ދިވެހިން މަސައްކަތަށް ނެރެމުގެ ގޮތުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތަކަށް ހުކުމް ކުރެވިފައިވާ ގައިދީން ފިޔަވާ، މަސައްކަތް ކުރުމަށް އެކަށޭނަ ގައިދީންނަ އަފްޢާމެއް ދިނުމަށް ގޮވާލައި ޑީއާރްޕީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލައިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ މަސައްކަތް ކުރާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައި، ދިވެހިން މަސައްކަތަށް ނެރެމުގެ ގޮތުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން މަސައްކަތް ކުރުމަށް އެކަށޭނަ ގައިދީންނަ އަފްޢާމެއް ދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށެވެ.

އެ ގަރާރުގައި ވިދާޅުވެފައިވާގޮތުން، އަފްއާމް ދޭ ކަނޑައަޅާފަ ގައިދީންގެ ތެރޭގަައި ޖިނާއީ ބޮޑެތި ކުށްތަކަށް ހުކުމް ކުރެވިފައިވާ ގައިދީން އިސްތިސްނާ ވާނެ އެވެ.

އެ ގަރާރުގައި ވަނީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލައިފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ މަސައްކަތްތެރި ސިނާއަތުގައި މަސައްކަތް ކުރަމުންދާ ބިދޭސީން މިއަދު މިވަނީ އަނބުރާ ގައުމަށް ފޮނުވާލަން ޖެހިފައިވާ ކަމަށެވެ.

"މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޙާތަބުކޮށް، ދެއްވާފައިވާ ޚިޠާބުގައި ވަނީ ދިވެހިން ދިވެހިރާއްޖޭގެ މަސައްކަތުގެ މައިދާނަށް އަހުލުވެރިވެ، މަސައްކަތްނުކުރުމަށް ނިކުތުމަށް އިލްތިމާސްކުރައްވާފައެވެ". ޖާބިރުގެ ގަރާރުގައި ވެއެވެ.

އެ ގަރާރުގައި ބޮޑެތި ކުށްތަކުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ޖިނާއީ ބޮޑެތި ކުށްތަކަށް ކަމުގައިވާ ކުޑަކުދިންނާއި ބެހުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މީހުން މެރުމަށް ހުކުމް ކުރެވި ޙުކުމް ތަންފީޒު ކުރަމުންދާ ގައިދީންނެވެ

"ދިވެހި އިގްތިސާދު އިއާދަކުރުމުގެ މަސައްކަތްތައް ކުރުމަށް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މަތީގައި ބަޔާން ކުރެވިފައިވާ ގައިދީން އިސްތިސްނާ ވާނެ ގޮތުގެ މަތީން، ބާކީތިބި ގައިދީން ދޫކޮށްލުމުގެ އަފްއާމެއް ނެރެދެއްވުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމު ކުރުމަށް ގޮވާލައި، މި ގަރާރު ހުށަހެޅީމެވެ"، ޖާބިރުގެ ގަރާުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކްޓަރ

    ރާއްޖެއަކީ މައާފުކުރަން ބިރުގަންނަ ވެރިން އަންނަ ޤައުމެއް...ޖާބެ ގެ ތިޔަ ހުށަހެޅުން ވ ރަގަޅު. ރާއްޖެ ފަނާކޮށްލި ލީޑަރުން ތިބީ ނިދަން... ޖަލުގަ ތިބީ ޤައުމުގެ މުސްތަގްބަލް..މަސްތުކޮށްފަ ޖަލަށްލާފަ... ބޭރުގެ އަތްތަކާއި އެތެރޭގެ މީހުން ގުޅިގެން ޤައޔމުގެ މުސްތަގްބަލް ފަނާކުރުމަށް 40 އަހަރުވަންދެން މަސްތުވާ ތަކެތިދީ ކުދިންވީ ޖަލުގަ... އެމީހުން މިނިވަންކޮށް އަބުރާ މުޖުތަމައަށް ގެންނަންޖެހޭ....

    5
    2
  2. އަހްމަދު

    ޖާބިރު ކުޑަކުދިންނާބެހުމާ މަސްތުވާތަކެތިބޭނުންކުރުމަކީ އެއީ ބޮޑެތިކުއްތަކުގެގޮތުގައިހިމެނޭކަންކަމެއްނޫން ތިގޮތައްތިވާހަކަނުދައްކަވާ