ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެކި ބޭނުންތަކުގައި މިހާތަނަށް ޒަކާތު ފަންޑުން 5.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިކަން ހާމަކުރައްވަމުން މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ޚަރަދު ކުރެވިފައިވާ ކަމަށެވެ.

މިގޮތުން މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ކަމަށާއި އެފަރާތްތަކަށް ތިން މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ، ޒަކާތު ފަންޑުން ބޭނުންކުރި 5.5 މިލިއަން ރުފިޔާގެ ތެރެއިން 1.5 މިލިއަން ރުފިޔާ، ތަޢުލީމީ ދާއިރާއަށް ޚަރަދު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ބަލިމަޑުކަމާއި ގުޅިގެން މަގުމަތިވެ ހާލުގައި ޖެހުނު ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީން ފޯރުކޮށްދިން އެހީތެރިކަމަށްވެސް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ، ޒަކާތު ފަންޑުން ފައިސާ ޚަރަދުކޮށްފައިވާނީ ދެފުށް ފެންނަގޮތަށް ޝަރުޢީ ހަމަތަކުގެ ތެރެއިން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ޒަކާތު ފަންޑުގެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައި ވާއިރު، ބޭރުގެ އެކި ޤައުމުތަކުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް މި ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް އެތައް މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައި ވެއެވެ. ހަމައެހެންމެ ބައެއް ޤައުމުތަކުން ރާއްޖެއަށް ބޮޑެތި ލޯނުތައް ވެސް ހަމަޖައްސައިދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތާޖަރު

    ޒަކާތު ފަންޑު ވެސް ބަނޑު ލ ތާ ދޯ ބަލަގަ ލާދީނީ މީހުން ހިފާ ހައްޔަރު ނުކުރެވޭތާ ޗުއްޕުވެސް ބުނަން ނުކެރޭތާ މި ވުޒާރާއިން މި އުޅެނީ ޒަކާތު ފަންޑުވެސް ހުސްކޮށްލަންތަ !

  2. އޮޅުވާލި ވޯޓު

    ޕެނަށަން ސްކީމުގަހުރި އަހަރުމެންގެ ފަސާވެސްކާލީ ނުވިތާކައް ލިބުނުހާހިލޭއެހީތަކާ ނެގިހާލޯނު ތަކުންނުވެގެން ފަގީރުނައް ދޭންޖެހޭ ފައިސާކޮޅުވެސްކާލީ މިހުރިހާފައިސާއެ ހަރަދުވެގެން ދިއައިރުގަ ރައްޔަތަކައެމްމެ ލާރިފޮއްޗެވެސް އެހީވެފައެއްނުވޭ ލޯނުތަ ފަސްކޮއްދިނީވެސް ސަރުކާރައް އެއިން ނާޖާޒުފައިދާނެގޭގޮތަ

  3. އިމްރާމް

    މާތްކަލާކޯ ކޮންކަމަކަށް. ކޮވިޑްގެ ހާލަތުގައި މިނިސްޓްރީގެ ބަޖެޓުން ޙަރަދު ނުކުރައްވަނީތޯ؟

  4. މުހުންމާ

    ކޮވިޑާއި ގުޅިގެން ޕެންޝަން ފަންޑުގައި ހުރި ހުރިހާ އެއްޗެއް ހުސްވެއްޖެ، ކުރީގައި ބުނަމުން އައީ މި ފަންޑް ގައި 1 ބިލިޔަނަށް ވުރެން ގިނަ ފައިސާ ހުރިކަމަށް.
    ކޮވިޑާއި ގުޅިގެން ޒަކާތު ފަންޑުން 55 މިލިޔަން ހުސްވެއްޖެ
    ކޮޮވިޑާއި ގުޅިގެން ބޭރުގައުމުތަކުން ލިބުނު 900 މިލިޔަން ހުސްވެއްޖެ
    ކޮވިޑާއި ގުޅިގެން ދައުލަތުގެ ބަޖެޓުން އެތަކެއް މިލިޔަން ހުސްވެއްޖެ
    ތޮއްޑޫ ވަހީދު ބުނީ ޓުއަރިޒަމް މިނިސްޓްރީގައި ހުރި ދެ ސޭފުގައި ވެސް ހުރީ ހުސް ފޯކޭ
    އުމަރު ބުނީ ޔާމީނާއި ވެރިކަން ހަވާލުކޮށްފިއްޔާމު ސޭފު ހުރިތަނުގައި ހުންނާނީ ވަޅުގަނޑެކޯ. އަދި ކިރިޔާ އުމަރު އެބުނި އެތި މިދިމާވަނީ.