ރާއްޖޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވެގެން ހުށަހެޅި ބިދޭސީންގެ ތެރެއިން، ބައެއް ބިދޭސީންގެ ވަޒީފާގެ މައުލޫމާތު ސާފުކުރަން އިކޮނޮމިކް މިނިސްޓްރީން ލިސްޓެއް އާންމުކޮށްފި އެވެ.

ބަންގްލަދޭޝް ސަރުކާރާއި އެކު ގުޅިގެން ދިވެހި ސަރުކާރު ފަށާފައިވާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ސައްހަ ލިޔެކިޔުން ނެތް ބިދޭސީންވެސް އަނބުރާ ޤައުމަށް ފޮނުވާދިނުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވީ ސައްހަ ލިޔެކިޔުން ކުރި ބިދޭސީންވެސް އަނބުރާ ޤައުމަށް ދާން ބޭނުންވެގެން ހުށަހަޅާ ކަމަށާ، އެފަދަ މީހުން ހުށަހަޅަނީ ސައްހަ ލިޔެކިޔުންތައް ހުރި ނަމަވެސް، އެ ފަރާތްތައް މަސައްކަތް ކުރަނީ ހުއްދަ ދިން ތަންތަންނުގައި ނޫންކަމަށް ވާތީ ކަމަށެވެ.

251 ބިދޭސީންގެ ލިސްޓެއް އާއްމުކުރައްވާ، އެ ވުޒާރާއިން ވިދާޅުވީ އެ ލިސްޓުގައިވާ ބިދޭސީންގެ ސައްހަ ލިޔެކިޔުން ހުރި ނަމަވެސް މިހާރު އެ ބިދޭސީން މަސައްކަތް ކުރަނީ ހުއްދަ ދިން ތަންތަނުގައި ނޫން ކަމަށެވެ.

އެ ވުޒާރާއިން ވަނީ އެ ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ ލިޔެކިޔުން ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާ ނަމަ، އެކަން ބަޔާންކޮށް އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް ހުށަހެޅުމަށް އަންގަވާފައެވެ.

އަދި އެ އީމެއިލްގައި ބިދޭސީންގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަން ވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓުގައި ހިމެނޭ ބިދޭސީންގެ ތެރެއިން ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއަށް ނާންގާ ވާނަމަ އެފަދަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    އެަނެއްކާ އިތުރު އުނދަގޫ ތަކެއް ޖައްސަނީ ކީއްކުރަން؟ ހުއްދަ ދިން ތަން ނޫން ތަނެއްގައި މަސައްކަށް ކުރުމަށް ފުރުސަތު ދެނީ ވެސް ހިޔުމަން ޓްރަފިކިންގ އަށް މަގުޔ ފަހުކޮށްދީ އިތުރު އެތައް ބަޔަކު ގެނަުމަށެވެ. މިކަން ހުއްޓިގެން ނޫނީ މި ވިޔަފާރި ނުހުއްޓުވޭނެއެވެ.

  2. ސަލީމް

    އެމީހުން ނޫޅޭ، ކަލޭމެން ކަން ރިކުރާ ގޮތުން މިތާ އުޅެކަށެއް...

    1
    1