ނުރައްކާތެރި ކޮވިޑް-19 ވައިރަސް ރާއްޖޭގައި އަދިވެސް ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާބޮޑަށްވެސް ދިވެހިން އަޅަންވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހަފްތާއެއްގެ ތެރޭގައި 249 ދިވެހިން ކޮވިޑް-19 އަށް ފައްސިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަސްލުވެސް އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ،" ކަމަށެވެ.
Asluves alhugan’dumen maa bodah rakkaatheri kamuge fiyavalhu alhanjehey. https://t.co/cjTsnbFUZv
— Maumoon Abdul Gayoom (@maumoonagayoom) July 28, 2020
ދާދިފަހުން ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރްއެމް އިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފައެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާ ކުރަންވީ ވަގުތު ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދިވެހިންގެގެ ދިވެހިރާއްޖެ ވެސް ވަނީ މި ވަބާ ތަހައްމުލް ކުރަން ޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން ދިވެހިން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 އާއި ގުޅިގެން އިއުލާންކުރި ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފުރަތަމަ ކޮޅު ދިޔައީ ވަރަށް ބޮޑުތަން މަދުވަމުންނެވެ. އަދި އެއާ ހިލާފަށް ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މައުމޫނު ތިހެން ބުނާއިރު މައުމޫނަކައް ނޭގެ ދޯ މިހާރު މިއޮތީ މައުމޫނު ވެސް 25%ހިއްސާވާ ކަންފަތްބީރު ލޮލައްނުފެންނަ ބަޔަކު އުޅޭ ސަރުކާރެއްކަން ދެން ގޮވާލަ ގޮވާލާ އިނދޭ..
ހާލަކީ އިރުއިރުކޮޅުން ގޮވާ އެއްޗެއް
ޢެފަދައިން ހޮވާލަ ގޮވާލާ ހުރުމަކުން މި މަންމަން ސަރުކާރަށް ވިސްނޭނެކަމަށް ދުށުމަކީ ގޯހެއް. ޟިގޮތުގައި ދިވެހިން ހަނާވާ ވިޔަސް އެއްޗެއް ވިދާޅުވާކަށް ހިލާ ކެރިވަޑައެއް ނުގަންނަވާނެ
30 އަހަރު ވެރިކަން ކޮށްފަ! މިޙާލަތުގަ ގައުމިދާ މިސްރާބަށް ކުޑަކޮށްވެސް ބަލާލުމެއްނެތީ އަނެއްކާ ކޯންޗެއް މަނިކްފާނަށް ކާންދިނީބާ!! ގައުމާމެދު ކުރިން ހުރި ކުލުނާއި ގައުމިއްޔަތު ހަނދާންނައްތަވާލެއްވީތީ!! ބޮޑުޖާހިލާ ގުޅިގެން އިންޑިއާ އަށް ގައުމު ވިއްކާލަން އުޅޭއުޅުން މަނިކްފާނަށް ވެސް އޯކޭވެއްޖެކަން މިއަދު ތިޔަ ހާމަކޮށްދެއްވީ! ވަރަށް ސަލާމް!!
މައުމޫން ގޭގައި މަޑުކޮއްލާ ބޭކާރު ވާހަކަ ނުދައްކާ ގައުމް އޮތީ ވެންޓިލޭޓަރުގައި ގައުމް މިއަދަވަޅައްވައްޓާލީ ހަމަ މައުމޫން އަމިއްލައެދުން އިސް ކުރެވުނީމާ
ކޮވިޑަށް ޣާފިލް، ބުއްދީގެ ބޭނުން ނުކުރާ އިލްމަށް ނަފުރަތުކުރާ މީހުން ކޮވިޑް ޖެހިގެން އެކަމުގެ ތަކުލީފް އުފުލަން ވަކި ރަށަކަށް އަރުވާލާ. އެ ގަމާރު ބައިގަނޑާ ހެދި އުޅެވޭ ވަރެއް ނޫން. އެމެރިކާގެ ރައްޔިތުން ހެން ހީވަނީ. ތިމަންނައަކީ އެންމެ މޮޅު އެންމެ މަތިވެރި ފަރާތްކަމަށް ހެދިގެން ބޮޑާވެ ކިބުރުވެރިވެ އެއުޅެނީ.
މައުމޫނު ކެނެރީގޭ ލާދީނީ ސޮރުކައިރިން ރައްކާތެރިނުވެވުނު ދެން ކޮށްރައްކާތެރިޔެއްވެވޭނީ ކުފޫހަމަނުވި މީހާގެ އުނގަށްވެއްޓި ތާށިވެފައި ތިހިރީ ދެން ރައްކާތެރިކަމޭ ސަލާމަތޭ ނުކިޔާ މައުމޫނުވެސް ، ގައުމުގެ ދުވަސް ގޮއްސި ކަލޯ
ތިކަން ރައްޔިތުންނަށް ވިސްނެއި މަޖިލީސްކޮބާ ސާލިހާ ބައްދަލުކޮށް ވިސްނައިދީ ބައެއްކަންކަން ގަނޑުވަރަށްގޮސް ވިސްނައިދެނީ
ބޭރަށް ނިކުމެ އުޅޭ އެއްމެން މާސްކުއަޅަން އެޗްޕީއޭ އިން މަޖުބޫރު ނުކުރަނީ ކީއްވެބާ؟
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ކުރަންވީ ކަމަކީ އިންޑިޔާ މީހުން މިގައުމުން ފައްސާލުން. އޭގެ ފަހުން އެހެން ކަމަކާމެދު ވިސްނަންވެސް ވީ.
ތަންކޮ ޅެއްއަވަހަށް ެެެެެެެެެ އު މުރުން ދުވަސްވީމީ މީހުނަ އެހީދޭ ތަންތަނުން ޖާގައެއް ހޯދުން ބުއްދިވެރި ފަހަރެއްގައި ސަލާ މަތް ވެވިދާނެ އެކަ މަކު ޔަގީނެތްނޫން:
"އަސްލުވެސް" އޭ؟؟ ހެހެހެ. މިހާރު ހާދަ ޅަވީ! އެހެންޏަ ދެން، ކޮން އަސްލުވެސްއެއްތަ.
ބަލަގަ މައުމޫންމެއް ގެނަ ސަރުކާރެއްމި މުޅި ގައުމު ހަލާކުރީ މައުމޫނު އާ ގާސިމް އަދި އިމުރާނު ދެއްތިބޭ ތިހެއް ކިޔަކިޔާ ކަލޭމެއްގެ އަޑެއް އަހާނެ ސަރުކާރެއްނޫން މި މީ ލާދީނީ ސަރުކާރެއް އެވެސް މައުމޫނުއަށް އޯކޭނު
އިސްލާމްދީނާ ރައްޔިތުންނާ ގައުމުގެ ހައްގުގާ ވަކާލާތުކުރާ ލީޑަރުންނަށް ބަދުބަސްބުނެގެންނުވާނެ