުރަބަންދަށް ދިން ލުއިތަކާ ގުޅިގެން ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް އަރައިފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3،369 އަށް އަރައިފައެވެ. އެއީ 1،531 ދިވެހިންނާއި 1،838 ބިދޭސީންނެވެ. ބަލި ޖެހިގެން މިހާތަނަށް ރަނގަޅުވެފައި ވަނީ 2،547 މީހުންނެވެ.

މި ބަލީގައި ރާއްޖެއިން 15 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    ކޮވިޑުގެ ސަލާމަތެއް ރާއްޖެއަކުނެތް ހާދަދެރައޭ މީ އެމްޑީޕީ ސަރުކާރުން ބޭނުންވިގޮތް.

    39
    5
  2. އީސަގެ ހައްޤު

    އެމްބަރު އީސަކައިޔަށް ދޭ ކޮވިޑުން ސަލާމަތްވާން ބޭނުމިއްޔާ އީސަގެހައްޤެއް ކޮވިޑް-19އަކީ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ޓައި މެމްބަރު އީސަ ގެންގުޅޭ އެއްޗެއް ކޮވިޑް-19އަކީ!

    4
    5
  3. ައާންމުން

    ސާމްޕަލް ނެގިކަން ކައުންސިލަށް އެގުން، އެކަމު ބުނީ ރަސްމީކޮށް އެހްޕީއޭއަކުން ނާންގައޭ ، ޕޮސިޓިވް ވިމީހާ އުޅުނީ އުޅޭނެ ގޮތަކަށް، ގެޔަށް ގޮސް، މީހުންގެ ސައިކަލު ފަހަތުގަ ތަންތަނަށް ގޮސް، ކައުންސިލް ބޮޑުތަނުން ފެއިލް

    14
    1
  4. ކިޔުންތެރިޔާ

    ބުއްޅަބޭގެ ވައުދު ފުއްދަނީ. މިކަ ހަލަ ވައުދެއް އޭނަޔަށް ފުއްދޭނީ 🙂